ބަނދަރުމަތި ކައިރިން މުދާ އުފުލަނީ--
ބަނދަރުމަތި ކައިރިން މުދާ އުފުލަނީ--
ރޯދަ މަހު މާލޭގައި އުޅަނދުތަކުގައި މުދާ އުފުލޭ ގަޑި ބަދަލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ރޯދަ މަހުގެ 19 އާ ހަމައަށް އަދި ހަ ރޯދައިގެ ތެރޭގައި މާލޭގައި އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 09:30 އިން ހަވީރު 04:30 އާ ހަމައަށް ކަމަށެވެ. އޭގެ އިތުުރުން ރޭގަނޑު އަށަކުން ހެދުނު އަށަކަށް ވެސް މުދާ އުފުލޭނެ އެވެ.

އަދި ފަހު 10އެއްގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 4:30 އަށް އަދި ރޭގަނަޑު އަށަކުން ހެނދުނު ހަޔަކަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.

އެ އެންގުމާ ހިލާފުވެއްޖެނަމަ އެއްގަމު ދަތުރުފަތުގެ ގާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން