ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅަން އާރުޑީސީއާ ހަވާލުކުރުން
ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅަން އާރުޑީސީއާ ހަވާލުކުރުން
24 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރަން އެންވަޔަރަމަންޓް މިނިސްޓްރީއިން އާރުޑީސީއާ ހަވާލުކޮށްފި އެވެ.

އާރުޑީސީން ބުނީ އެކަމާ ގުޅޭ އެއްބަސްވުމެއް ގައި ސޮއިވެސްކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އަތޮޅު ތެރޭގައި ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

ނަމަވެސް ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅާ ރަށްތައް އާރުޑީސީން ހާމައެއް ނުކުރެ އެވެ.

ނިމިގެން ދިޔަ ހަފްތާގައި 32 ރަށެއްގައި ކުނި މެނޭކުރާ މަރުކަޒުތައް ގާއިމުކުރަން ވެމްކޯއާ ވެސް ވަނީ ހަވާލުކޮށްފަ އެވެ.

ރަށް ރަށުގައި އެ ރަށަކަށް އެކަށީގެންވާ ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅުއްވަން ރައީސް ޑޜ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން