ރާއްޖެއިން ޓިއުބާކިއުލޯސިސް (ޓީބީ) ނައްތާލުމުގެ މަސައްކަތް ވަރަށް ސާބިތުކަމާއެކު ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ޓީބީ ނައްތާލުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން ތިބީ ސާބިތު ކަމާއެކު ކަމަށެވެ.
އެގޮތުން، ޓިއުބަރކިއުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ދިނުން ފަދަ ކަންކަމާއެކު ރާއްޖޭން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ 1998 ވަނަ އަހަރުން ފެށިގެން ޓީބީގެ 70 އިންސައްތަ ކޭސްތައް ދެނެގަނެވި، އެ ބައްޔަށް ފަރުވާ ކުރެވޭ މިންވަރު 85 އިންސައްތައަށް އިތުރު ކުރުމުގެ އަމާޒަށް ވާސިލް ވެވުނު 5 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ. މިކަމުންވެސް ރާއްޖޭގެ ޓީބީ ކޮންޓްރޯލް ޕްރޮގްރާމުގެ ކާމިޔާބުކަމާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މިކަމަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަ ވެގެން ދާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކުރިއަށްއޮތް ތަނުގައިވެސް، ޓީބީ އަވަހަށް ދެނެގަތުމުގައްޔާއި، ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަމާލުވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
ދުނިޔޭގެ ޓިއުބާކިއުލޮސިސް (ޓީބީ) ދުވަހަކީ ކޮންމެ އަހަރަކުވެސް މާރޗު 24 ގައި ފާހަގަ ކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަ ކުރަނީ ބައްޔާމެދު މުޖުތަމައު އިތުރަށް ހޭލުންތެެރި ކުރުވައި ބަލި ނައްތާލަން ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް މީހުން ހޭލުންތެެރި ކުރުވުމުގެ ބޭނުމުގައެވެ.

On #WorldTuberculosisDay, we reaffirm our commitment to ending TB. We are among one of the five nations to achieve 70% case detection & 85% cure rates since 1998. Today, we are dedicated to strengthening our efforts with free Tuberculosis Preventive Treatment (TPT) and renewed… pic.twitter.com/9GXJMRMqe2
— Dr Mohamed Muizzu (@MMuizzu) March 24, 2025
ދުނިޔޭގެ ޓިއުބާކިއުލޮސިސް (ޓީބީ) ދުވަހަކީ ކޮންމެ އަހަރަކުވެސް މާރޗު 24 ގައި ފާހަގަ ކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަ ކުރަނީ ބައްޔާމެދު މުޖުތަމައު އިތުރަށް ހޭލުންތެެރި ކުރުވައި ބަލި ނައްތާލަން ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް މީހުން ހޭލުންތެެރި ކުރުވުމުގެ ބޭނުމުގައެވެ.
ކިޔުންތެރިންގެ ހިޔާލު