ހުކުރު ޚުތުބާއެއް އިއްވަނީ--
ހުކުރު ޚުތުބާއެއް އިއްވަނީ--
ރޯދަ މަސް ނިމުމުންވެސް އަޅުކަމުގައި ދެމިތިބެން މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ އަޅުކަންކުރުމަކީ، މާތް ﷲ އަޅުގަނޑުމެންގެ މައްޗަށް ހަލްގުކުރައްވައި ވާޖިބުކުރައްވާފައިވާ ކަމެއް ކަމަށެވެ.

ހަމަ އެހެންމެ އަޅުކަންކުރުމަށް ނޫނީ އިންސާނުންނާއި ޖިންނީން ﷲ ނަހައްދަވާކަން ފާހަގަކޮށް ހުތުބާގައި ބުނީ އަޅުކަމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭ ކަމެއް ނޫން ކަމަށެވެ. އަދި ރަމަޟާން މަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެ ވެސް ވެރި ﷲކަން ވެސް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، ﷲއަށް އަޅުކަންކުރާން ޖެހޭ ބައެއް ނޫން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

"މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވެއެވެ. ރަމަޟާން މަހަކީ އެ ފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނީ ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވެދަނީ ޝައްވާލުމަހުގެ ހަ ރޯދައަށް ވެސް މަގުފަހިކޮށްދީފައި ކަމަށެވެ.

އެހެންކަމުން ހަ ރޯދައިގެ ނިއުމަތާއި ފައިދާ ލިބިގަތުމަށް ވެސް ހުތުބާގައި ގޮވާލި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން