އިންޑިއާގެ ކްރިކެޓު ޓީމުގެ ކެޕްޓަން ރޯހިތު ޝަރްމާ ޗުއްޓީ ހޭދަކުރަން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ރޯހިތު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައީ އޭނާގެ އާއިލާއާ އެކުއެވެ. އެގޮތުން އޭނާއާއެކު އޭނާގެ އަންހެނުން ރިތިކާ ސަޖްދޭ އާއި ދަރިފުޅު ސަމައިރާ އައެވެ، އެމީހުން މިހާރު ދަނީ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ އާއިލާ ޗުއްޓީ ހޭދަކުރަމުން ދަނީ ވަލްޑޯފް އެސްޓޯރިއާ ރިސޯޓުގައެވެ.
ޓުޑޭއި އިންޑިއާގެ ރިޕޯޓެއްގައި ބުނެފައިވަނީ ރޯހިތުގެ މި ދަތުރަކީ އައިޕީއެލް ފެށުމުގެ ކުރިން އާއިލާއާއެކު ވަގުތު ހޭދަކޮށްލުމުގެ ގޮތުން ކުރި ދަތުރެއް ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އައިޕީއެލްގެ ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 23 ގައި ޗެއްނާއީގައެވެ.

ކިޔުންތެރިންގެ ހިޔާލު