ޗިއާ ފެނަކީ ބަރުދަން ލުއިކުރަން މަސައްކަތް ކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ބުއިމެކެވެ. މިއަށް ތައުރީފުކޮށް ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައިވެސް ވީޑިއޯތައް ހިއްސާ ކުރެއެވެ. މިހާރު ބަނޑު ހިންދަން މަސައްކަތް ކުރާ މީހުންހެ މެދުގައި ޗިއާ ފެން ބުއިން ވަނީ "ޓްރެންޑް" އަކަށްވެފައެވެ. ޗިއާ ފެނުން ބަނޑު ހިނދޭ ކަމަށް ގިނަ މީހުން ބުނަމުންދިޔަނަމަވެސް، މިކަން މިހެންވާ ސަބަބެއް ގިނަ މީހުންނަކަށް ނޭނގެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ޗިއާ ފެން ބުއިމުން ބަނޑު ހިނދޭ ބައެއް ސަބަބުތަކެެވެ.
ގިނަ އަދަދަކަށް ފައިބާ ހިމެނުން
ޗިއާ އޮށްތަކަކީ އޭގައި ގިނަ އަދަދަކަށް ފައިބާ ހިމެނޭ އެއްޗެކެވެ. އެހެންވެ މި ބޭނުން ކުރުމުން އަވަހަށް ބަނޑު ފުރުމުގެ އިހުސާސް ކުރެވި، ކާއެއްޗެހި ކެވޭ ވަރު މަދުވެއެވެ. އަދި ހަމަ އެހެންމެ ކާއެއްޗެހި ރަނގަަޅަށް ހަޖަމު ކުރެވި، ހަޖަމުގެ މައްސަލަތަކުންވެސް މީހާ ރައްކާތެރިވެއެވެ. އަދި އޭގެ ސަބަބުން ބަނޑު ހިނދި، ބަރުދަން ލުއިވެއެވެ.
ލޭގައި ހަކުރު ހުންނަ ވަރު ދައްކޮށްދިނުން
ޗިއާ ބޭނުން ކުރުމުން ހަށިގަނޑުގައި އިންސިއުލިން ހުންނަ ވަރު މަތިވުން ހުއްޓުވައިދެއެވެ. އަދި އޭގެ ސަބަބުން ލޭގައި ހަކުރު ހުންނަ ވަރުވެސް މަދުވެއެވެ. މީގެ އިތުރުން ހަށިގަނޑުގައި އިންސިއުލިން ހުންނަ ވަރު މަދުވުމުގެ ސަބަބުން ފަސޭހަކަމާއެކު ސަރުބީ ވިރެއެވެ. މި ސަބަބުތަކާހުރެ ޗިއާ ފެން ބުއިމުން ފަސޭހަކަމާއެކު ބަނޑު ހިނދި ބަރުދަން ލުއިވެއެވެ.
އިންފްލެމޭޝަން ދައްވުން
ޗިއާ އަކީ އޭގައި ގިނަ އަދަދަކަށް އޮމެގާ 3 ފެޓީ އެސިޑުތަކާއި، އެންޓިއޮކްސިޑެންޓުތައް ހިމެނޭ އެއްޗެކެވެ. އެހެންވެ މި ބޭނުން ކުރުމުން ހަށިގަނޑު އިންފްލެމޭޓުވުން ހުއްޓުވައިދެއެވެ. އަދި އޭގެ ސަބަބުން ބަނޑުގައި ސަރުބީ ޖެހުން ހުއްޓުވައިދީ، ބަރުދަން ވެސް ލުއިވެއެވެ.

ކިޔުންތެރިންގެ ހިޔާލު