އަންހެނުންގެ ޙައްޤުތައް އެންމެ ހެޔޮގޮތުގައި ކަނޑައަޅައިދީ، މުޖުމަތަމަޢުގައި އަންހެނުންގެ ޤަދަރާއި ޢިއްޒަތާއި މަގާމު މަތިވެރިކޮށްދިނީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ ޚިތާބުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކީރިތި ނަބިއްޔާ مُحَمَّدُ صلى الله عليه وسلم އިސްލާމީ ރިސާލަތާއިގެން ފޮނުއްވުނީ، އަންހެން ދަރީންނަކީ ބަދުނަސީބެއްކަމުގައި ދެކި، ދިރިތިއްބައި އަންހެން ދަރީން ވަޅުލަމުން ދިޔަ އަނދިރި ޒަމާނެއްގައި ކަމަށެވެ.
"އިސްލާމްދީން ވަނީ، އަންހެނުންގެ ފުރާނައާއި ދިރިތިބުމުގެ ޙައްޤު ޙިމާޔަތްކޮށްދީ، ވާރުތަ މުދަލުން ބައި ލިބިދީ، އުނގެނުމާއި މަސައްކަތްކުރުމުގެ ޙައްޤު ފުރިހަމައަށް ހޯދައިދީފައެވެ. އިންސާނާ އެންމެ ހެޔޮކޮށް ހިތައި އޯގާތެރިވާން ޖެހޭނެ އެއްވަނަ މީހަކީވެސް، ދެވަނަ މީހަކީވެސް، ތިންވަނަ މީހަކީވެސް އޭނާގެ މަންމަކަމުގައި މުޅި އިންސާނިއްޔަތަށް އިރުޝާދު ދެއްވީ މާތް ރަސޫލާ مُحَمَّدُ صلى الله عليه وسلم އެވެ." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުރީން އެންމެ ފަހަށް ވަޞިއްޔަތްޕުޅު ކުރެއްވި އެއްކަމަކީ، އަނބީންނަށް އޯގާތެރިވުމަށް ކަމަށެވެވެ. ނަބީކަމުގެ މަތިވެރި އިލާހީ ޒިންމާ އެކަލޭގެފާނާ ޙަވާލުކުރެއްވިއިރު، ހުރިހާ ހިތްވަރަކާއި އެހީތެރިކަމެއް ދެއްވަން އަރިހުގައި ހުންނެވީ މުއުމިނުތަކުންގެ މައިކަމަނާ ޚަދީޖަތުގެފާނު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އެކަލޭގެފާނުގެ ރިވެތި ދިރިއުޅުއްވުމާއި، އިސްލާމްދީނުގެ ޙުކުމްތައް ސާފުކޮށް މުޅި އުންމަތަށް ބަޔާންކޮށް ދެއްވުމުގައި މުއުމިނުތަކުންގެ މައިކަމަނާ, ޢާއިޝަތުގެފާނު އަދާކުރައްވާފައިވާ ދައުރު ނުހަނު މަތިވެރިއެވެ. ކީރިތި ޤުރްއާނުގައި މަރްޔަމްގެފާނުގެ ކެތްތެރިކަމާއި، އާސިޔަތުގެފާނުގެ އީމާންތެރިކަމުގެ ރިވެތި މިސާލު، ތާރީފުގެ ބަސްފުޅުތަކާއެކު ވަޙީކުރައްވައިފައިވެއެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.
ރައީސް ވިދާޅުވީ ތައުލީމާއި، ސިއްހަތާއި، އިޖްތިމާއީ އަދި އެނޫން ހިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިގްތިސާދީ މަސައްކަތްތަކާއި، މުޖްތަމައެއްގެ ދިރުމާއި ކުރިއެރުމާއި ގުޅިފައިވާ ކޮންމެ މައިދާނެއްގައިވެސް ގިނައީ އަންހެން ހިދުމަތްތެރީން ކަމަށެވެ. އަދި ކުޅިވަރުގެ މައިދާނުގައިވެސް ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތައް ގިނަގުނަކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ސާނަވީ އަދި މަތީ ސާނަވީ އާއި ޔުނިވަރސިޓީ ތައުލީމުގެ މަރުޙަލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މަތީ ނަތީޖާ ހޯދާ ގިނަ ދަރިވަރުންނަކީވެސް އަންހެން ދަރިން ކަމަށެވެ. އަދި މިއީ ގައުމުގެ ކުރިއެރުމަށް އޮތް ހެޔޮ ފާލެއް ކަމުގައިވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު