އަހުމަދު ޖަޒީލް
އަހުމަދު ޖަޒީލް
މަންމަ ކަތިލާނެކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ކުރިން ހައްޔަރުކޮށް ހުކުމްވެސް ކުރި މީހަކު މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ މ. ހަނީކޯމްބް / ކ.މާލެ، އަހުމަދު ޖަޒީލް (42އ.) އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ޖަޒީލް މި ފަހަރު ހައްޔަރުކުރީ ގެވެށި އަނިޔާއެއްގެ މައްސަލައެއްގަ އެވެ. އޭނާ ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފަ އެވެ.

އެ މައްސަލައިގައި އޭނާ 30 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުނެރެފަ އެވެ.

ޖަޒީލްއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށާއި ފަރުވާ ބޭނުންވާކަމަށް ބުނެފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ޖަޒީލް އޭނާގެ މަންމައަށް ބިރު ދެއްކި މައްސަލައެއްގައި 2023 ވަނަ އަހަރު ތިން މަހަށް ޖަލަށް ވެސްލި އެވެ.

އަދި އޭގެ ކުރިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އަށް 2021 ވަނަ އަހަރު ހަމަލާދީ ޒަހަމްކޮށްލި މައްސަލަގައިވެސް ޖަލަށްލި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން