މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) އަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން ގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް މިގޮތަށް ހަމަޖެއްސެވީ ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްގީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުން، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގާ ވަކި އިދާރާއަކުން ކުރުމަށް ލަފާދެއްވައިފައިވާތީ ކަމުގައި ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެ ކުރިން އެމްއައިއެފްއެސްއޭ ހިންގަމުން ދިޔައީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ.
ނަމަވެސް ރައީސްގެ މި ނިންމެވުމާއެކު މާރޗު 11 އިން ފެށިގެން މި އޮތޯރިޓީ ހިންގަމުންދާނީ ފިނޭންސް މިނިސްޓްރީގެ ދަށުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު