އެމެރިކާގެ ރައީސް ޑޮނަލް ޓްރަންޕްގެ ނޫސްކޮންފަރެންސެއްގައި ނޫސްވެރިއެއްގެ މޫނު މަތިން މާސް ނަގަން އަންގަވައިފިއެވެ.

ހޯމަދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރޮއިޓާސް ގެ ނޫސްވެރިއާ ޖެފް މޭސަން ސުވާލު ކުރަން ފެށުމުން މާސްކް ނެގުމަށް ރައީސް ޓްރަމްޕް ވަނީ އަންގަވާފައެވެ. ނަމަވެސް މާސްކް ނެގުމުގެ ބަދަލު ގައި ނޫސްވެރިޔާ ބުނީ ޓްރަމްޕަށް ރަނގަޅަށް އަޑު ސާފު ނުވާ ކަމަށް ވަންޏާ އޭނާ ސުވާލު ބާރަށް ކުރައްވައިގެން ވެސް މާސްކް ނަގަން ބޭނުން ނުވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުުމުގައި ޖެފް މޭސަންގެ ފުރަތަމަ ސުވާލަށް ފަހު ޑޮޏަލްޑް ޓްރަމްޕް ވަނީ ދެމީހުންގެ ދެމެދުގައި ހުރި ދުރުމިނަށް އިޝާރާތްކުރައްވައިމޭސަން އަޅައިގެން އިން މާސްކް ނެގުމަށް އަންގަވާފައެވެ.

ސީއެންއެން ގައި ރިޕޯޓް ކޮށްފައިވާގޮތުން ނޫސްވެރިއާ ގާތުގައި މާސްކް ނެގުމަށް ޑޮނަލްޑް ޓްރަމްޕް އެންގެވުމުން އެކަމާ ދެކޮޅުހަދައި މާސްކް ނެގުމުގެ ބަދަލުގައި ބާރަށް ސުވާލު ތަކުރާރު ކުރުމުގެ ފުރުސަތަކަށް ރެއުޓަރސް ގެ ރިޕޯޓަރ އެދިފައިވެއެވެ. ރިޕޯޓަރ ލައްވާ މާސްކް ނަގުވަން ވެގެން ޓްރަމްޕް ކުރެއްވި މަސައްކަތުގައި މާސްކް ނެގުމަށް އޭނާއަށް ނަސޭހަތް ދިނުމުގެ ގޮތުން މާސްކް ނެގުމުން މާފަސޭހަވާނެ ކަަމަށް ޓްރަމްޕްވެސް ވިދާޅުވެފައި ވެއެވެ.

ރޮއިޓާސްގެ ނޫސްވެރިއާ ސުވާލު ކުރިއަށް ގެންދިޔައީ ޓްރަންޕް ވިދާޅުވި ނަމަވެސް މާސްކް ނުނަގައެވެ.

ނަމަވެސް ޓްރަމްޕް އެދިވަޑައިގެންނެވިގޮތަށް މާސްކް ނަގައިގެން ސުވާލުކުރި ރިޕޯޓަރުގެ އަޑު އެހެން ރިޕޯޓަރުންގެ އަޑަށް ވުރެ ބާރުވެފައި ސާފު ކަމަށްވެސް ޓްރަމްޕް ފާހަަގަ ކުރައްވައިފައިވެއެވެ. މިއީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޕޯޓަރެއްގެ ފަރާތުން މާސްކް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންނެވި ފުރަތަމަ ފަހަރުނޫންކަމަށްވެސް ސީއެންއެންގައި ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން