ރާއްޖޭގެ ތެލެސީމިއާ ފަރުވާގެ ނިޒާމާއި ލޭގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީ.އީ.އޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ ބައިނަލްއަޤްވާމީ މުނާސަބަތާ ގުޅުވައިގެން ދެއްވި މެސެޖެއްގައި ޙަލީމް ވިދާޅުވީ، މިއީ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ ޢަޒުމް އާކުރާ ޚާއްޞަ ދުވަހެއް ކަމަށެވެ. އެގޮތުން 25 މޭ 2025 ގައި "މޯލްޑިވިއަން ބްލަޑް ސަރވިސް" އާއި "ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ" އޮރެންޖް ހިޔާ އަށް ބަދަލުކުރުމަކީ ޚިދުމަތުގެ ފެންވަރު މަތިވެ، ލިބޭ ފަސޭހަތައް އިތުރުވެގެންދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، 3 ސެޕްޓެމްބަރު 2025 ގައި "ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރ" އިފްތިތާޙްކުރުމަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އަމާޒުކޮށް، ކުދިންގެ ޞިއްޙީ ޙާލަތު ގާތުން ބެލެހެއްޓުމަށް ހުޅުވުނު މުހިންމު ދޮރެއް ކަމަށް ޙަލީމް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 2026 ޖެނުއަރީން ފެށިގެން ތެލެސީމިއާ ކުދިންނަށް ޚާއްޞަ އެލަވަންސެއް ދޭން ފެށުމަކީ އާއިލާތަކަށް މާލީ އަދި ނަފްސާނީ ގޮތުން ލިބޭނެ ބޮޑު ތަސައްލީއެއްކަން ޙަލީމް ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ޙަލީމް ވިދާޅުވީ، މި އަހަރުގެ މިހާތަނަށްވެސް 4 ތެލެސީމިއާ ކުދިން އުފަންވެފައިވާކަމީ ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. މިކަން ކޮންޓްރޯލް ކުރުމަށްޓަކައި، ކައިވެނީގެ ކުރިން ދެވޭ ކައުންސެލިންގ ހިމެނޭހެން ޚާއްޞަ ނިޒާމެއް މިއަހަރު ތަޢާރަފްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚިދުމަތްތަކަށް އައިސްފައިވާ އަދި އަންނަން ހުރި ބަދަލުތައް:
ޑިޖިޓަލް ޚިދުމަތް: ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޑިޖިޓަލް ދަފްތަރެއް މިއަހަރު ތަޢާރަފްކުރެވޭނެ. 'ވަންގަވް' ޕޯޓަލް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެ.
ލެބޯޓްރީ އާއި ސްކޭން: 2025 ފެބުރުވަރީގައި ޑީއެންއޭ ލެބޯޓްރީ ފެށިފައިވާއިރު، ހުޅުމާލެ ހޮސްޕިޓަލުން މިހާރު އެމްއާރުއައި ޓީ2 ގެ ޚިދުމަތް ލިބޭނެ. 2026 ގައި ލިވަރ ފައިބްރޯސިސް ސްކޭން ތަޢާރަފްކުރެވޭނެ.
ޚާއްޞަ ބަލިތަކުގެ ފަރުވާ: 2025 ޖުލައިގައި އެންޑޮކްރިއިނޮލޮޖީ އަދި އޯގަސްޓުގައި ހެމަޓޮލޮޖީގެ ޚިދުމަތް ވަނީ ފަށާފައި. ކުރިއަށް އޮތް 10 ދުވަސް ތެރޭގައި އެތެރެހަށީގެ އަދި ކުޑަކުދިންގެ ބަލިތަކުގެ އޮންކޯލް ޚިދުމަތް ފެށޭނެ.
ލޭގެ ރައްކާތެރިކަން: 2026 ޖުލައިގެ ކުރިން 'ނެޓް' ޓެސްޓިންގގެ ޚިދުމަތް ރަސްމީކޮށް ފަށާނެ.
ޙަލީމްގެ ވާހަކަފުޅުގައި، ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުޞަތުތައް އިތުރުކުރުމާއި، އެ ކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ބިނާކުރުމަށް ރައީސް މުޢިއްޒު ދެއްވާ އަހައްމިއްޔަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަސައްކަތުގައި ބައިވެރިވާ ހުރިހާ މުއައްސަސާތަކަށާއި ލޭ ހަދިޔާކުރާ ފަރާތްތަކަށް އޭނާ އިޚްލާޞްތެރި ޝުކުރެއް ދެންނެވިއެވެ.
ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކުދިންނަށް އުފާވެރި އަދި އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދީ، ކޮންމެ އާއިލާއަކަށްވެސް އިތުރުބާރު ހިފޭ ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ޙަލީމް ވިދާޅުވިއެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަސް 2026: އުންމީދީ އާ ފެށުމަކަށް! ރާއްޖޭގެ ތެލެސީމިއާ ފަރުވާގެ ނިޒާމަށް އަންނަމުންދާ އިންގިލާބީ ބަދަލުތަކާއެކު، މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ ކޮންމެ ކުއްޖަކަށްވެސް އުފާވެރި އަދި ފަހި މުސްތަޤުބަލެއް އިރާދަކުރެއްވިއްޔާ ކަށަވަރުކޮށްދިނުން. pic.twitter.com/D57KuCrQsO
— Haleem (@22halex) May 8, 2026
ޙަލީމްގެ ވާހަކަފުޅުގައި، ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުޞަތުތައް އިތުރުކުރުމާއި، އެ ކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ބިނާކުރުމަށް ރައީސް މުޢިއްޒު ދެއްވާ އަހައްމިއްޔަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަސައްކަތުގައި ބައިވެރިވާ ހުރިހާ މުއައްސަސާތަކަށާއި ލޭ ހަދިޔާކުރާ ފަރާތްތަކަށް އޭނާ އިޚްލާޞްތެރި ޝުކުރެއް ދެންނެވިއެވެ.
ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކުދިންނަށް އުފާވެރި އަދި އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދީ، ކޮންމެ އާއިލާއަކަށްވެސް އިތުރުބާރު ހިފޭ ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ޙަލީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު