އެޕިސޯޑް 14
...............
ޒުހޭރުގެ މަރުގެ ޚަބަރުވީ ނަދުހާގެ ހިތަށްވެރިވި އިތުރު މާޔޫސީއަކަށެވެ. ނަދުހާއަށް ހުރިހާ މަގެއް ބަންދުވީ ކަހަލައެވެ. ޒުހޭރުގެ މަރުގެ ޙާދިޘާ، މުޅި ދުނިޔެއަށް ސިއްރުވިޔަސް، އެއީ އޭނާއަށް ސިއްރު ކުރެވޭނެ ކަމެއް ނޫނެވެ. އެއްވެސް ޝައްކެއްނެތި އޭނާއަށް ޔަޤީންވެއެވެ. ޒުހޭރު މަރާލީ މުނާޒެވެ. އޭނާގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކަށް ކޮންމެފަދަ ކަމެއް ކޮށްލާކަށްވެސް މުނާޒް ފަހެއްނުޖެހޭނެކަން އޭނާއަށް ކަށަވަރެވެ.
[ޒުހޭރު މަރާލީ މުނާޒް.....] ނަދުހާއަށް ހިތާހިތާ ކިޔާލެވުނެވެ.
[އާނ، އަހަރެން. އެއްވެސް އިންސާނަކަށް ނަދުހާގެ ބަނޑުގައި ތިވާ ދަރިފުޅުގެ ފުރާނަޔާ ކުޅުމުގެ ބާރެއް ނޯންނާނެ. އެކަމަށް މަސައްކަތްކުރާ ކޮންމެ މީހެއްގެ ދުވަސް ދުއްވާލާކަށްވެސް އަހަރެން ފަހެއްނުޖެހޭނެ.] ނަދުހާ ނިކަން ބޮޑަށް ސިހިއްޖެއެވެ. އެޖުމްލަ އެއައީ ފާތިނާގެ ދުލުންނެވެ. އޭނާގެ ހިތަށްއެރި އެއްޗެއް ފާތިނާއަށް އެނގެންވީ ކީއްވެގެން ހެއްޔެވެ. ވުމާއެކު، އޭނާއަށް ބަސްހުއްޓިފައި ފާތިނާއަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން ހުރެވުނެވެ. ފާތިނާ ހުރީ ހިނިއައިސްފައެވެ. އޭރު ޝަކީބާއި ޒުހުރާ، ޒުހޭރުގެ މޫނުދެކެން ހިނގައްޖެއެވެ.
[ކާކުތީ؟ ފާތިނާއެއް ނޫންދޯ.] ނަދުހާ އެއިންގޮތަށް ބަލަން ހުރެފައި އެއްސެވެ.
[މުނާޒް....] ވަރުގަދަ އަޑުފަށްގަނޑަކާއެކު ފާތިނާގެ ސިފައިގައި ހުރި މުނާޒް، އޭނާގެ އަޞްލު ސިފައަށް ބަދަލުވިއެވެ. ނަދުހާ ފަހަތަށްޖެހިލިއެވެ.
[މުޑުދާރު އެތި މިތަނުންދޭ....ކަލޭމެންނަށް ބާރެއް ލިބިފައިވާތީ ވަރަށް ބޮޑުވޭދޯ....ބުނަން، މާލެއިން ނުކުރެވިއްޖެއްޔާ އިންޑިޔާއަށް ގޮސްގެންވެސް އަހަރެން ބަނޑުދޮވެލާނަން....] ނަދުހާ މޭޒުމަތީގައި އޮތް ބަރެއް ނަގައި، މުނާޒާ ދިމާއަށް ހޫރާލިއެވެ. އެބަރު ގޮސް ޖެހުނީ މުނާޒްގެ ނިތްކުރީގައެވެ. ނަމަވެސް، މުނާޒަށް އެއްވެސް އަސަރެއް ނުކުރެއެވެ. ހީވީ ދަގަނޑު ފާރެއްގައި ޖެހުނުހެންނެވެ. ފުނޑުފުނޑުވީ ބަރެވެ. ނަދުހާ ބިރުގަތެވެ. އެހެން ނަމަވެސް، އެކަން މުނާޒަށް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ.
[އަހަރެން މިދަނީ. އެކަމަކު ބުނަން ނަދުހާ އެއްވެސް ބޭހެއް ބޭނުންކޮށްގެން ނުވާނެ. ބޭނުންކުރާ ބޭހެއްގެ ސަބަބުން އަހަރެންގެ ދަރިފުޅަށް ގެއްލުމެއް ވެއްޖެއްޔާ ވަރަށް ނުރައްކާވާނެ.....] ވިދާލި ވިދުވަރެއްހެން މުނާޒް ގެއްލުނެވެ. ނަދުހާ ފުން ނޭވާއެއްލިއެވެ.
ދުވަސްތަކަކަށްފަހު ނަވާލަށް ގުޅުމުގެ ޚިޔާލު، އަނެއްކާވެސް ނަދުހާއަށް ލިބުނީ އެވަގުތުއެވެ. ނަދުހާ ފޯނު ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ފުރަތަމަ އޭނާ ނަވާލާ ވާހަކަ ދައްކަން ފަށާނެ ގޮތަކާ ދޭތެރޭ ވިސްނާލިއެވެ. މިވިސްނުމުގައި އިރުކޮޅެއް ވަންދެން ހުރެފައި، އޭނާ ނަވާލްގެ މޯބައިލަށް ގުޅާލިއެވެ.
[ހަލޯ...ނަވާލް....] ނިކަން އަވަހަށް ނަވާލް ފޯނު ނެގިއެވެ.
[ނަވާލް...އެނގޭތަ މީ ކާކުކަން...] ނަދުހާ ވަރަށް ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. އޭރު ނަވާލް ހުރީ އޮފީހުގައެވެ. އެހެންކަމުން، އޭނާވެސް ބޭނުންވީ ނަދުހާގެ މަޤްޞަދު އެނގެންދެން ވާހަކަ ދައްކާށެވެ.
[ނޭނގެ...ކާކުތީ....ކޮންމެވެސް ވަރަކަށް ދަންނަ އަޑެއްހެންވެސް އެބަހީވޭ....] ނަދުހާކަން އެނގިހުރެ ނަވާލް ޤަޞްދުގައި ދޮގުހެދިއެވެ.
[މީ ނަދުހާއޭ....ނަވާލް އުފަލުގައި އުޅޭތީ އަހަރެން ވަރަށް އުފާވޭ. ނަވާލަށް ކުއްޖަކު ލިބެން އުޅޭތީ އަހަރެން އަދި ވަކިން އުފާވޭ....] މާޔޫސްވެފައިވާ ރާގެއްގައި ނަދުހާ ބުންޏެވެ.
[ޝުކުރިއްޔާ.....އެކަމަކު އަދިވެސް އަހަރެންގެ ސިކުނޑި ގަބޫލެއް ނުކުރޭ، ނަދުހާ އަހަންނަށް ގުޅާފާނެއެކޭ....] ނަވާލް ނަދުހާގެ އަޑި ކޮންނަން ފެށިއެވެ.
[ނަވާލް އަހަންނަށް މަޢާފްކުރޭ....އަހަންނަށް މިހާރު ވިސްނިއްޖެ. އެނގޭ، ނަވާލް އަހަންނަށް މަޢާފް ނުކުރާނެކަންވެސް. މިހާރު ދެން މަޢާފަށް އެދުމުގެ މާބޮޑު ބޭނުމެއްވެސް ނެތްކަންނޭނގެ....] ނަދުހާއަށް ރޮވިއްޖެއެވެ. އިތުރަށް ނަވާލާ ވާހަކަ ދައްކަން ހިތްވަރު ނުލިބުމުން، އޭނާ ފޯނު ކަނޑާވެސްލިއެވެ.
ނަވާލް ވިސްނާލިއެވެ. [ނަދުހާ ބަދަލުވީ ހެއްޔެވެ؟ މިހާރު ނަދުހާގެ މަޤްޞަދަކީ، އޭނާގެ ޙަޔާތަށް އައުން ބާވައެވެ. ނޫނީ އަފްޒަލް ބުނިހެން ބަދުނާމުން މިންޖުވުމަށް މަސައްކަތް ކުރަނީ ނޫންބާވައޭ.] މިފަދަ މަސްހުނި ޚިޔާލުތަކެއްގައި ހުރެފައި، ނަވާލް ބޭނުންވީ ނަދުހާގެ ޙަޤީޤީ މަޤްޞަދު ދެނެގަންނާށެވެ.
އޭނާ ނަދުހާއަށް ގުޅިއެވެ. ފޯނު ރިންގްވާން ފެށުމާއެކު ނަދުހާ އުފަލުން ވަރެއްނެތެވެ.
[ނަދުހާ....] ނަދުހާ ފުން ނޭވާތަކެއްލަމުން ވާހަކަ ދައްކަން ފެށިއެވެ.
[ނަދުހާ ޙާލު ރަނގަޅުތަ؟ އަދިވެސް ކައިވެންޏެއް ކުރާކަށް ނޫޅެންތަ؟] ނަވާލް އެހިއެވެ.
[ނަވާލް...އަޅެ އަހަންނަށް މަޢާފްކުރީތަ؟] ނަވާލްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނަދުހާ އެއްސެވެ. ނަވާލް މަޑުމަޑުން އާއެކޭ ބުނެފައި، އަނެއްކާވެސް ކުރީގެ ސުވާލު ތަކުރާރު ކުރިއެވެ.
[އަހަރެންގެ ޙާލު ރަނގަޅުވާނެތަ. ނަވާލާ ވަކިވިފަހުން އުޅެމުން މިއަންނަނީ ނުހަނު ހިތްދަތި ކަމުގައި. ހީވާކަހަލަ، ނަވާލް ގާތުން ވަރިވުމަށްފަހު، އަހަރެންގެ ދިރިއުޅުމުގައި ތަޅެއްލެވިއްޖޭ....] ނަދުހާގެ އަޑު ބެދުނެވެ. ވުމާއެކު، އެންމެ ލޯބިވާ އަންހެން ކުއްޖާގެ ހިތްދަތި ދިރިއުޅުން އިޙްސާސްވުމުން، ނަވާލަށްވެސް ނިކަން އަސަރުކޮށްފިއެވެ.
[ތިބުނީ ކޮންގޮތަކުން، ކިހިނެއް ހިތާމަކުރާ ވާހަކައެއް؟] ނަވާލް އެހިއެވެ. ނަދުހާ ވިސްނާލިއެވެ. [އެއީ ހުރިހާ ގޮތަކުންވެސް. މިހާރު ކޮންމެ ދިމާއަކަށް އެނބުރުނަސް، އަހަންނަށް ހިތްހަމަޖެހުމެއް ނުލިބޭ.....ނަވާލް ގާތުން ވަރިވީ، ހިތުން ރަނގަޅު ދިރިއުޅުމެއް ލިބިދާނެ ކަމަށް...އެކަމަކު އެކަންތައްވެސްވީ ހުވަފެނަކަށް.] ނަދުހާގެ އަޑުވެސް ކަރުނުން ބަރުވަމުން ދިޔައެވެ.
[ތިކަހަލަ ރީތި ކުއްޖަކު ތިބުނާހާ ފަސޭހައިން ނިކަމެއްޗެއް ނުވާނެ. ނަދުހާގެ ރީތި ސިފަތައް، ކޮންމެފަދަ ފިރިހެނަކުވެސް ޤަބޫލުކުރާނެ.] ނަވާލް ބުންޏެވެ. ނަމަވެސް، އެހެން ބުނެލާ ބަހަކުން މިހާރަކު ނަދުހާގެ އުއްމީދެއް އަލެއް ނުވާނެއެވެ.
[އަހަރެން ކަހަލަ މީހަކާ މިހާރު އިންނާނީވެސް ކާކު...ނުލާހިކު ރަނގަޅު ތެދުވެރި ޞާލިޙު ފިރިޔަކު ލިބުނީމަވެސް، ބަލައިގަންނާކަށް ނޭނގުނުވިއްޔަ.....މިހާރު ހިތަށްއަރާ، އެ ފިރިމީހާ އަލުން އަނބުރާ ލިބޭނެނަމައޭ....] ނަދުހާ ލަސްލަހުން އަޞްލު މަޥްޟޫޢަށް ދަތުރުކުރިއެވެ. އެއާއެކު، ނަވާލްގެ ދޫވެސް ހީވީ ބަންދުވެއްޖެހެންނެވެ. އޭނާއަށް އިތުރަށް ނަދުހާއާ ވާހަކަ ދައްކާހާ ހިތްވަރެއް ނުލިބުނެވެ. އެހެން ނަމަވެސް، އިހަށް ބާއްވަނީއޭ، ފަހުން ގުޅާނެ ވާހަކަ ބުނެފައި، އޭނާ ފޯނު ބާއްވައިފިއެވެ.
އެއަށްފަހު، އޭނާ ނަދުހާއާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނިއެވެ. ނަވާލް ޔަޤީން ކުރިއެވެ. އަފްޒަލް ބުނިހެން ނަދުހާ ނަޙަލާލަށް ބަލިވެއިންނަމަ، މިއަދު ނަދުހާ އޭނާ ގާތު އެވާހަކަ ބުނީހެވެ. އޭނާ ޤަބޫލު ކުރެއެވެ. ނަދުހާ އެއުޅެނީ އޭނާގެ ހެޔޮކަމާއި ތެދުވެރި އޯގާތެރިކަމާ ދޭތެރޭ ވިސްނި، އަމިއްލައަށް ކުރެވުނު ކަންތައްތަކާ މޮޔަހީވެގެންނެވެ.
[އަފްޒަލް ބުނިފަދަ އެއްވެސް ކަމެއް ނެތް ނަދުހާގެ ކިބައަކު....މިއަދު ނިކަން ގިނައިރު ވަންދެން އަހަރެމެން ފޯނުން ވާހަކަ ދެއްކިން.] ނަވާލާއި އަފްޒަލާ ދެމީހުން ވާހަކަ ދައްކަން ތިބީ ހެންވޭރު އަވަށުއޮފީސް މަގުގައި (ކަލާފާނު ހިނގުން) ހުރި ގިފްޓް ފިހާރައެއްގެ ތެރޭގައެވެ.
[ތިހެން ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު....ކީއްކުރަން، ކޯއްޗެއް ގަންނަންތަ މިފިހާރައަށް ތިއައީ.....] އަފްޒަލް، ފިހާރަތެރޭ އަތުރާފައި ހުރި ރިމޯޓް ކޮންޓްރޯލް ކާރުތަކުގެ ތެރެއިން ކާރެއް ނަގާ ދުއްވާލަމުން ބުންޏެވެ.
[މިރެއަކީ އަހަރެން އަންހެނުންގެ ބާރތްޑޭއޭ...އަޞްލު ޒިލާވެސް މިއަދުގެ މަތިން ހަނދާނެއް ނުހުންނާނެ. ބޭނުންވަނީ އޭނާއަށް [ސަޕްރައިޒެއް] ދޭން. އަޅެ އަފްޒަލް ދައްކާލަބަލަ ރަނގަޅު އެއްޗެއް....] ނަވާލް ފަހަރަކު ގިފްޓެއް ނަގާ ބަލަމުން ބުންޏެވެ.
[އެހުރި ބިއްލޫރި މޭޒު ގަންނަންވީނު.] އަފްޒަލް، ދޮރާ ދިމާލުގައި އަތުރާފައި ހުރި މޭޒުތަކުގެ ތެރެއިން މޭޒަކަށް އިޝާރާތް ކޮށްފައި ބުންޏެވެ.
[ރަނގަޅަށް ތިބުނީ، އަގުވެސް ނިކަން ހެވޭ....ދޯ.] ނަވާލް ތަންކޮޅެއް ދުރަށް ޖެހިލާ މޭޒަށް ބަލަން ފެށިއެވެ.
[މޭޒު އެކަންޏެއް ނޫނެއްނު އަގުހެވީކީ. މިތާނގައި އަގުހެޔޮ ނޫން އެއްޗަކީ ކޮބާ. ނަވާލް، ބުނަން މިތަނަށްވުރެން އަގުހެޔޮ ތަނެއް މާލެއަކު ނުހުންނާނެ.] ނަވާލް މޭޒު ނަގާފައި ޕާރސަލް ކުރަން ދިނެވެ.
[އަހަރެންގެ ފަރާތުންވެސް ހަދިޔާއެއް ދޭންވާނެއެއްނު.] އަފްޒަލްވެސް ގިފްޓެއް ޕާރުސަލް ކުރިއެވެ. އޭނާއާއި ޝިޒްނާގެ ފަރާތުން ފަހަރިއަށް ދިނުމަށެވެ.
[ކޭކެއް ނާޅުވަންތަ؟] އަފްޒަލް އެއްސެވެ.
[ނޫނޭ އޯޑަރުދީފިން...އަފްޒަލް، ނަދުހާއަށް އެންމެފަހުން ވިސްނުނީތާދޯ.....އެކަމަކު ޢާންމުކޮށް ދިވެހިންނަށް މިވިސްނެނީ ވަގުތު ފާއިތުވާފަހުންވިއްޔަ.] ނަވާލް ބޯކަހާލިއެވެ.
[ވަގުތު ފާއިތުނުވެއެއްނު. މިހާރުވެސް ނަވާލަށް ތިދެއްކެނީ ނަދުހާގެ ވާހަކަ....ގައިމު އަދިވެސް ނަދުހާ މަސައްކަތް ކޮށްފިއްޔާ، ނަވާލްގެ ހިތް އިސާހިތަކު ލެނބިދާނެ.] އަފްޒަލް ދިމާކޮށްލިއެވެ.
[ހިތަކު ނެތް މިހާރަކު. އެކަމަކު ތަޤްދީރަކާ ނުކުޅެވޭނެދޯ. ކިހިނެއް ތަޤްދީރު ރޭވެމުންދާ ގޮތެއް އެނގޭނީ.] ނަވާލް އެއްބަސްނުވާކަށް ނޫޅެއެވެ.
ޙަޤީޤަތެކެވެ. އަދިވެސް އޭނާ އެންމެ ލޯބިވަނީ ނަދުހާ ދެކެއެވެ. ނަމަވެސް މިއަދު އެއީ ސިއްރެއްގެ ގޮތުގައި ފޮރުވާފައި ބާއްވަން އޭނާއަށް މަޖުބޫރެވެ.
[ނަވާލް ބުނަން ޒިލާއަށް ދެރައެއް ނުދޭތި. އެކަހަލަ ކުއްޖަކު މަދުން ނޫނީ ނުލިބޭނެ. އެހެންނޫނަސް، އޭނާ މިހާރު އެއިނީ ނަވާލްގެ ދަރިއަކަށް ބަލިވެ. މާބަނޑުދުވަސްވަރު ފިރިމީހާގެ އަޅާލުމާއި ލޯބި އިންތިހާއަށް އަނބިމީހާއަށް ބޭނުންވާނެ.] އަފްޒަލް ރަޙްމަތްތެރިޔާއަށް ދުރަށް ވިސްނައިދިނެވެ. ނަމަވެސް، އެއީ ނަވާލްވެސް ދަންނަ ކަމެކެވެ. މާބަނޑުދުވަސްވަރު މައިމީހާއަށް ލިބޭ ކޮންމެ ނިކަމެތި ކަމެއް، ބަނޑުގައި އޮންނަ ދަރިފުޅު ޙިއްޞާ ކުރާނެކަން އޭނާއަށްވެސް އެނގެއެވެ. މިހާރަކަށް އައިސް ޒިލާ އުފާވެ ހިތްހަމަޖެހޭނެ ހުރިހާ ކަމެއްވެސް އޭނާ ކުރަމުންދަނީ އެހެންވެގެންނެވެ.
ޒުހޭރު މަރުވުމުން، ޝަކީބް މިހާރު ވިސްނަމުންދަނީ އެހެން މަގެއް ފެނޭތޯއެވެ. އެހެން ގޮތެއް ނެތިއްޔާ، ނަދުހާގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕައަކީ ކާކުތޯ ނަދުހާ ގާތުން އޮޅުންފިލުވައިގެން، އެމީހަކާ ބައްދަލުކޮށް، ނަދުހާއާ އިންނަން އެދޭކަށްވެސް އޭނާ ފަހެއް ނުޖެހޭނެއެވެ.
[ދަރިފުޅާ...ދަރިފުޅަށް ކީއްވެތަ ނުކެރިގެން ތިއުޅެނީ. ކާކުތަ ދަރިފުޅަށް ތިވަރުގެ ލަނޑެއް ދިނީ....ނަވާލްތަ؟] ނަދުހާގެ މަންމަ ޒުހުރާ، ނަދުހާ އެކަނި ދުރަށް ގެންގޮސްފައި އެހިއެވެ. އެމީހުން ތިބީ ގޭގެ ގޯތިތެރޭގައެވެ.
[ނަވާލެއް ނޫން. ނަވާލަކީ ވަރަށް ތެދުވެރި މީހެއް. ނަވާލްގެ ލޯބީގައި ކޮޅުފައިންޖެހުން އެއީ އަހަރެންގެ ބަދުނަޞީބު.] ނަދުހާ ފުން ނޭވާއެއްލިއެވެ.
[ދަރިފުޅުތަ ނަވާލްގެ ލޯބީގައި ކޮޅުފައިންޖެހީ؟] ޒުހުރާ ޙައިރާންވިއެވެ. ނަދުހާގެ ވާހަކަ ތަފާތުވީމައެވެ.
[އާނ މަންމާ، ނަވާލް ގާތުން ގަދަކަމުން އަހަރެން ވަރިވީ. ނަވާލްގެ އެއްވެސް ކުށެއްނެތް...] ނަދުހާ ފުރަތަމަފަހަރަށް އޭނާގެ މަންމަމެންގެ ކުރިމަތީގައި ނަވާލް ދިފާޢު ކުރިއެވެ.
[އަދިވެސް ދަރިފުޅަކަށް މަންމަ ކުރި ސުވާލަކަށް ޖަވާބެއް ނުދެވެއެއްނު...މަންމަ މިއަހަނީ ދަރިފުޅުގެ ބަނޑުގައި ތިވަނީ ކާކުގެ ދަރިއެއްހޭ؟] ޒުހުރާ ހިސާބަކަށް ހިތްހަމަނުޖެހިފައި އެއްސެވެ.
[ބުންޏަސް މަންމަމެނަކަށް ޤަބޫލެއް ނުކުރެވޭނެ. މަންމަމެން ބުނާނެ، އަހަރެން މޮޔަގޮވަނީއޭ.....އެވާހަކަ ދައްކަން އަހަރެން ބޭނުންނުވަނީސް އެހެންވެގެން....] ނަދުހާ އިސްއުފުލައި ފަޒާއަށް ކަޅިހިންގާލިއެވެ. ބޯމަތިން އާދަޔާ ޚިލާފަށް އަޑެއް އިވޭތީއެވެ. އޭނާ ހީކުރިގޮތަށް ބޯމަތީގައި ދޫންޏެއްގެ ސިފައިގައި އުދުހެމުން ދަނީ މުނާޒެވެ. ޒުހުރާއަށްވެސް އެހިނދު އެދޫނި ފެނިއްޖެއެވެ.
[ދަރިފުޅު ގެންގުޅުނު ދޫނި.....] ޒުހުރާ ދޫންޏާ ދިމާއަށް އިނގިލި ދިއްކުރިއެވެ. އޭރު ދޫނި އެމީހުންގެ ބޯމަތިން އެނބުރެނީއެވެ. ނަދުހާ މޫނު ކުނިކޮށްލަމުން އިސްޖަހާލިއެވެ.
[އަޅާނުލާ. އަހަރެން އެދޫނި ދޫކޮށްލީ ކޮޓަރިތެރެ ހަޑިކުރާތީ.] ނަދުހާ ދޮގު ހެދިއެވެ. ހަމައެއާއެކު، ދޫނި އޭނާގެ ފައިދަށަށް ކަހަލަ ގޮތަކަށް ތިރިކުރިއެވެ. ނަމަވެސް، މިހާރަކު އެދޫނި ޒުހުރާއަށް ފެންނަހެނެއް ހިއެއްނުވެއެވެ.
[ނަދުހާ....މަންމަ ގާތު އަވަހަށް ބުނޭ، ދަރިފުޅުގެ ބައްޕައަކީ އަހަންނޭ. މަންމަ ޤަބޫލުކޮށްފިއްޔާ، އަހަރެން ހެކިދޭނަމޭ.] މުނާޒް ދައްކާ ވާހަކަ އަޑުއިވެނީވެސް، މުނާޒް ފެންނަނީވެސް މިހާރު ހަމައެކަނި ނަދުހާއަށެވެ. މުނާޒް ހުރީ ނަދުހާއަށް އޭނާގެ ހޫނު އިޙްސާސް ކުރެވޭހާ ގާތުގައެވެ. ނަދުހާ ކުޑަކޮށް ފަހަތަށް ޖެހިލިއެވެ.
[ފަސްނުޖެހޭ. ނަދުހާގެ މަންމަގާތު އަވަހަށް ބުނޭ، ނަދުހާއަށް ނުކެރެންޏާ އަހަރެންވެސް ބުނެފާނަމޭ.] މުނާޒް އަނެއްކާވެސް ނަދުހާއާ ގާތަށް ޖެހެން ފެށިއެވެ.
[ކިހާދެރަކަމެއް މީ....] ނަދުހާއަށް ހަޅޭއްލަވައިގަނެވުނެވެ. ޒުހުރާއަށްވެސް ނަދުހާގެ އަޑުން ސިހުން ލިބުނެވެ.
[ދަރިފުޅާ ކިހިނެއްވީ؟] ޒުހުރާ ވަށައިގެން ހޯދާލިއެވެ. އޭރު ނަދުހާގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައިވަނީ، އޭނާއާ ދާދި ގާތުގައި ހުރި މުނާޒަށެވެ. މިހާރު މުނާޒް އެހުރީ އޭނާގެ އަޞްލު ސޫރައިގައެވެ.
[ދަރިފުޅާ، ކިހިނެއްވެފަ ތިހުންނަނީ؟] ޒުހުރާ ނަދުހާގެ ކޮނޑުގައި ހިފާލިއެވެ. ނަދުހާ ސިހުނެވެ. ހަމައެއާއެކު މުނާޒްވެސް އޭނާގެ ލޯމަތިން ގެއްލިއްޖެއެވެ.
[ކަމެއްނުވޭ....އަހަރެންގެ ބަދުނަޞީބު ޙާލަތާމެދު މާބޮޑަށް ފިކުރުކޮށްލެވުނީ.....] ނަދުހާގެ ލޮލަށް ކަރުނައިގެ އަސަރު ފާޅުވެއްޖެއެވެ.
[ތީ ދަރިފުޅު އަމިއްލައަށް ބުއި ބޮނޑިއެއް. މަންމަގެ ހިތަށްއަރާ، ދަރިފުޅު ކީއްވޭބާއޭ ޢާއިލާގެ ޢިއްޒަތާއި ޤަދަރަށްޓަކައި ކުޑަކޮށްވެސް ވިސްނާނުލީ. ދެން އަމިއްލައަށް ހިތްވަރުވެސް ކުރަންޖެހޭނެ. މަންމަމެން ދަރިފުޅުގެ ޙަޔާތަށް ނުހަނު ރަނގަޅު ބައިވެރިއަކު ހޯދައިދިނިން....ނަމަވެސް، ދަރިފުޅަކަށް އެނަޞީބު ބަލައިގަންނާކަށް ނޭނގުނު.] ޒުހުރާ ނަދުހާގެ ބޮލުގައި އަތްކާއްތާލިއެވެ. ނަދުހާ ދެލޯ ފޮހެމުންގޮސް ގެއަށްވަނެވެ. އޭރު ސިޓިންގރޫމްގައި ލީލާ އިނެވެ. ނަދުހާ ކުއްލިއަކަށް ވަނުމުން، ލީލާ ތެޅިގަތުމުން ހީވަނީ ލީލާ ކޮންމެވެސް މީހަކާ ވާހަކަ ދައްކަން ހުރެފައި ހުއްޓާލުމަށްފަހު އިށީންހެނެވެ. ނަމަވެސް ލީލާއަށް ވީގޮތެއް ނަދުހާއަކަށް ނޭނގުނެވެ. ނަދުހާ ސިޓިންގރޫމްގައި މަޑުވެސްކޮށްލުމެއްނެތި ގޮސްވަނީ އޭނާގެ ނިދާ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ލީލާވެސް އެކޮޓަރިއަށް ވަނެވެ. އެއީ ދުވަހަކުވެސް ލީލާ ކުރިކަމެއް ނޫނެވެ. އެހެންކަމުން ނަދުހާގެ ފަހަތުން އައިސް އޭނާ ކޮޓަރިއަށް ވަނުމުން ނަދުހާ ވަރަށް ޙައިރާންވިއެވެ.
[ލީލާ! ކީއްކުރަން؟] ނަދުހާއަށް އެހުނެވެ. ފުރަތަމަ ލީލާ ހިނިތުންވެލިއެވެ. ހީވަނީ އޭނާއަށް ކަންތައްތަކެއް އެނގިގެން އުޅޭހެންނެވެ.
[ނަދޫ...މާބޮޑަށް ފިކުރުބޮޑުވެ ހާސްވެގެން އުޅޭހެން ހީވާތީ މިއައީ....އަޅެ ކޮންކަމަކާތަ ނަދޫ މިހާރަކަށްއައިސް ތިވިސްނަނީ؟] ލީލާ ނަދުހާ އޮށޯތް އެނދުގެ މަގަތުގައި އިށީނދެއްޖެއެވެ. ގަދަކަމުން ހިނިތުންވުމުގެ އަސަރު ތުންފަތްމައްޗަށް ވެރިކުރުވިއެވެ. ލީލާއަށް އޭނާގެ ފިކުރުތައް ފޮރުވުމުގެ ބޭނުމުގައެވެ.
[ނަދޫ ދޮގުހެދިޔަސް، އަހަންނަށް އެނގޭ، ނަދޫ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ވިސްނާ އެބަ ފިކުރުވެސްކުރޭ. އަހަރެން ގާތު ދޮގުނުހަދާ ތެދަށް ބުނޭ، ނަދޫގެ ހިތާމަތައް އަހަންނާ ޝެއަރކުރޭ.] ލީލާ ކޮޓަރި ދޮރާ ދިމާއަށް ބަލައިލަމުން ބުންޏެވެ. ހީވީ ދޮރުމަތީގައި ހުއްޓިހުރި މީހެއްގެ އިޝާރާތް ލިބިގަތްހެންނެވެ.
[ލީލާ ތީ ލީލާއަށް ހީވާ ހީވުމެއް. އަހަންނަށް ރަނގަޅީ އަހަރެން އެކަނިކޮށްފައި މިވަގުތު ލީލާވެސް މިތަނުން ދިޔައްޔާ. ކޮޓަރި ދޮރު ލައްޕާފައި ދާތި....] ނަދުހާ ބުންޏެވެ. ލީލާ ކޮޓަރިން ނުކުމެއްޖެއެވެ. އެއާއެކު ނަދުހާގެ ފޯނު ނަގާ ނަވާލަށް ޑައިލްކޮށްލިއެވެ. ދެތިންފަހަރަކު ރިންގްވާއިރަށް އެކޮޅުން ފޯނު ނަގައިފިއެވެ.
[ނަވާލް....އަހަރެން ހީކުރީ ފަހުންވެސް ނަވާލް ގުޅާނެ ކަމަށް. އަޅެ ނަވާލް...އަހަރެން ބޭނުން މިރޭ ކޮންމެވެސް ވަގުތަކު ނަވާލާ ބައްދަލުކުރަން...ނަދުހާ އެކޮޅުން ފޯނުނެގީ ކާކުތޯވެސް ބަލައިލުމެއްނެތި ވާހަކަ ދެއްކިއެވެ.
[ކާކުތީ؟] ނަވާލްގެ ފޯނުން ވާހަކަ ދެއްކީ އޭނާގެ އަނބިމީހާ ޒިލާއެވެ. ނަވާލް އޮފީހަށް ދިޔައީ ހަނދާން ނެތިގެން ފޯނު ގޭގައި ބާއްވާފައެވެ. ޒިލާގެ އަޑު ކަންފަތުގައި ޖެހުމާއެކު، ނަދުހާގެ ބަސް ހުއްޓުނުކަހަލައެވެ. އޭނާ ވަގުތުން ފޯނު ކަނޑާލިއެވެ. އެއަށްފަހު ފޯނު އޮފްކޮށްލިއެވެ. ޙަޤީޤަތުގައި އޭނާގެ ސަބަބުން ނަވާލްގެ އުފާވެރި ޒަވާޖީ ޙަޔާތުގައި ކުނިޖެހުމަކީ، ފަހަރެއްގައިވެސް އޭނާ އެދޭ ކަމެއް ނޫނެވެ. އެހެންކަމުން، އެފޯންކޯލްގެ ސަބަބުން މިހާރު އޭނާ ނިކަން ދެރަވެއްޖެއެވެ.
ނަދުހާ ފޯނު ބޭއްވުމާއެކު، ޒިލާއަށް ރޮވުނެވެ. އޭނާގެ ޙަޔާތުން ނަވާލް ބީވަނީއޭ ހިތަށް އަރާފައެވެ. ހިތަށް އަރައެވެ. [މިހާރު ދެން ނަވާލް ނަދުހާއަށް ގުޅަންވީ ކީއްވެގެން ހެއްޔެވެ؟ ނަދުހާ ވާހަކަ ދެއްކި ގޮތުން ނިކަން ގިނައިން ނަދުހާއަށް ނަވާލް ގުޅާކަން ދޭހަވެއެވެ.] ނަވާލް އޮފީސް ނިންމާފައި އައިސް ގެއަށް ވަންއިރުވެސް ޒިލާއަށް އިނދެވުނީ އެޚިޔާލުގައެވެ. ފޯނުވެސް އޭނަގެ މުށުތެރޭން ދޫކޮށްނުލާ އޮތެވެ. އޭނާގެ ދެލޮލަށްވަނީ ކަރުނައިގެ ތެތްކަން ވެރިވެފައެވެ.
[ސާބަސް....ނަވާލްގެ ތެދުވެރިކަމަށް އައްސަރިބަހާއި ސާބަސް.] ޒިލާގެ ލޮލުން ކަރުނަ އޮހިގަތެވެ.
[ކީކޭތަ ތިކިޔަނީ....؟] ނަވާލްގެ ދެލޯ ބޮޑުވިއެވެ. ޒިލާ ދިއްކުރީ އޭނާގެ މުށުތެރޭގައި އޮތް ނަވާލުގެ ފޯނެވެ. އެއާއެކު އޭނާގެ ލޮލުން ވިދަމުންދިޔަ ކަރުނަތައް، އެސްފިޔަތަކުގެ ތެރޭން ފޫދެން ފަށައިފިއެވެ.
ފޯނު އަތުލުމަށްފަހު ނަވާލް ކޯލް ހިސްޓްރީއަށް ބަލައިލިއެވެ. އެއާއެކު ވެގެން އުޅޭގޮތް އޭނާއަށް ވިސްނުމެވެ. ނަދުހާ ގުޅީއެވެ. ނަދުހާ ޒިލާގާތު ވާހަކަތަކެއް ދެއްކީއެވެ.
[ނަދުހާ ކީކޭ ކިޔައިގެންތަ؟] ނަވާލް ޒިލާއާ ދިމާއަށް ހިނގައިގަތެވެ. ޒިލާ ފަހަތަށް ޖެހެން ފެށިއެވެ.
[އަހަރެން ހީކުރީ ނަވާލް ނަދުހާގެ މަތިން ހަނދާން ނައްތާލައިފި ކަމަށް. އެކަމަކު މިހާރު އަހަންނަށް އެނގިއްޖެ، އަދިވެސް ނަވާލް ލޯބިވަނީ ނަދުހާދެކެކަން.] ނަވާލް ނަދުހާއަށް ގުޅާކަންވެސް...] ޒިލާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
[ޒިލާ އަހަރެން ނުގުޅަމޭ ނަދުހާއަކަށް.] ނަވާލް އައިސް ޒިލާގެ އަތުގައި ހިފެހެއްޓިއެވެ.
[ތީ ދޮގު....އަހަރެން ނަވާލް ތިދައްކާ ވާހަކަ އަޑުއަހާކަށްވެސް ބޭނުމެއް ނޫން...] ޒިލާ ނަވާލްގެ އަތް ފޮޅުވާލިއެވެ. ޒިލާއަކީ ޢާންމު ދިރިއުޅުމުގައިވެސް ވަރަށް އަވަހަށް ރުޅިއިސްވާ މީހެއްކަން ހާމަވެގެން ދިޔައީއެވެ.
[ޒިލާ، އަހަރެންގެ ވާހަކަ ފުރަތަމަ އަޑުއަހާބަލަ.] ނަވާލް އަނެއްކާވެސް ޒިލާގެ އަތުގައި ހިފެހެއްޓިއެވެ.
[އަޑުއަހާކަށް ނޫޅެން. ނަވާލް ނުޖެހޭނެ އޭނައަށް ގުޅާކަށް. އަހަރެން ނަވާލަށް ނުދެނީ ކޮން ލޯތްބެއް...] ޒިލާގެ އަޑު ގަދަވެއްޖެއެވެ. އެއަށްފަހު، އެންމެ ހިނދުކޮޅަކަށްވެސް އޭނާ ނަވާލްގެ އަޑު އަހާކަށް މަޑެއް ނުކުރެއެވެ. އޭނާ ކޮޓަރިންވެސް ނުކުތެވެ. ނަޞީބު ދިމާކުރި ގޮތުން އެވަގުތު ގޭގައި އެދެމަފިރިން ފިޔަވައި އިތުރު އެއްވެސް މީހަކު ނޫޅެއެވެ. އެހެންކަމުން، ނަވާލްވެސް ނަދުހާގެ ފަހަތުން ކޮޓަރިން ނުކުތެވެ؟
[ތީ ބޭވަފާތެރިއެއް...އަހަރެން ބޭނުމީ ގެއަށްދާން.] ޒިލާ އުޅުނީ ގެއިންވެސް ނުކުންނާށެވެ.
[ނުދެވޭނެ...އަހަރެންގެ އަނބިމީހާއަށް އަހަރެންގެ ހުއްދަނެތި ނުދެވޭނެ.] ނަވާލްގެ ގާތަށްވެސް ރުޅިއައެވެ.
[ދާނަން...ހެޔޮ ހުއްދަ ނުދިނަސް ދާނަން....] ޒިލާ ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ.
[އަހަރެންގެ އަންބެއްގެ ގޮތުގައި މިގެޔަކުން ނުނިކުމެވޭނެ. މާނައަކީ....] ނަވާލަށް ޖުމްލަ ފުރިހަމަވުމުގެ ކުރިން ޒިލާ ގެއިން ބޭރަށް ނުކުތެވެ. ފަހަތުން ގޮސް ނަވާލް، ޒިލާ ހިފެހެއްޓުމަށްފަހު އެތެރެއަށް ވެއްދީ ގަދަކަމުންނެވެ.
[ކީއްކުރަން އަހަރެން ހިފަހައްޓަނީ. ނަދުހާ ގެނައިމަވީނު....] ޒިލާ ބާރުބާރަށް ރޮމުން ބުންޏެވެ. އޭރު ނަވާލް ހުރީ ޒިލާގެ ދެއަތުގައި ނިކަން ބާރަށް ހިފަހައްޓައިގެންނެވެ.
[ޒިލާ މިހާރު މާ ޒީލަ ގަދަވެގެން މޫނުމަތީގައި ޒުވާބު ކުރަން ހަދާނެ ކަމެއް ނެތް. ތިގޮތަށް އަހަރެންގެ ކުރިމަތީގައި ޒުވާބު ކުރުމުގެ އެއްވެސް ޙައްޤެއް ޒިލާއަކަށް ނޯންނާނެ.] ނަވާލް ޒިލާގެ އަތުގައި ހިފަހައްޓައިގެންގޮސް ކޮޓަރިއަށް ވަނެވެ. އޭރުވެސް ޒިލާ ނަވާލްގެ އަތުން ވީއްލިގަންނަން މަސައްކަތް ކުރަމުން ދިޔައެވެ.
[އަހަރެންނާ އިނދެގެންހުރެ އެހެން އަންހެނުންނަށް ގުޅުމުގެ ޙައްޤެއް ނަވާލަކަށްވެސް ނޯންނާނެ.] ޒިލާ ނަވާލްގެ އަތުން ވީއްލިގަތެވެ.
[ޙައްޤުނެތީމަ އަހަރެން ނުގުޅަމޭ، ޒިލާ މޮޔަތީތަ؟] ދެންވެސް ނަވާލް މަސައްކަތް ކުރަމުން ދިޔައީ ޒިލާއަށް ވިސްނައިދީ، ޒިލާ ހަމައަކަށް އެޅުވޭތޯއެވެ.
[ނުގުޅާނަމަ، ނަދުހާ އެހެން ނުބުނާނެ. ތީ ބޮޑު ބޭވަފާތެރިއެއް. ތިކަހަލަ މީހެއްގެ ސޫރަ ދެކޭކަށްވެސް އަހަރެން ބޭނުމެއް ނޫން....ބޭނުމެއް ނޫން.] ޒިލާ އަނެއްކާވެސް ކޮޓަރިން ބޭރަށް ނުކުތެވެ.
ނަމަވެސް މިފަހަރު ނަވާލް އަޅައެއްނުލިއެވެ. ޒިލާއަށް ވިސްނިގެން އެނބުރި އަތުވެދާނެ ކަމަށް ވިސްނާފައި، އޭނާ އެނދުގައި އޮށޯވެލިއެވެ. ޒިލާ ރޮމުން ދިޔައީ ސީދާ އޭނާގެ ގެއަށެވެ.
[ކިހިނެއްވީ ދަރިފުޅާ؟] ޒިލާ ރޮމުން އައިސް ގެއަށް ވަނުމާއެކު ޒިލާގެ މަންމަ ޚަދީޖާ އެއްސެވެ.
[މަންމާ...މަންމާ.....] ޒިލާ މަންމަގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ބާރުބާރަށް ރޯން ފަށައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު