އެމެރިކާގެ މަނަވަރެއް މެދު އިރުމަތީގައި--
އެމެރިކާގެ މަނަވަރެއް މެދު އިރުމަތީގައި--
ޔަމަނުގެ ހޫތީންނާ ކުރިމަތިލުމުގައި އެމެރިކާއަށް ކުރިއެރުމެއް ނުލިބޭތީ އެމެެރިކާއިން ދެވަނަ މަނަވަރެއް މެދު އިރުމައްޗަށް ފޮނުވަން ނިންމައިފި އެވެ.

އިސްރާއިލުން ޣައްޒާގައި ގަތުލު އާންމު ހިންގަން ފެށިފަހުން ޔަމަނުގެ ހޫތީން ދަނީ ޔަމަނުގެ ކައިރިން ދަތުރުކުރާ ބޯޓުތަކަށް ހަމަލާ ދެމުން ނެވެ. އެހެންވެ އިސްރާއިލުގެ ދިފާއުގައި އަބަދުވެސް ތެދުވާ އެމެެރިކާއިން ދަނީ ޔަމަނަށް ހަމަލާ ދެމުން ނެވެ.

ނަމަވެސް ޔަމަނުން ދަނީ އެމެރިކާގެ މަނަވަރަށް ހަމަލާ ދެމުން ނެވެ. އަދި ބިރު ބޮޑެވެ އެމެރިކާގެ މަނަވަރު ދޭތެރެ ދޭތެެރިން ދަނީ ފަހަތަށް ޖެހެމުން ނެވެ.

ހުތީންގެ ލީޑަރު އަބްދުލް މާލިކް އަލް ހޫތީ ވިދާޅުވީ ދެވަނަ މަނަވަރެއް މެެދު އިރުމައްޗަށް ފޮނުވަން ނިންމުމަކީ އެމެރިކާއިން ޔަމަން ހަމަ ބިމަށް ތިރިކުރުމުގައި ނާކާމިޔާބުވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

ހޫތީން މައިތިރިކުރުމުގައި އެމެރިކާއަށް ކުރިއެރުމެއް ނުލިބުނަސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހޫތީންގެ ކަންތައް ނިންމާލާނެ ކަމަށެވެ.

އިސްރާއިލުން ޣައްޒާގެ ގަތުލު އާންމު ފެށިފަހުން ހޫތީން ވަނީ އިސްރާއިލުގެ އެއާޕޯޓަކަށް ވެސް ހަމަލާތަކެއް ދީފަ އެވެ.

ޔަމަނާ އިސްރާއިލާ ދެމެދު 2000 ކިލޯ މީޓަރު ހުންނައިރު ހޫތީން އިސްރާއިލަށް ހަމަލާ ދެމުންދަނީ ހައިޕަ ސޮނިކް މިސައިލްތަކުން ނެވެ. އެ ބާވަތުގެ މިސައިލްތައް ހުއްޓުވުމުގެ ކުޅަދާނަކަމެއް އެެމެރިކާ އަދި އިސްރާއިލުގެވެސް ނެތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން