އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ބޮޑު ކުރި ޓެރިފްތަކާ ގުޅިގެން އެގައުމުގެ ފަސް ވިޔަފާރަވެރިއަކު އެކަމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

ޓްރަމްޕްގެ ސަރުކާރުން ބޭރު ގައުމުތަކުގެ މުދަލަށް ކަނޑައަޅާފައިވާ ޓެރިފްތައް ހުއްޓުވުމަށް އެދި ހުޅައަޅާފައި ވަނީ އެގައުމުގެ ލީގަލް އެޑްވޮކަސީ ގްރޫޕެއް ކަމަށްވާ ލިބަޓީ ޖަސްޓިސް ސެންޓަރުން އެމެރިކާގެ އިންޓަނޭޝަނަލް ޓްރޭޑް ކޯޓަށެވެ.

އެ ގްރޫޕުން މި މައްސަލަ ހުށަހަޅާފައިވަނީ ޓެރިފް ކަނޑައަޅާފައިވާ ގައުމުތަކުން މުދާ އިމްޕޯޓްކުރާ އެމެރިކާގެ މަޝްހޫރު ފަސް ވިޔަފާރިއެއްގެ ފަރާތުންނެވެ. އެގޮތުން މި މައްސަލައިގައި ބުނެފައިވާ ގޮތުގައި ރައީސް ޓްރަމްޕް ވަނީ އޭނާގެ ބާރުތައް ބޭނުންކުރުމުގައި ހުދޫދު ފަހަނައަޅާ ފައެވެ.

މިއީ ރައީސް ޓްރަމްޕް ސަރުކާރުގެ ވިޔަފާރީގެ ސިޔާސަތުތަކާ ދެކޮޅަށް ހުށަހެޅިފައިވާ މިފަދަ އެންމެ ފަހުގެ މައްސަލައެވެ. ޓްރަމްޕް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ މުދަލަށް އިތުރު ޓެރިފް ކަނޑައަޅާފައެވެ. އެކަމާ ބޭރު ގައުމުތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން ބައެއް ގައުމުތަކުން ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުންވެސް ޓެރިސް ބޮޑުކުރަން ނިންމާފައެވެ.

ޓްރަމްޕުގެ މި ނިންމުމަކީ އެމެރިކާގެ ވިޔަފާރީގެ ދާއިރާއަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ނިންމުމަކަށް ވެގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ދަނީ ބުނަމުންނެވެ. އަދި މި ނިންމުމުން ރައީސް ޓްރަމްޕުގެ ވިޔަފާރީގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށްވެސް މިހާރު ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން