ހުޅުމާލޭގެ ފޭސް އެކެއްގައި އަޅާ އާ މިސްކިތެއްގެ ބިންގާ މިއަދު މެންދުރު ރައީސް ޑރ. މުހަައްމަދު މުއިއްޒު އަޅުއްވައިދެއްވައިފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވިއިރު އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ،
"މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިއަﷲ ޢަންހާ"ގެ ނަންފުޅުގައި އެ މިސްކިތް އަޅަން ނިންމާފައިވަނީ ވަގުތީ މިސްކިތް ހުރި ތަނުގަ އެވެ.
ކީރިތި ރަސޫލާގެ އަނިބިކަނބަލުން އައިޝަތުގެފާނުގެ ނަންފުޅަށް ނިސްބަތްކޮށް ނަންދީފައިވާ އެ މިސްކިތުގެ ހުރިހާ ހަރަދެއް ކުރައްވާނީ ފަޟީލަތުއް ޝައިޚު އިސްމާއިލް މުހައްމަދު އެވެ. އަދި މިސްކިތް މެނޭޖުކުރާނީ އަލް މަދީނާ އިންވެސްޓްމަންޓުން ނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތުގައި އެއް ފަހަރާ 2000 ވަރަކަށް މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ.
ސޯލާކޮށް އޭސީވެސް ކުރާ ގޮތަށް ހަދާ އެ މިސްކިތުގައި ލައިބްރަރީއެއް ވެސް ހިމެނޭނެ އެވެ. އަދި އޭގެ އިތުރުން އަންހެނުންނަށް ޚާއްސަކޮށް ނަމާދުކުރާ ބައެއް ވެސް މިސްކިތުގައި ހިމެނޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު