ތިން އަހަރުދުވަހަށް ދެމިގެންދިޔަ ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ހުއްޓާލަން ޔޫކްރެއިނުން އެއްބަސްވެއްޖެއެވެ.
ޔޫކްރެއިނުން މި ހަނގުރާމަ ހުއްޓާލުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ ސައުދީ އަރަބިއްޔާގައި ކުރިއަށް ދިޔަ މަތީ ފެންވަރުގެ މަޝްވަރާތަކަށް ފަހުގައެވެ. އެއާއެކު އެމެރިކާއިން ވަނީ ޔޫކްރޭނަށް ޖާސޫސީ މައުލޫމާތު ހިއްސާކޮށް ސަލާމަތީ އެހީތެރިކަން އަލުން ދޭން ފަށާނެ ކަމަށް ބުނެފައެވެ.
މި މަޝްވަރާތަކުގައި ޔޫކްރޭނުން އެއްބަސްވީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ރަޝިޔާއިން ގަބޫލުކޮށް ތަންފީޒުކޮށްފިނަމަ ދެފަރާތުގެ އެއްބަސްވުމަކުން މުއްދަތު އިތުރުކުރެވިދާނެ ކަމަށް ޔޫކްރޭނުން ވަނީ ބުނެފަ އެވެ.
މި މަޝްވަރާގައި އެމެރިކާގެ ވަފުދުގައި އިސްކޮށް އުޅުއްވި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ސިފަކުރެއްވި ގޮތުގައި ޔޫކްރޭނުގެ މި ހުށަހެޅުމަކީ "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމްކޮށް، ދެމިއޮންނަ އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ކޯޅުން ނިންމާލުމަށް މަޝްވަރާތައް ފެށުމަށް" ލިބުނު ފުރުސަތެކެވެ.
ރޫބިއޯ ނޫސްވެރިންނަށް ކަށަވަރުކޮށްދިން ގޮތުގައި މި ހުށަހެޅުމުގައި ގޮވާލާފައިވަނީ ސަރަހައްދު ގެ އިން ވަކިކުރާ ލައިން ހުރަސްކޮށް ހިންގާ ހަމަލަތައް ފުރިހަމައަށް ހުއްޓާލުމަށެވެ. "އެދުމަކީ ބަޑިޖެހުން ހުއްޓާލުން،" ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޯލްޓްޒް ވެސް ވިދާޅުވީ މި މަޝްވަރާތަކުގައި ހަނގުރާމަ ދާއިމީކޮށް ހުއްޓާލައި މައްސަލަ ހައްލުކުރެވޭނެ ގޮތާއި ޔޫކްރޭނަށް ދިގު މުއްދަތުގެ ޔަގީންކަން ލިބޭނެ ގޮތްތަކަށް ބަލާފައިވާ ކަމަށެވެ.
މި މަޝްވަރާތަކުގައި ޔުކްރެއިންގެ ނާދިރު މައުދަންތަކަށް އެމެރިކާއިން ވެރިވެގަތުމާ ބެހޭ ގޮތުން އެމެރިކާ އާއި ޔޫކްރޭންއާ ދެމެދު ވަކި އެއްބަސްވުމެއް ހެދުމަށް ވާހަކަ ދެކެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު