ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަމުން ދުރުހެލިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބާގައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރަމުންދާއިރު، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެ މަގު ފަހިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ.
އަދި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކޮންމެ ރައްޔިތަކަށްވެސް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށްކުރާ މަސައްކަތުގައި މި ސަރުކާރު ދެމިއޮންނާނެކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ ސިއްހަތަށް ފައިދާކުރާ ކާނާ ކެއުމަށާއި ހަރަކާތްތެރިވުމަށާއި ނަފްސާނީ ގޮތުން ދުޅަހެޔޮވުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަންކަމުން ދުރުހެލިވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މި ސަރުކާރުގެ އަމާޒަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެވޭ ނިޒާމެއް ގާއިމުކުރުމެވެ. މިކަން ހާސިލް ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

As we mark #WorldHealthDay, I reaffirm the government's steadfast commitment to working together with all stakeholders to strengthen our health system to foster a community where every citizen can experience a healthy beginning, paving the way for a more resilient future.… pic.twitter.com/k6pADqNph9
— Dr Mohamed Muizzu (@MMuizzu) April 7, 2025
މި ސަރުކާރުގެ އަމާޒަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެވޭ ނިޒާމެއް ގާއިމުކުރުމެވެ. މިކަން ހާސިލް ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު