ފަސް މަސް ދުވަހުގެ ލޮކްޑައުން އަކަށްފަހު ޗައިނާގެ ވެރިރަށް، ބެއިޖިންގ ހުޅުވާލުމަށް ތައްޔާރުވަމުން ދާކަމަށް ޗައިނާގެ ސަރުކާރާ ހަވާލާދީ ދަތުރު ފަތުރުގެ މަޢުލޫމާތު ގެެނެސްދޭ ޓްރެވެލް އޮފް ޕާތުން ބުނެފިއެވެ.

އެހެން ގައުމުތަކުގައި ކޮވިޑް-19 ފެތުރުމުގެ ހާލަތަށް ބަލާފައި އެގައުމުތަކުން ޗައިނާ އަށް ފްލައިޓުތައް އުދުހުމުގެ ހުއްދަ ދިނުމަށް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ޗައިނާގެ ސަރުކާރުން ހާމަކޮށްފައިވެއެވެ. މިގޮތުން ޗައިނާއަށް އުދުހުންތައް ބޭއްވުމަށް ހުއްދަލިބިފައިފާ ފުރަތަމަ 8 ގައުމުގެ ތެރޭގައި، ކެެނެޑާ، ތައިލެންޑް، ކެމްބޯޑިޔާ، ޕާކިސްތާން، ގްރީސް، ޑެންމާރކް، އޮސްޓްރިއާ އަދި ސްވިޑުން ހިމެނޭކަމަށް ޓްރެވެލް އޮފް ޕާތުގައި ހާމަކޮށްފައިވެއެވެ.

ޗައިނާ ސަރުކާރުން ހާމަކުރާގޮތުގައި، ޗައިނާ އަށް ދަތުރުކުރުމަށް 3 ދުވަސް ހަމަނުވާ، ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއެއް ބޭނުންވާނެ ކަމަށާއި ދަތުރު ކުރުމަށްފަހު 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކޮށް އަލުން ޕީސީއާރ ޓެސްޓް ހަދަން ޖެހޭނެއެވެ. މީގެއިތުރުން 7 ދުވަސް ވަންދެން ޗައިނާ އަށް އެތެރެވާ މީހުންގެ ހުންހުރިވަރު ބަލާނެކަމަށްވެސް ވެއެވެ.

އެހެންގައުމުތަކުން ޗައިނާ އަށް ދަތުު ކުރާ ފްލައިޓްތައް ޖެއްސުމަށް އަދި ހަމަޖެހިފައިވަނީ ހަމައެކަނި ބެއިޖިންގ އަށެވެ. ދުވާލެއްގެ މައްޗަށް 1000 މީހުންނަށް ޗައިނާގެ ބެއިޖިންގއަށް ދަތުރު ކުރެވޭނެކަމަށްވެސް ޗައިނާ ސަރުކާރާ ހަވާލާދީ ޓްރެވެލް އޮފް ޕާތުގައި ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން