ސައުދީ ސަރުޖާރާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ މަތްރެކް ބިން ޢަބްދުﷲ އަލް-އަޖާލީން އަލްދޮސާރީ، ރައީސްގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައި ވާހަކަަފުޅު ދައްކަވަމުންނެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅާގެ ސަފީރުކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ރައީސް ފާހަގަކުރެއްވި ކަމަށެވެ. އަދި ސަފީރުގެ ދައުރުގައި ދެއްވި އެއްބާރުލެއްވުމަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ދައުރުގައި ދެގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވަމުން، ރައީސް ސަފީރަށް ހެޔޮ އެދުން އަރިސްކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަޢޫދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިދިޔަ މެއި މަހު އެމަނިކުފާނު ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީއަށް ކުރެއްވި ދަތުރުފުޅުގައި، އެގައުމުގެ ސަރުކާރުން ދެންނެވި ހޫނު މަރުޙަބާއާއި، އަދާކުރެއްވި މެހެމާންދާރީވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް އާއި ސަޢޫދީގެ ސަފީރު ދެއްވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު