ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ހުސްނުއް ސުޢޫދުގެ ކިބައިން ކުރިންވެސް މިހާރުވެސް ފެންނަނީ އެކްޓިވިސްޓެއްގެ ސިފަ ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނެފި އެވެ.
ޕީއެންސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވާ އިރު އާއި ފަނޑިޔާރުކަމުގެ މަގާމުން ވަކިވުމަށް ފަހު ވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ގާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެއީ މުޅި ޖުޑިޝަރީގެ އިތުބާރު ގެއްލި ޝަރުއީ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރު ލިބޭ މައްސަލައެއް ކަމަށް ވެސް ޕީއެންސީން ބުނެފައި ވެެއެވެ.
"އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވައި އަމަލުކުރެއްވި ގޮތުން ފަނޑިޔާރު ސުއޫދު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމުގައި ވެސް ގެންގުޅުއްވީ އެ މަގާމަށް ވަޑައިގަތުމުގެ ކުރިން ވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެއްޖެ އެވެ." ޕީއެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި އިސްތިއުފާ ދެއްވުމަށް ކަމަށްބުނެ، ޤާނޫނުގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށައަޅަން ޖެހޭނެ ކަމަށް ބަޔާންކުރާ އިސްތިއުފާގެ ސިޓީ، ކޮމިޝަނަށް ހުށައެޅުމުގެ ބަދަލުގައި ރައީސް އޮފީހަށް ހުށަހަޅާފައިވަނީ ވެސް ރައީސްގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތު ތަކެއް އެޅުވުމަށް ކަމަށާއި އެކަމުން ވެސް ދޭހަވަނީ ސުޢޫދު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވެދެވަޑައިގެންފައި ހުރި ވަރު ކަމަށް ވެސް ޕީއެންސީން ބުނެފައި ވެއެވެ.
މިނިވަން މުވައްސަސާތަކުން މުސްތަގިއްލުކަމާއެކު އެ މުވައްސަސާތަކާ މަތިކުރެވިފައިވާ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ރައީސް ޑރ. މުޢިއްޒު އޮތީ ދެއްވާފައިކަމަށް ވެސް ޕީއެންސީން ބުނެފައި ވެއެވެ. އެހެން ނަމަވެސް އެފަދަ ފަރާތްތަކުން އަދާކުރަން ޖެެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫން ކަމަށާއި އެއީ ދުސްތޫރީ ގާނޫނީ ނިޒާމު ހިންގަން ޖެހޭ ގޮތަށް ހިނގުން ކަމަށް ޕީއެންސީން ބުނެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކޯޓުން އެމައްސަލަ ބެލޭނެ ކަމަށް ނިންމުމުން ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ނުތަނަވަސް ވެގެން ދިޔައެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހެއް ހުށައަޅައި އެއިސްލާހު ފާސްކޮށް ތަސްދީގު ކޮށްފައި ވަނިކޮށް ސުޢޫދު ހިމެނޭހެން ސުޕްރިމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރިއެވެ. ޖިނާއީ މައްސަލަތަކެއް ބަލަމުންދާތީ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާއެކު ސުޢޫދު ވަނީ މަގާމުން އިސްތިޢުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު