ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުސްނުއްސުއޫދު
ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުސްނުއްސުއޫދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ހުސްނުއްސުޢޫދު ވަކިވެފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ސ. މީދޫ ހަސަންކާރިގެ، އަލްއުސްތާޛު ޙުސްނުއްސުޢޫދު ފަނޑިޔާރުކަމުގެ މަޤާމުން 04 މާރިޗު 2025 ގައި އިސްތިއުފާ ދެއްވައި ފޮނުވި ސިޓީ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އަދި އެހެންވެ އެ ދުވަހުން ފެށިގެން އަލްއުސްތާޛު ޙުސްނުއްސުޢޫދު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ސުޢޫދު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑު ކޮށްފައި ވަނިކޮށެވެ.

އިސްއުފާދެއްވަން ޖޭއެސްސީއަށް ސިޓީ ފޮނުވުމުގެ ބަދަލުގައި އެންމެ ފުރަތަމަ ސުއޫދު ސިޓީ ފޮނުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސްކޮށް ރައީސް އޮފީހަށެވެ. އެހެންނަމަވެސް، އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ލިބިފައިނުވާކަން އެ ކޮމިޝަނުން އިއްޔެ ހާމަކުރުމުން ސުޢޫދު ވަނީ ޖޭއެސްސީގެ ރައީސަށް އެޑްރެސް ކުރަށްވައި ސިޓީއެއް ފޮނުވާފައެވެ.

އިސްތިއުފާގެ ސިޓީގައި ހުސްނުއްސުޢޫދު ވިދާޅުވީ ސަރުކާރުން ގާނޫނު އަސާސީ އާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ފަނޑިޔާރުކަމުން ވަކިވީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި ތުހުމަތުތަކަށް ރަށްދުދެމުން މިއަދު ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުސްނުއްސުޢޫދުގެ ކިބައިން ކުރިންވެސް މިހާރުވެސް ފެންނަނީ އެކްޓިވިސްޓެއްގެ ސިފަ ކަމަށެވެ. އަދި މަގާމުން ވަކިވުމަށްފަހު ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ގާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫންކަމަށްވެސް ޕީއެންސީން ވަނީ ބުނެފައެވެ. ޕީއެންސީން ބުނީ އެއީ މުޅި ޖުޑިޝަރީގެ އިތުބާރު ގެއްލި ޝަރުއީ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރު ލިބޭ މައްސަލައެއް ކަމަށެވެ.

ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމަށްވެސް ޕީއެންސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން