އެޕިސޯޑް 16
...............
[ނަދޫ! ކިހިނެއްވީ؟] ނަވާލް ނަދުހާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ނަދުހާ ރޮއިގަންނަމުން ނަވާލްގެ މޭގެތެރޭގައި ބޮނޑިވެލިއެވެ. ނަވާލް ނަދުހާ އަތުލަފިކޮށްގެން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަން އުޅުނެވެ.
[ނޫން....ނޫން....ނުކެރޭނެ ބިރުގަނޭ....] ނަދުހާ ރޮއިރޮއިފައި ބުންޏެވެ. ނަވާލް، ނަދުހާގެ ގައިން ދޫކޮށްލުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
[ނަވާލް....ނުވަދޭ....ނުވަދޭ.....] ނަދުހާ އުޅުނީ ނަވާލް ހުއްޓުވާށެވެ. ނަމަވެސް، ނަވާލްދިޔަގޮތަށް ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ކޮޓަރި ދޮރުމަތީގައި ނަދުހާ ހުރީ ނިކަން ކަންބޮޑުވެފައެވެ. އޭނާ ހާސްވަނީ ކޮޓަރިތެރޭން ދަލޭކަ ނަވާލަށް ފެނިދާނެތީއެވެ.
[ނަދޫ...މިތާކު އެއްވެސް މީހަކު ނެތް....ކޯއްޗެއްތަ ނަދުހާއަށް ފެނިގެން ތިއުޅެނީ.] ނަވާލްގެ އެޖުމްލައިން ނަދުހާއަށް ހިތްހަމަޖެހުން ލިބުނެވެ. ހާސްކަން ފިލިއެވެ. އެހެންކަމުން، އޭނާވެސް ކޮޓަރިއަށް ވަދެއްޖެއެވެ.
[ކުރަތްޕެއް އައިސް ތުންފަތްމަތީގައި ޖެއްސީ. ކިރިޔާ ބިރުން ހަލާކުނުވީ. އެކައްޗެއް ނޫން ދެތިން ހަތަރު ކުރަފި އުދުހުނު.] ނަދުހާ ފުރްޞަތު ލިބުމުން އޮޅުވާލިއެވެ.
[މިހާރަކު ނެތެއްނު އެކައްޗެއްވެސް....ކުރަފިދެކެ ދެން އެހާ ބިރުގަންނަންވޭތަ؟]
[އަހަރެން އަބަދުވެސް ކުރަފިދެކެ ބިރުގަނޭ. އަހަރެން ގޭގަ އަބަދުވެސް ސްޕްރޭ ހުންނާނެ.] ނަދުހާ އެނދުގައި އިށީނެވެ. ނަވާލް ހެދުން ބަދަލުކުރިއެވެ.
[ދެން ހިނގާ ކާން. މިއަދު ހުރިހާ އެއްޗެއްވެސް ކެއްކީ އަހަރެން.] ނަދުހާ ތެދުވިއެވެ.
[މަންމަ ނެތީތަ؟] ނަވާލް އެއްސެވެ.
[ނޫނޭ މިއަދު ގަދަކަމުން އަހަރެން މަންމައަށް ރެސްޓްދިނީ.] ނަދުހާ ބުންޏެވެ.
[ރަހަތައް ކިހިނެއްވާނެބާ؟] ނަވާލް ޓީޝާޓް ކޮނޑުން ވައްޓާލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
އަނގަޔަށް ލެވޭނެހެނެއްވެސް ހިއެއްނުވޭ. ހަމަގައިމުވެސް ކުޅިއެއްޗެއް ވެއްޖެއްޔާ ހުންނާނީ ކުޅިކޮށް. ފޮނި އެއްޗެއްވިއްޔާ ހުންނާނީ މާވަރަކަށް ހަކުރު އަޅާފައި.] ނަދުހާ ނަވާލްގެ ފަހަތުން ކޮޓަރިން ނުކުންނަމުން ހީގަތެވެ. ޝިޒްނާއާއި އަފްޒަލް އެގެއަށް އައިސްވަނީ ނަވާލް ކާން ފެށިތަނާހެންނެވެ.
[ހާދަ ވަސްގަނޑު ރަނގަޅޭ ބޭބޭ.] ކާގޭ ދޮރުމައްޗަށް ހުއްޓެމުން ޝިޒްނާ، އޭނާގެ ބޭބެއާ މުޚާޠަބު ކުރިއެވެ.
[ވަހާ އެއްވަރަށް ރަހަވެސް މިއަދު ރަނގަޅޭ. މިއަދަކީ ނަދުހާގެ ބަދިގޭ ދުވަހެއްނު.....] ނަވާލް ނަދުހާގެ މޫނަށް ބަލައިލިއެވެ.
[ޝިޒޫއާއި އަފްޒަލްވެސް ކާން ފަށާ.] އިތުރު ތަށިތައް މޭޒުމަތީގައި އަތުރަމުން ނަދުހާ ދަޢުވަތު ދިނެވެ.
[އަހަރެންވެސް އޮފީހުން ނިމިގެން ކައިގެން މިއައީ. އިތުރަކަށް ބަނޑަކު ނެތް އެއްޗެއް ލެވޭނެ ޖާގައެއް.] އަފްޒަލް ބަނޑުގައި އަތް ކާއްތާލިއެވެ.
[އަފޫ...މީ ވަރަށް ފަހަރިން ބަދަލުވާ ގެއެއްދޯ؟] ޝިޒްނާ ކާމޭޒުދޮށުގައި އިށީންނަމުން ބުންޏެވެ. ނަދުހާ ބޯޖަހާލީ، ވިސްނުމެއްގައި ހުރެފައެވެ.
[ޝިޒޫ، ކޮއްކޮ އަދިވެސް ތިބަނޑު ހިންދާލާކަށްނުވޭތަ؟] މަޥްޟޫޢު ބަދަލުކޮށްލަމުން ނަވާލް އެއްސެވެ.
[މާދަމާ އަނެއް ދުވަހަކީ އެޑްމިޓް ކުރަންޖެހޭ ދުވަސް. އެކަމަކު ކުޑަކޮށްވެސް ރިހުމެއް ނެތްދޯ ޝިޒޫ.] ޖަވާބު ދިނީ އަފްޒަލެވެ. ޝިޒްނާ ހިނިތުންވެލިއެވެ.
[ދަރިފުޅު ނުތޮޅޭތަ؟] ނަދުހާ އެހިއެވެ.
[ނޫން...މިހާރުވެސް ހީވަނީ ނޯންނަން އުޅޭހެން. އުޅަނބޮށި ވަރަށް އެބަ ވިއްދާ....] ޝިޒްނާ ހީގަތެވެ. ނަދުހާ އައިސް ޝިޒްނާގެ ބަނޑުގައި އަތްކާއްތާލިއެވެ.
އޭގެ ތިންދުވަސްފަހެވެ. ޝިޒްނާއާއި އަފްޒަލަށް ލޯބިލޯބި އަންހެން ކުއްޖަކު ލިބުނެވެ. އެހެންކަމުން، އޮފީސް ނިންމާފައި ނަވާލްވެސް އެދުވަހު ދިޔައީ ހޮސްޕިޓަލަށެވެ. ނަދުހާއަށް ގުޅާފައި ލަސްވެދާނެ ކަމަށް ބުނެފައެވެ. އެހެންކަމުން އެކަނިނުވާންވެގެން ނަދުހާ ޤަޞްދުކުރީ މައިދައިތަގެ ގާތުގައި ބޮޑުކޮޓަރީގައި ނަވާލް އަންނަންދެން އިނުމަށެވެ. ހީވެއެވެ. މިހާރު ނަދުހާ ބިރުގަންނަނީއެވެ. ދަލޭކައަކީވެސް އިންސާނެއް ނޫންކަމާއި، އެއީ މުނާޒްގެ ބައިވެރިއެއްކަން އެނގުނީމައެވެ. އޭނަގެ ހިތަށްއަރައެވެ. ދަލޭކަ، އޭނަގެ ހުރިހާ ސިއްރުތަކެއް ފަޅާއަރުވާލަފާނެއެވެ. ގައިމެވެ. ކުރިން މުނާޒަކީ ޖިންނިއެއްކަން އެނގުނަސް، އޭނާ ބިރެއްނުގަނެއެވެ. އޭނާގެ ހިތަށް ބިރުވެރިކަންވެރިވީ ދަލޭކަގެ ޙަޤީޤަތް އެނގުނު ހިސާބުންނެވެ.
[ދަރިފުޅާ ހާދަ ފިކުރުބޮޑުވެފައި...] މައިދައިތަ ނަދުހާގެ ޙާލަތު ދެނެގަތެވެ.
[ތީ މަންމައަށް ހީވާގޮތް. ނުވިސްނަން އެއްވެސްކަމަކާ....] ނަދުހާ ބުންޏެވެ.
[ދަރިފުޅާ ނަދުހާ....ކުޑަދަރިފުޅަށް ބޭނުންވާނޭ ސާމާނު ގަންނާކަށް އަދި ނޫޅެންތަ. އެސޮރު ގާތު މަންމަ ބުނެފިން، ޒިލާއަށް ހުރިހާ ކަމަކަށް ބޭނުންވާވަރަށް ފައިސާދޭށޭ. އޭރުން ދަރިފުޅަށް ބޭނުންވާނޭ ސާމާނު، އޭނަ އަމިއްލައަށް ގަނެފާނެއެއްނު.] މަރީނާ ބުންޏެވެ.
[އަހަރެންވެސް ނަވާލް ގާތު ބުނިން އެހެން ހަދާލާށޭ.] ނަވާލް ބުނި، މިއަދު ފައިސާ ޙަވާލުކުރާނެ ވާހަކަ. ކޮބައިތަ ބައްޕަ، ހޮސްޕިޓަލްގައިތަ؟] ނަދުހާ ބުންޏެވެ.
[ދޮންމަންމައަކަށްދޯ ވާނީ. މަންމަ އަންނާނަން ފާޚާނާއަށް ވަދެލާފަ.....] މަރީނާ ތެދުވެގެން ގޮަސް ކޮޓަރިއަށް ވަދެއްޖެއެވެ. ނަދުހާވެސް ތެދުވެގެންގޮސް ކޮޓަރިއަށް ވަނެވެ. ސިޓިންގރޫމްގައި ހުއްޓާ މުނާޒް އައިސް ދިމާކޮށްފާނެތީއެވެ. އެހެން ވެއްޖެއްޔާ މަރީނާ އަންނައިރުވެސް މުނާޒް އަޅާނުލާ ހުރެދާނެއެވެ. ކޮޓަރިއަށް ވަދެ ނަދުހާ އެނދުގައި އޮށޯވެލިއެވެ. ކޮޓަރި ދޮރުވެސް އޭނާ ނުލައްޕައެވެ. މުނާޒަށް ފުރްޞަތު ކުޑަކުރުމުގެ ޤަޞްދުގައެވެ. މުނާޒް އެކަންޏެއް ނޫނެވެ. ދަލޭކައަކީވެސް ބޮޑު ތުރާލަކަށް މިހާރު އޭނާއަށް ވެއްޖެއެވެ. އެހެންވެ މަންމައާއި ބައްޕަ ގާތު ބުނެގެން ފަންޑިތަ ހަދަންވެސް މިހާރު އޭނާ ހިތަށްއަރައެވެ. ނަދުހާ އެހެން އޮންނަތާ މާގިނައިރުތަކެއްނުވެ، ބާރު ވައިރޯޅިއަކާއެކު ކޮޓަރި ދޮރު ނިކަން ބާރަށް ލެއްޕިއްޖެއެވެ. ނަދުހާ ފުންމައިގެން ތެދުވެއްޖެއެވެ. އެއީ މުނާޒް ނޫނީ ދަލޭކަގެ އިޝާރާތެއްކަން އޭނާއަށް އެނގުނީމައެވެ. ނަދުހާ ތެދުވެގެން ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. އޭނާ ގޮސް ތަޅުގައި ހިފާލިއެވެ. ނަމަވެސް ދޮރެއް ނުހުޅުވުނެވެ. ހީވަނީ މީހަކު ދޮރުގައި ހިފަހައްޓާފައި ހުރިހެންނެވެ.
[ކާކު؟....ދޮރުހުޅުވާ.....] ނަދުހާ ހަޅޭއްލަވައިގަތީ، އޭނާގެ އަޑު ކޮޓަރިން ބޭރުނުވާނެ ކަމަށް ވިސްނާފައެއް ނޫނެވެ. އޭރުވެސް އޭނާ ދޮރު ހުޅުވޭތޯ މަސައްކަތް ކުރަމުން ދަނީއެވެ. ނަމަވެސް ދޮރު ހީވަނީ ދެފަރާތުން މޮހޮރު ތަޅާ ހަރުކޮށްފައިވާ ބިތްގަނޑެއްހެންނެވެ.
[އަޅޭ....ދޮރުހުޅުވާ....ނަވާލް....] ނަދުހާ އަޑުގެކޮޅަށް ފިރިމީހާއަށް ގޮވިއެވެ. ނަމަވެސް، މިފަހަރުވެސް އޭނާގެ އަޑު އެކޮޓަރިން ބޭރުވީހެނެއް ހިއެއްނުވެއެވެ. އޭނާގެ އަޑު އެނބުރެނީ ކޮޓަރިތެރޭގައެވެ.
[ހަޅޭއްނުލަވާ....އެމީހުންނަކަށް ނަދުހާގެ އަޑެއް ނީވޭނެ. އެއިން މީހަކަށް އަހަރެން މިތާ ހުއްޓާ، މިތަނަކަށް ނުވެސް ވަދެވޭނެ.] އަޑުއައީ ފަންގިފިލާއާ ދިމާއިންނެވެ. އެއީ މުނާޒްގެ އަޑެވެ.
[މުނާޒް....ކަލޭ ކީއްވެތަ އަހަންނާ އަޅައިގަނެގެން ތިއުޅެނީ....އަހަރެންގެ ކޮން ކުށެއް އޮތީ....] ނަދުހާއަށް ރޮއިގަނެވިއްޖެއެވެ. ހަމައެއާއެކު ނަދުހާއާ ދާދި ގާތުން މުނާޒް ފާޅުވެއްޖެއެވެ.
[ތިހެން ބުނާއިރު ނަދުހާ ހަނދާނެއް ނެތްތަ، ތީ އަހަރެންގެ އަނބިމީހާ ކަމެއް. އަހަރެންގެ ނަސްލުގައިވެސް އަނބިމީހާޖެހެޔޭ ފިރިމީހާއަށް އިޙްތިރާމް ކުރަން...] މުނާޒް ނަދުހާގެ ފުރަގަހުން އައިސް އޭނާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.
[ގައިގަ އަތްނުލާތި....] ނަދުހާ މުނާޒްގެ އަތް ފޮޅުވާލިއެވެ.
[އަހަންނަށް އަހަރެންގެ އަނބިމީހާގެ ގައިގަ އަތް ނުލެވެންޏާ ވަރަށް ހެއްވާ ކަމެއްތީ...ނަދުހާގެ ފުށުން އުފަލާއި ހިތްހަމަޖެހުން ލިބެންވީ ނަވާލަށް އެކަނިތަ؟ އަހަރެންވެސް ބޭނުމޭ، އަނބިމީހާގެ ފުށުން އަރާމާއި އުފާ....] މުނާޒް އަނެއްކާވެސް ނަދުހާއާ ގާތަށް ޖެހެން ފެށިއެވެ.
[އަނބިމީހާއޭ! އަހަންނަކީ ކަލޭގެ އަންބެއް ނޫން.] ނަދުހާގެ އަޑު ކުރިއަށްވުރެވެސް ބާރުވިއެވެ.
[ނަދުހާ ބުނަން...އަހަންނަށް ނަވާލް މަރާވެސްލެވިދާނެ. އެކަމަކާ ނަދުހާ ޖެހިލުމެއްނުވޭތަ. އަދި ބުނަންތަ، ނަދުހާގެ ބަނޑުގައިތިވާ ދަރިފުޅު އުފަންވާ ދުވަހު އަހަރެން ގެންދާނަން...އެދަރިފުޅު އިންސާނުންގެ ލޯތަކަށް ނުވެސް ފެންނާނެ.] މުނާޒް އިންޒާރު ދެމުން އަނެއްކާވެސް ނަދުހާގެ ކޮނޑުގައި ހިފެހެއްޓިއެވެ.
[ކަލޭ ތިއުޅެނީ އަހަންނަށް ބިރު ދައްކަންތަ؟ ބުނަން ތިހެން ކަންތައް ކުރުމުން މިހާރު އަހަރެންގެ ހިތުުގައިވާ ކަލޭގެ ލޯބި ވަނީ ނަފްރަތަށް ބަދަލުވެފައި.] ނަދުހާ ލުއްކެއްޖަހާފައި އަނެއްކާވެސް މުނާޒްގެ އަތުން ވީއްލިގަތެވެ. ނަމަވެސް، މިފަހަރު މުނާޒްހުރީ ނަދުހާގެ ފުށުން އޭނާ ބޭނުންވާ ހިތްހަމަޖެހުން ލިބިގެން ނޫނީ ނުދާން ނިންމައިގެންނެވެ. އެހެންކަމުން، އަނެއްކާވެސް ނަދުހާގެ އަތުގައި ހިފައި، އޭނާގެ ގާތަށް ދަމާލިއެވެ. އެހިނދު ނަދުހާ ހުރީ އެކަމަށް ވިސްނައިގެން ނޫންކަމުން، ނަދުހާއަށް ލައްގަނެވުނީ މުނާޒްގެ މޭމަތީގައެވެ. މުނާޒް ނަދުހާގެ ހަށިގަނޑު، އޭނާގެ ބާރުގަދަ މުލައްދަނޑީގެ އެހީގައި ބަނދެލިކަހަލައެވެ. އެއަށްފަހު، މުނާޒް ނަދުހާ، އޭނާއާއެކު އެނދުމައްޗަށް ތިރިކޮށްލިއެވެ. އެއަށްފަހު، މުނާޒާ ދެކޮޅަށް ނަދުހާއަށް އެއްކަމެއްވެސް ނުކުރެވުނެވެ. ނަދުހާގެ ޙަރަކާތްވެސް މުނާޒް ބޭނުންވާގޮތަށް އޮޔާލީއެވެ. މުނާޒް އުފާތައް ލިބިގަތެވެ. ނަދުހާއަށް ރޮވިއްޖެއެވެ. އުފަލާއި ހިތްހަމަޖެހުން ލިބުނަސްވެހެވެ.
[ނުރޮއޭ...ނަދޫ...ނަދޫ ރޯވަރުކަމެއްނުވޭ...އަހަންނަށް ޔަޤީންކުރެވޭ، ނަދޫ ތިހުރީ ވަރަށް ހިތްހަމަޖެހިފަކަން. ޙަޤީޤަތުގައި އަހަރެންގެ ފަރާތުން ލިބޭ ހިތްހަމަޖެހުމެއް ނަދޫއަށް އިންސާނެއްގެ ފުށަކުން ނުލިބޭނެ.] މުނާޒް ނަދުހާގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވާލިއެވެ. ނަދުހާއަށް ބޭއިޚްތިޔާރުގައި މުނާޒްގެ މޭގައި ބޯއަޅާލެވުނެވެ. ތެދެކެވެ. މުނާޒްގެ ބީހުންތަކުން ލިބޭ ހިތްހަމަޖެހުމާއި ކުރެވޭ އިޙްސާސްތައް، ނަވާލްގެ ފުށުން ލިބޭ ހިތްހަމަޖެހުމާއި އުފާތަކަށްވުރެން އިތުރެވެ. ފުރިހަމަވެސްމެއެވެ. އެކަން އެހެންވާންވީ ސަބަބެއް އެއްގޮތަކަށްވެސް ނަދުހާއަށް ނުވިސްނެއެވެ.
[ނަދޫ....ދިރިއުޅުމުގައި ދާއިމީ ހިތްހަމަޖެހުމާއި އުފާ ބޭނުމިއްޔާ އަހަންނާއެކު އަހަރެންގެ ދިރިއުޅުމަށް އާދޭ. ނަދޫއަށް އެނގޭތަ، ނަދޫއާނުލާ ދުވަސްތައް ހޭދަކުރަން އަހަންނަށްވެސް ހާދަ އުނދަގޫވެޔޭ. ނަދޫއަށް އެނގޭތަ، ކިތަންމެ ގިނަ ދުވަހެއް ވަންދެން ނަވާލާ އިނދެގެން އުޅުނަކަސް، ނަދުހާއާ ނަވާލްގެ ގުޅުމަކުން ދަރިޔަކު ނުލިބޭނެ.] ޙަޤީޤަތުގައި މުނާޒަކީ އިންސާނަކަށް ނުވިޔަސް، އޭނާގެ ހިތުގައި ނަދުހާއަށްޓަކައި އަށަގެންފައިވަނީ ނިކަން ވަރުގަދަ ލޯތްބެކެވެ. އެހެންނޫންނަމަ، އޭނާ ނަދުހާގެ ފަހަތުން އާދޭސް ކުރަމުން ނުދުވާނެއެވެ.
[ހެޔޮނުވާނެ، އާދޭސްކުރަން މުނާޒް، އަހަރެންގެ ޖަޒްބާތާ ނުކުޅެ މިތަނުންދޭ....އަހަންނަކަށް ނޭނގެ، އަހަރެން ކަންތައް ކުރަންވީ ގޮތެއް. އަހަރެން...ވެސް....ވަރަށް ލޯބިވެޔޭ މުނާޒްދެކެ. މުނާޒް...ދޭ....] ނަދުހާ ރޮއިރޮއިފައި މުނާޒާ ދުރަށް ޖެހިލިއެވެ.
[ނަދޫ....ދެވަނަފަހަރަށް ނަވާލާ ކައިވެނި ކުރުން އެއީ ނަދުހާއަށް ކުރެވުނު ވަރަށްބޮޑު މޮޔަކަމެއް. ނަދޫއަށް އެނގޭތަ، ކިތަންމެ ދުވަހެއް ވަންދެން ނަދޫ މީހަކާ (އިންސާނަކާ) ނީނދެ ހުއްޓަސް، އެއްވެސް ކަމެއް، އެއްވެސް ބަޔަކަށް ނޭނގޭނެ. ނަދޫގެ ބަނޑުން އުފަންވާ ދަރިފުޅު ފެންނާނީވެސް ހަމައެކަނި އަހަރެމެން ދެމީހުންގެ އިތުރުން ދަލޭކަ ދައްތައަށް....] މުނާޒް އަނެއްކާވެސް ނަދުހާ ގެނެސް، އޭނާގެ މޭގެތެރޭގައި ބޮނޑިކޮށްލިއެވެ.
[އެޔޯ! އެކަމަކު....އަހަރެންގެ ބަނޑު ބޮޑުވަންޏާ، އެހެން މީހުންނަށްވެސް އެނގޭނެއެއްނު...] ނަދުހާއަށް ގިސްލެވިއްޖެއެވެ.
[ނަދޫ ނުބުނަންޏާ ބަނޑު ބޮޑުކަން އެއްވެސް އިންސާނަކަށް ނޭނގޭނެ. އޭގެ ހެއްކެއްނު މިހާރުވެސް ނަދޫ އަމިއްލަ ބަނޑަށް ބަލާލަބަލަ. ބަނޑަކުން ނޭނގެއެއްނު. އަދިވެސް ހީވަނީ ދެތިންމަސްހެން. އެނގޭތަ! ނަދޫ ވިހާއިރުވެސް ތިޔަށްވުރެން ބޮޑެއްނުވާނެ. ބޮޑުވާނީ ހަމައެކަނި ވިހާ ވަގުތު....] މުނާޒް ނަދުހާއަށް ނޭނގޭ ސިއްރުތައް ބުނެދިނެވެ.
[އަޅޭ...ކީއްވެތަ ތިވާހަކަ ކުރިން ނުބުނީ. ބަނޑު ބޮޑުނުވަންޏާ ނަވާލް ގާތު އަހަރެން ބުނާނީވެސް ކީކޭތަ؟] ނަދުހާ ނުތަނަވަސްވިއެވެ.
[ކުރިން ކަމެއް އޮޅުންފިލުވައިދޭވަރަކަށް ނަދޫ އަހަންނަށް ފުރްޞަތެއް ނުދެމެއްނު.....ނަވާލް ގާތު ބުނޭ، ދަރިފުޅު ބައިގެންދިޔައްޔޭ.....] މުނާޒް ޚިޔާލުދިނެވެ. އެކަމަކު އެވާހަކައަށް ނަދުހާއަށް ޖެހޭނީ ވިސްނާލާށެވެ.
[އަޅެ....މުނާޒް ދަލޭކަ ދައްތައަކީ ކާކުތަ؟ އެވެސް އިންސާނެއް ނޫންދޯ؟] ނަދުހާ އެހިއެވެ. މުނާޒް ވިސްނާލިއެވެ. ޙަޤީޤަތް ނަދުހާއަށް ކިޔައިދޭންވީއޭވެސް ހިތަށްއެރިއެވެ. މުނާޒް ނަދުހާގެ ލޮލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ؟
[މުނާޒް ކީއްވެތަ ތިހުރީ؟] ނަދުހާ މުނާޒްގެ ކޮނޑުގައި ޖެހިގަތެވެ. މުނާޒް ހިނިތުންވެލިއެވެ. ޙަޤީޤަތް ހާމަކޮށްފާނަމޭ ހިތަށް އަރާފައެވެ.
[އަޅެ މުނާޒް، ކީއްވެތަ ނުބުނަން ތިއުޅެނީ....އެއީ މުނާޒްގެ މަންމަދޯ؟] ނަދުހާ އޭނާއަށް ހީވި އެއްޗެއް ބުންޏެވެ. މުނާޒްގެ ގާތަށް އައީ ހިންޏެވެ. ނަދުހާ ކުޑަކޮށް ކުރިއަށްޖެހި، މުނާޒްގެ އަތުގައި ހިފަހައްޓާލިއެވެ. މުނާޒް ނަދުހާ އެއަށްވުރެވެސް ގާތަށް ގެނައެވެ.
[ބުނެފިއްޔާ ޤަބޫލުކުރާނަންތަ؟] މުނާޒް އެއްސެވެ. ނަދުހާ ބޯޖަހާލިއެވެ. މުނާޒް ނިންމީ ހުރިހާ ޙަޤީޤަތެއް ނަދުހާއަށް ކިޔައިދޭށެވެ.
[ބުނަންވީދޯ؟ ދަލޭކަ ދައްތައަކީ....]
[އަވައްޓެއްސެއް.....] މުނާޒްގެ ޖުމްލަ ފުރިހަމަކުރީ އެތަނަށް ކުއްލިއަކަށް ފާޅުވި ދަލޭކައެވެ.
[އަވައްޓެއްސެކޭ؟ އެއީ ކޯއްޗެއް؟] ނަދުހާއަކަށް ނުވިސްނުނެވެ. ކުރިން މީހަކު އަވައްޓެހިންނޭ ކީއަޑު އޭނަ އަހާފައިވެސް ނުވެއެވެ. ދެން ނަދުހާއަށް ޖަވާބު ދިނީ ދަލޭކައެވެ. އަވަށްޓެހިންނަކީ ޖިންނީންގެ ތެރޭ އުޅޭ ބައެއްކަން ދަލޭކަ ނަދުހާއަށް ކިޔައިދިނުމަށްފަހު، އަނެއްކާވެސް މުނާޒަށް ފުރްޞަތުދީފައި އޭނާ ދިޔައީ، ނަދުހާ ގާތު އޭނާގެ ޙަޤީޤަތް ނުބުނުމަށް އެމީހުންގެ އަމިއްލަ ބަހުރުވަޔަކުން (އިޝާރާތުން) ބުނެފައެވެ. މުނާޒް އާއެކޭ ބުނީވެސް ހަމަ އެބަހުރުވައިންނެވެ.
[މާ އަވަހަށް އެދިޔައީ ކީއްވެތަ؟] ނަދުހާއަށް އަހާލެވުނެވެ.
[މިހާރު ވަރިހަމަދޯ އަހަރެން ކިތަންމެ ގިނައިރެއް ވަންދެން މިތާ ހުއްޓަސް.] މުނާޒް ބުނެލިއެވެ. ފިރިމީހާއާ ދޭތެރޭ ނަދުހާއަށް ވިސްނާލެވުނީ ދެނެވެ.
[ދެންދޭ....ދެން ނާންނާތި....] ނަދުހާ އެދުނެވެ. އެއީ ނަވާލް އައިސް ކޮޓަރި ދޮރުގައި ޓަކިޖަހާލި ވަގުތެވެ. ނަދުހާއަށް ތެޅިގަނެވުނެވެ. އަތުގެ އިޝާރާތުން އަވަހަށް އެތަނުން ދިޔުމަށް އޭނާ މުނާޒް ގާތު އެދުނެވެ. މުނާޒް ފެންލައިޓާ ދިމާއަށް ހިނގައިގަތެވެ. ނަދުހާ ގޮސް ދޮރު ހުޅުވިއެވެ. ނަވާލް ބެގީ ނައްޓަމުން ކޮޓަރިއަށް ވަނެވެ. ހަމައެއާއެކު، ނަވާލްގެ އަމާޒަށް އައީ ކޮޓަރީގެ އެނދެވެ. އޭނާ ސުވާލުގެ ނަޒަރަކުން ނަދުހާގެ މޫނަށް ބަލައިލިއެވެ. ނަދުހާ ހާސްވާން ފަށައިފިއެވެ.
[ނަދޫ...އެނދަށް ހާދަވަރެއް އަރުވާފަ.....] ނަވާލްގެ އެޖުމްލައިން ނަދުހާގެ ހާސްކަން އިތުރުވިއެވެ.
[ގޭގަ އުޅޭ ލީލާ އައިސް އެނދުމަތީގައި ބަތްކައްކާ ކުޅެފަވިއްޔަ އެދިޔައީ.] ނަދުހާ، އޭނާގެ މޫނުމަތީގައިވާ ހާސްކަން ފޮރުވަމުން ބުންޏެވެ.
[ލީލާ އެކަނިތަ އައީ؟] ނަވާލް އެއްސެވެ. އަނެއްކާވެސް ނަދުހާއަށް ލިބުނީ އިތުރު ސިހުމެކެވެ. ނަދުހާއަށް ހީވީ ނަވާލަށް ކަމެއް އެނގިގެން އުޅުނުހެންނެވެ.
[އެކަންޏެއް ނޫން އައީކީ. ކުރިން ގޭގައި އުޅުނު ދަލޭކަދައްތައާއެކު އައީ. ދެން މާ ވާހަކަ ގިނަނުކޮށް ހެދުން ބަދަލުކޮށްލައިގެން ހިނގާބަލަ ކާން.] ނަދުހާ އެނދުގެ ބެޑްޝީޓްގެ ހަތަރުފަރާތުން ދަމައި ރޫތައް ފިލުވާލުމަށްފަހު ކޮޓަރިން ނުކުތެވެ. ފަހަތުން ނަވާލްވެސް ނުކުމެއްޖެއެވެ.
[ހެދުންވެސް ބަދަލު ނުކުރަނީތަ؟] ނަދުހާ ހުއްޓުނެވެ.
[މާބޮޑަށް ހައިވެއްޖޭ. ކައިގެންވެސް ހެދުން ބަދަލުކުރެވިދާނެއެއްނު.] ނަވާލް ބުންޏެވެ.
[ޝިޒްނާއާއި ދަރިފުޅު ރަނގަޅުތަ؟ ޝިޒޫ ގޮތަށް ދަރިފުޅު ދޮންތަ؟] އެންމެ ފުރަތަމަ އަހަންވާ ވާހަކަ ނަދުހާ ހަނދާނަށް އައީ މާފަހުންނެވެ.
[ދޮންހޭ! އެއީ ހަމަ ކުޑަކުޑަ ޝިޒޫއެއް. އެއްވެސް ތަފާތެއްނެތް. އަފްޒަލްގެ އެއްވެސް ސިފައެއް ލިބިފައިވާހެނެއް ހިއެއްނުވޭ. އެކަމަކު އަހަންނަށް ހީވަނީ ނަދޫގެ ބަނޑުގައިތިވާ ދަރިފުޅު އަހަންނާ ވަރަށް ވައްތަރުވާނެހެން. އެކަމަކު ބުނަން، ފިރިހެން ކުއްޖަކުވިއްޔާ އަހަންނަށް ރަނގަޅީ ނަދޫއާ ވައްތަރިއްޔާ.] ނަދުހާ މޭޒުމަތީގައި ތަށިތައް އަތުރަން ފެށިއެވެ.
[ދެން ކޮންއިރަކުންތަ ހޮސްޕިޓަލަށް އަހަރެން ގޮވައިގެން ދާނީ.] ނަދުހާވެސް އަފްޒަލްގެ ދަރިފުޅު ދެކެލަންދާން ބޭނުންވިއެވެ.
[ހަވީރު ގަޑިއެއްގަދާނީ. ނަދޫ ރަނގަޅު ހަދިޔާއެއްވެސް ތައްޔާރުކޮށްލާތި.] ނަވާލް ކާން ފަށަމުން ބުންޏެވެ.
[ދެމީހުން އެކުގައިގޮސް ގަނެލާނީ. ނަދޫދޭ ނަލަހެދިލައިގެން ތައްޔާރުވާން.] ނަވާލް ބުންޏެވެ. ނަދުހާ މޭޒުމަތީގައި ފެންތަށި ބެހެއްޓުމަށްފަހު ކާގެއިން ނުކުތެވެ.
ހަވީރު ފިންޏާއެކު ޒިލާއާއި އޭނާގެ މަންމަ ބާޒާރަށް ނުކުތެވެ. ދަރިފުޅަށް ބޭނުންވާނޭ ސާމާނު ގަތުމަށެވެ.
[މަދަރ ކެއަރ]ގެ ހުރިހާ ވައްތަރެއް ހަމަކޮށްލާނީ.] ހަމައެކަނި [މަދަރކެއަރ] ސާމާނު ވިއްކަން ޚާއްޞަ ކޮށްގެން ހުޅުވާފައި ހުންނަ ފިހާރައަކަށް ވަންނަމުން ޒިލާ މަންމައާ މުޚާޠަބު ކުރިއެވެ.
[މާގަދައަށް އިޝްތިހާރު ކުރާތީތަ؟ އެކަމަކު ބުނަން ދަރިފުޅަށް މީރުވަސް ދުވާނީ ޖޯންސަންގެ ވައްތަރުތަކުގައި.] މަންމަ [މަދަރކެއަރ] ކަމުނުދާނެ ކަމަށް ބުންޏެވެ. ނަމަވެސް އެއީ މައްސަލައެއް ކަމަށް ޒިލާ ނުދެކެއެވެ.
[ވަހެއްނެތަސް ފައިދާހުރި މާއްދާތައް އޭގައި ގިނަވާނެ.] ޒިލާ ފިހާރަތެރެއަށް ވަނެވެ. ހަމައެއާއެކު ޒިލާ ހުއްޓުނެވެ. ފަހަތުގައި ހުރި މަންމައަށް އެމަންޒަރު ފެނުމުން ވީގޮތް އެނގޭތީ، އޭނާ ޒިލާގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެގެންގޮސް ފިހާރަތެރޭހުރި ހަރުގަނޑަކާ ނިވާވެލިއެވެ.
ކައުންޓަރު ކައިރީ ތިބީ ނަވާލްގެ ދެމަފިރިންނެވެ. ނަދުހާގެ އަތުގައި ވަރަށްބޮޑު ކޮތަޅެއް އޮތެވެ. ކޮތަޅު ބަރުކަމުން އޭނާ ހިފަހައްޓައިގެން ހުރީވެސް ދެއަތުންނެވެ. އޭރު ނަވާލް އެއަށް ފައިސާ ދައްކަނީއެވެ. ނަވާލަށް ޒިލާއާއި އޭނާގެ މަންމަ ފެނުނީ ފައިސާ ދައްކާފައި ދާން އެނބުރުނު ވަގުތެވެ. އެހެންކަމުން، ނަވާލް އަނެއްކާވެސް ސޭޓާ ދިމާއަށް އެނބުރުނެވެ. ސޭޓް ގާތު ކޮންމެވެސް ވާހަކަތަކެއް ދައްކާފައި، އޭނާ އެފިހާރައިން ނުކުތީ ޒިލާ ނުފެންނަ ކަމަށް ހަދާފައެވެ. ނަދުހާވެސް ޒިލާއަށް ފެނުނެވެ.
[އެފިހާރަ ސޭޓް އެއީ ނަވާލް ދަންނަ މީހެއްތަ؟] ކާރަށް (ޓެކްސީއަށް) އަރަމުން ނަދުހާ އެއްސެވެ.
[އާނ އެއީ އަހަރެންގެ ކްލާސްމޭޓެއް. އަހަރެން ބުނިން، ޒިލާއަށް ބޭނުންވާނެ ހުރިހާ ސާމާނެއްދޭށޭ. އެނބުރި އަންނައިރު ފައިސާ ދައްކާނަމޭ.] ނަވާލް ބުންޏެވެ؟
[ޖީބުގަ އެވަރަށް އެބަހުރިތަ؟] ނަވާލް އެއްސެވެ.
[ނަޤުދު ފައިސާ ނެތަސް ކާޑު އޮތީމަވާނެއެއްނު. އަދި ދާންވާތަންވެސް ބުނެނުދެވޭދޯ؟ ހޮސްޕިޓަލަށް.] ޑްރައިވަރު ކާރު ދުއްވާލިއެވެ. ނަދުހާއާއި ނަވާލް އެކުގައި ތިއްބާ ފެނުމުން، ޒިލާއަށް ވަރަށް އަސަރު ކުރިއެވެ. ވަގުތުން މީހާ މޮޅިވިއެވެ.
[މަންމައަށް އެނގޭ، އެފެނުނު މަންޒަރުގެ ސަބަބުން ދަރިފުޅު ނިކަން ދެރަވާނެކަން.] މަންމަ ޒިލާގެ އަތުގައި ހިފައިގެން ބޭބީ ސާމާނުހުރި ހަރުގަނޑާ ދިމާއަށް ހިނގައިގެންފިއެވެ.
[ހިނގާ ދާން...މަންމާ....މިއަދު އަހަރެންގެ ހުރިހާ ޝައުޤެއް ގެއްލިއްޖެ.] ޒިލާ ބޭނުންވީ ގެއަށްދާށެވެ. އޭނާގެ މޫޑު ސަކަރާތްވީމައެވެ.
[ކޮބާ ދަރިފުޅަށް ބޭނުންވާނެ ހުރިހާ އެއްޗެއް ނަގަންވީނު. ނަވާލް ބުނެފައި އެދިޔައީ ޒިލާ ބޭނުން ހުރިހާ އެއްޗެއް ދޫކުރާށޭ.....] ޒިލާ ދާން އުޅޭހެން ހީވުމުން، ސޭޓް ޒަހީން ޒިލާގެ ގާތަށް ހުއްޓި ބުންޏެވެ.
[މިހާރަކު ނުވާނެ. މޫޑެއްނެތް މިހާރަކު. މިވަގުތު ދަނީ.] ޒިލާއާއި އޭނާގެ މަންމަ ފިހާރައިން ނުކުތެވެ. ގެއަށްދާށެވެ. އެދުވަހު ހޮސްޕިޓަލުން ގެއަށްދިޔަ މަގުމަތީގައި ނަވާލް އެފިހާރައަށް ވަނެވެ. ޒިލާ ނެގި އެއްޗިއްސަށް ފައިސާ ދައްކާނަމޭހިތައެވެ.
[މޫޑެއްނެތޯ ބުނެފައި ހިނގައްޖެ. ނަވާލާއި ނަދުހާ ނުކުތުމުން، އެއްޗެއް ބަލާކަށްވެސް މަޑެއްނުކުރޭ....] ޒަހީން ކިޔާދިނެވެ.
[އެހެންތަ؟....] ނަވާލް ބޯކަހާލިއެވެ. އޭރުވެސް ނަދުހާ ހުރީ މުޅިން އެހެން ޚިޔާލެއްގައެވެ.
[ރުޅި ތަންކޮޅެއް ގަދަޔަސް، އެމަންޖެ ނަވާލްދެކެ ވަރަށް ލޯބިވޭ. އޭގެ ހެއްކެއް މިއަދު އަހަންނަށް އެފެނުނީވެސް. ޙައްޤު ތެދެއް މިބުނީ މިތަނުން ނިކުތްއިރު ދެލޯވެސް ހުރީ ފެންކަޅިވެފައި.] ޒަހީން ބުންޏެވެ. އޭރުވެސް ނަދުހާ ހުރީ ދުވާރުމައްޗަށް ބަލަހައްޓައިގެން ގަނޑުވެފައި ކަހަލަ ގޮތަކަށެވެ. އެހެން މީހުންނަށް ނުފެނުނަސް ދުވާރުމަތީގައި ހުއްޓި އެހުރީ މުނާޒެވެ. ނަދުހާއަށް ބަލަހައްޓައިގެން ހިނިއައިސްފައެވެ. އޭނާ ނަދުހާޔާ ކޮންމެވެސް ވާހަކަތަކެއް ދައްކަނީއެވެ. އޭނާ ނަދުހާއަށް ކަމެއް ހަނދާންކޮށްލަދެނީއެވެ.
[ނަދޫ....ދެންވެސް މާލަސްނުކޮށް ދަރިފުޅު ބައިގެންދިޔަ ވާހަކަ ނަވާލް ގާތު ބުނޭ. އެހެންނޫނީ ވަގުތު ފާއިތުވެދާނެ.] މުނާޒްގެ އަޑުއިވެނީ ހަމައެކަނި ނަދުހާއަށެވެ. އޭރުވެސް ނަވާލް ހުރީ ޒަހީނުގެ ވާހަކައިގައެވެ. ނަދުހާ ވިސްނާލިއެވެ. ކުއްލިއަކަށް އެހެން ބުނެގެން ނަވާލް ޤަބޫލުކުރާނެބާއޭ ހިތަށްއެރިއެވެ. ބުނަންވާގޮތް ރާވާލަދިނީވެސް މުނާޒެވެ. އެހެންކަމުން، އެރޭ ގެއަށް އައިސް މުނާޒް ބުނިގޮތަށް ޢަމަލުކުރުމަށް ނަދުހާ ވިސްނިއެވެ.

ކިޔުންތެރިންގެ ހިޔާލު