މިދިޔަ 24 ގަޑި އިރުގެ ތެރޭގައި 90،632 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެއްދުވަހެއްގެ ތެރޭގައި އިންޑިޔާގައި ޕޮޒިޓިވް މީހުުުންެ އަދަދު ރިކޯޑް އަދަދަކަށް އަރައިފިއެވެ.

އިންޑިއާގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުން މިއަދު ރެކޯޑް އަދަދަކަށް އަރާފައިވާއިރު އިންޑިޔާގެ ކުދި ސިޓީ ތަކާއި ފަގީރު އަވަށްތަކުގައި ވަރަށް ހަލުއިކަމާއެކު ބަލި ފެތުރެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބްރެޒިލްގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ރެކޯޑް ކުރެވިފައިވާ އަދަދާއި އިންޑިޔާގައި ބަލިޖެހުނު މީހުންގެ އަދަދު މިހާރު ދާދި ހަމަހަމަ ވެދާނެ ކަމަށް އިންޑިޔާގެ ހެލްތު މިނިސްޓްރީ އިން ބުނާކަމަށްވެއެވެ. ބްރެޒިލްގައި 4،123،000 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އިންޑިޔާގައި 4،113،811 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. އެމެރިކާ އަށް ފަހު އެންމެ ގިނަމީހުން ޕޮޒިޓިވްވި ދެ ގައުމަކީ ބްރެޒިލް އަދި އިންޑިއާއެވެ.

އިންޑިއާއިން ގިނަބަޔަކު ޕޮޒިޓިވް ވުމަކީ ކޮވިޑް-19ގެ ދެވަނަ ރާޅެއްގައި ގައުމު ވާކަން ހާމަވާ ކަމެއް ކަމަށް އިންޑިއާ ސަރުކާރުގެ ސިއްހީ މާހިރެއް ކަމަށްވާ ޑޮކްޓަރ ރަންދީޕް ގުލެރިޔާ އާއި ހަވާލާދީ އަރަބް ނިއުސް އިން ހާމަކޮށްފައިވެއެވެ. އަދި ބަލި ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އިންޑިޔާގެ 1.4 ބިލިއަން މީހުންގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ބަލި ޖެހުން އެކަށީގެން ވާކަމަށް ލަފާ ކޮށްފައި ވެއެވެ.

ުއިންޑިއާގައި ގިނަ މީހުން އާންމު ތަންތަނުގައި އެއްވެ އުޅޭއިރު މާސްކް ނޭޅުމާއި ލޮކްޑައުންއަށް ލިބުނު ލުއިތަކާއެކު މަގުމަތީގައި ކާރޫބާރުބޮޑުވުމާއެކު ބަލި ފެތުރޭމިންވަރު އިތުރުވެފައިވާކަމަށް ޑޮކްޓަރ ރަންދީޕް ގުލެރިޔާ އާއި ހަވާލާދީ އަރަބް ނިއުސް އިން ހާމަކޮށްފައިވެއެވެ.

އިންޑިއާގެ ހައި ރިސްކް ސަރަހައްދުތަށް ފިޔަވާ އެހެން ސަރަހައްދުތަކުގެ ލޮކްޑައުނަށް ބައެއް ލުއިތައް ދެމުންދާކަމަށް އިންޑިޔާ ސަރުކާރުން އާންމުކޮށްފައިވެއެވެ. މިގޮތުން ހޯމަ ދުވަހު ބައެއް ސަރަހައްދު ތަކުގައި ސަބްވޭ ޓްރެއިންތަކުގެ ހިދުމަތް ފާށާނެ ކަމަށްވެއެވެ.

އިންޑިއާގައި ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ މަހާރަޝްތުރާ، އަންދްރަ ޕްރަދޭޝް، ޓަމިލް ނާޑޫ، ކަރްނާޓަކާ، އުއްތަރު ޕްރަދޭޝް އަދި ދިއްލީ ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން