އިންޑިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4 މިލިއަނަށްވުރެ ގިނަވެ، މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4 މިލިއަނަށް އެރި ތިންވަނަ ގައުމަކަށް އިންޑިޔާ ވެއްޖެއެވެ.

އިންޑިޔާގެ އިތުރުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4 މިލިއަނަށް އަރާފައި ވަނީ އެމެރިކާ އަދި ބްރެޒިލް އެވެ. އެމެރިކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 6.3 މިލިއަނަށް އަރާފައެވެ.

އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގިނަވެ، އެއްދުވަސް މަތިން 80،000 މީހުން ޕޮޒިޓިވް ވެފައިވާކަމަށްވެސް ރިކޯޑް ކުރެވިފައިވެއެވެ. މީގެ އިތުރުން ދުވާލެއްގެ މައްޗަށް މިބަލީގައި މަރުވާމީހުންގެ އަދަދު އިތުރުވެ 1000 އަށް އަރައިފައިވާކަމަށްވެސް އަރަބް ނިއުސްގައި ހާމަކޮށްފައިވެއެވެ. ި

އިންޑިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3 މިލިއަނުން 4 މިލިއަނަށް އިތުވެފައިވަނީ އެންމެ 13 ދުވަސް ތެރޭގައެވެ.

އިންޑިޔާގެ ސަރުކާރުން މިބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އިންޑިޔާގެ ފަގީރު އަވަށްތަކަށްވެސް ކޮވިޑް-19 ފެތުރެމުންދާކަމަށް އިންޑިޔާ ސަރުކާރާ ހަވާލާދީ އަރަބް ނިއުސްގައި ހާމަކޮށްފައިވެއެވެ. އަދި މިސަރަހައްދުތަކަކީ ރަނގަޅު ސިއްހީ ނިޒާމެއް ގާއިމު ކުރެވިފައި ނުވާ ސަރަހައްދުތަކަށް ވުމުން ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ވާ ކަމަށްވެސް އިންޑިޔާ ސަރުކާރުން ހާމަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން