ސްރީލަންކާގައި އުޅޭ ދިވެހިންގެ އަދަދު ބޮޑުތަނުން ދައްވެފައިވާ ކަމަށް އެގައުމުގެ ނޫހަކުން ރިޕޯޓު ކޮށްފިއެވެ.
ސްރީލަންކާ ގާޑިއަންގެ ރިޕޯޓެއްގައި ބުނެފައިވަނީ 2019 ގެ އީސްޓާރ ހަމަލާއަށްފަހު، ސްރީލަންކާގައި އުޅޭ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދައްވެފައިވާ ކަމަށެެވެ.
މީގެ ކުރިން އެ ގައުމުގައި 8000 އާއި ގާތްކުރާ އަދަދަކަށް ދިވެހިން އުޅުނު ކަމަށް ރިޕޯޓުގައި ވެއެވެ. އެހެންނަމަވެސް، އެ އަދަދު މިހާރު 1280 އަށް ދައްވެފައިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރިޕޯޓުގައި ބުނެފައިވަނީ މިކަން މިހެން ދިމާވެފައިވަނީ ސްރީލަންކާގެ ސަރުކާރުން ދިވެހިންނާ ދޭތެރޭ ނާއިންސާފުން ކަންތައް ކުރުމުގެ ސަބަބުން ކަމަށެވެ. އެހެންވެ، އެގައުމުގައި އުޅުނު ދިވެހި ގިނަ އާއިލާތަކުން އިންޑިއާ، މެލޭޝިއާ، އަދި މި ނޫނަސް އެހެން ގައުމުތަކަށް ދިރިއުޅުން ބަދަލު ކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
މިގޮތަށް މީހުން އެހެން ގައުމުތަކަށް ބަދަލުވާން މެދުވެރިވި އެންމެ މައިގަނޑު އެއް ސަބަބަކީ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތައް ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. މީގެ ކުރިން ސްރީލަންކާއަށް ޒިޔާރަތްކުރާ ދިވެހިންނަށް އެއް އަހަރުތެރޭ އެތައް ފަހަރަކު ޒިޔާރަތް ކުރެވޭނެ ގޮތަށް ވިސާ ދޫކުރެއެވެ. ނަމަވެސް މިހާރު ސްރީލަންކާގެ ވިސާ ޕޮލިސީއަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން މި މުއްދަތު ވަނީ ހަ މަހަށް ކުޑަ ވެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ސަބަބުން ސަލާމަތީ ކަންބޮޑުވުންތަކެއް އޮތްކަމަށް ސްރީލަންކާއިން ފާހަގަ ކޮށްފައި އޮތުމަކީވެސް ދިވެހިން އެގައުމުގައި ދިރިއުޅެން ޖެހިލުންވާ ސަބަބެއް ކަމުގައި ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަައެވެ.
ރިޕޯޓުގައި ބުނެފައިވަނީ ރާއްޖެއަކީ ޒަމާނުއްސުރެ އެ ގައުމުގެ އިގްތިސާދު ކުރިއެރުވުމުގައި ބޮޑު ރޯލެއް އަދާ ކުރަމުން އައިސްފައިވާ ގައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖެ ސަލާމަތީ ކަންބޮޑުވުމެއްގެ ގޮތުގައި ގިންތިކުރުމަކީ ދެގައުމުގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު