އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ނާޒިލް
އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ނާޒިލް
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުނުވާތީ އެމްޑީޕީން މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 13 މެމްބަރުން ނެވެ. ނުފެންނަކަމަށް 47 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެހެންކަމުން އެ މައްސަލަ ބަލައިގަންނަން ފާހެއް ނުވިއެވެ.

ނާޒިލް ވިދާޅުވީ ތަކުރާރުކޮށް ކަރަންޓު ކެނޑެމުން ދަނީ އައްޑޫގެ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހުރި ތިން ޖެނެރޭޓަރު ސެޓު މަރާމާތު ނުކުރެވިގެން ކަމަށެވެ. އަދި އެކަން ނުވެގެން އުޅެނީ މަރާމާތުކުރަން ބޭނުންވާ ސްޕެއާތައް މާލޭގެ ހެޑް އޮފީހުން ނުފޮނުވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިވަގުތަށް ވެސަ 3 މެގަވޯޓުގެ ދެ ޖެނެރޭޓަރު ސެޓު ޕަވާ ސްޓޭޝަނަށް ފޮނުވި ނަމަވެސް ފޮނުވީ 1.8 މެގަވޯޓުގެ އެއް ޖެން ސެޓުކަމަށް ވެސް ބުންޏެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ ގާނޫނީ ޒިންމާއަކަށް ވާތީ އެ ޒިންމާ ވަގުތުން ވަގުތަށް އަދާކުރުމަށް ސަރުކާރަށް ނާޒިލް ގޮވާލެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން