5 އަހަރުގެ އަންހެން ދަރިފުޅު މަރާލި ބައްޕަ، ފޮޓޯ: ގޫގުލް
5 އަހަރުގެ އަންހެން ދަރިފުޅު މަރާލި ބައްޕަ، ފޮޓޯ: ގޫގުލް
އަވައްޓެރިއެއްގެ ގެއަށް ދިއުމުގެ ސަބަބުން ބައްޕައަކު އޭނާގެ 5 އަހަރުގެ ދަރިފުޅު މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝް ގައި ހުންނަ އަވަށެއް ކަމަށްވާ ސިތާފޫރުގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިހާދިސާގައި އުމުރުން 40 އަހަރުގެ ފިރިހެނަކު ވަނީ އޭނާގެ އަންހެން ދަރިފުޅު ދަން ޖައްސައި މަރާލައި، އެ ކުއްޖާގެ ހަށިގަނޑު ކުދިކުދި ކޮށްލާފައެވެ.

މި މައްސަލާގައި ހައްޔަރު ކުރި މޯހިތު މިޝްރާ އަކީ އެ އަންހެން ކުއްޖާގެ ބައްޕައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ 5 އަހަރުގެ ތަނީ މަރާލީ އޭނާއާ މައްސަލައެއް ޖެހިގެން އުޅޭ އަވައްޓެރިއެއްގެ ގެއަށް އެކުއްޖާ ދިއުމުން އެކަމާ ރުޅި އައިސްގެންނެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވާ ގޮތުގައި ތަނީ ގެއްލިގެން އުޅޭ ކަމަށް ބުނެ ފެބްރުއަރީ 25 ގައި ފުލުހަށް ރިޕޯޓުވެސް ކޮށްފައިވަނީ މިޝްރާ އެވެ. އަދި ފުލުހަށް މައްސަލަ ހުށަހެޅުމާއެކު އެކުއްޖާ ހޯދުމުގެ މަސައްކަތް ފެށި ކަމަށާއި، އެކުއްޖާގެ ހަށިގަނޑުން ބައެއް އެދުވަހު ފެނުނު ކަމަށް ރިޕޯޓުގައި ވެއެވެ.

އަދި ޖެހިގެން އައި ދުވަހު ކުއްޖާގެ ހަށިގަނޑުގެ އެކި ބައިތައް ފެނުނު ކަމަށާއި، އެކުއްޖާ ވަރަށް އިހާނެތިކޮށް މަރާލާފައިވާކަން އެނގުނު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި މައްސަލާގައި އެކި ފަރާތްތަކާ ތަކުރާރުކޮށް ސުވާލު ކުރި ކަމަށާއި، ސުވާލު ކުރަމުންދަނިކޮށް އެކުއްޖާގެ ބައްޕަ މިޝްރާ އެތަނުން ގެއްލުނު ކަމަށޤ ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ އެނބުރި އައުމާއެކު އޭނާއާ ސުވާލު ކުރެވުނު ކަމަށްވެސް ރިޕޯޓުގައި ވެއެވެ. އަދި އޭނާއާ ސުވާލު ކުރުމުން ދަރިފުޅު މެރި ކަމަށް އެއްބަސްވި ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މިކަން ހާމަވެފައިވަނީ 100 ވަރަކަށް މީހުންނާ ސުވާލު ކުރެވުނު ފަހުން ކަމުގައިވެސް ރިޕޯޓުތަކުގައި ވެއެވެ.

އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން