އަވަސް އަރުވާލައިގެން ބިލުތައް ފާސްކުރުން ދެން ތަކުރާރު ނުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
އަނާރާ އެފަދައިން ވިދާޅުވި އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި ވަނީ އަނބުރާ ފޮނުުވާލައްވައިފަ އެވެ.
އެ ބިލުގެ ބަހުސްގައި އަނާރާ މިއަދު ވިދާޅުވީ ބިލު އަނބުރާ ފޮނުވާލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޖެހިވަޑައިގެންނެވީ އަވަސް އަރުވާލައިގެން އެ ބިލު ފާސްކުރުމުގެ ސަބަބުން ކަމަށެވެ. އަދި ރައީސްގެ ނިންމެވުމަށް އަނާރާ މަރުހަބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއަކީ ވަރަށް ބޮޑަށް ދިރާސާތަކެއް ކުރުމަށް ފަހު ވަރަށް ގިނަ ބައެއް ހައްގުތަކަކާއެކު ގެނެސްފައިވާ ގާނޫނު އަސާސީއެއް ކަމަށެވެ. އެހެންކަމުން ބިލުތައް ފާސްކުރާއިރު ވަގުތު ދޭން ޖެހޭކަން އަނާރާ ފާހަގަ ކުރެއްވި އެވެ.
އަނާރާ ވިދާޅުވީ ޖުޑިޝަރީއަކީ މިނިވަން މުސްތަގިއްލުތަނެއްގެ ގޮތުގައި އަބަދުވެސް އޮންނަން ޖެހޭ ކަމަށެވެ.
"ދެން ހަމަ އަޅުގަނޑު އުއްމީދުކުރަން މުސްތަގުބަލުގައި މިފަދަ ކަންކަން ތަކުރާރުވެގެން ނުދާނެ ކަމަށް." އަނާރާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު