މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ފަތުރުވެރިކަމުގެ ބޭނުމަށް ބޭނުންކުރަން ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް ފަތުރުވެރިކަމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސް ކުރެއްވުމާމެދު ވޯޓަށް އަހާފައިވާއިރު ޖަލްސާގައި މި އިސްލާހު ފާސްކުރުމަށް ފެންނަ ކަމަށް 55 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ. އަދި ހަތް މެންބަރުން ވަނީ އިސްލާހާ ދެކޮޅަށް ވޯޓުދެއްވާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލަށް އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ރިޔާޒެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމުގެ އުސޫލާއި ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާގުޅޭ އުސޫލު އިސްލާހު ކުރުމަށްޓަކައެވެ. އަދި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން އަލުން ތަރައްގީކުރުމަށް ބަންދުކުރުމާބެހޭ އުސޫލުތަކާއި ޓޫރިޒަމް ޓްރަސްޓް ފަންޑެއް ގާއިމުކޮށް ހިންގުމާ ބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމަށެވެ.
މި ބިލް ކުރިން އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ފަތުރުވެރިކަމާބެހޭ ޕްލޭން ހަދައި، އެތަންތަން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގެ ބާރު އޮންނަނީ ކައުންސިލްތަކަށެވެ.
މިހާރު މި ބިލަށް ގެނައި އިސްލާހުގައިވާގޮތުން މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ކިޔުންތެރިންގެ ހިޔާލު