ޓިކްޓޮކް ވަފުދުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން..
ޓިކްޓޮކް ވަފުދުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން..
ރާއްޖޭގައި ވެސް އެންމެ ގިނަބަޔަކު މިހާރު ބޭނުންކުރަމުންދާ މީސްމީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގެ މެނޭޖުމަންޓްގެ ފަރާތުން ރާއްޖެއަށް ކުރަމުންދާ ދަތުރުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާ މިއަދު ބައްދަލުކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު އެކްސްގައި ބުނީ، ޓިކްޓޮކްގެ ވަފުދު މިއަދުވަނީ ސީޕީ ޢަލީ ޝުޖާޢުއާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ކިނާނަތުއާ ބައްދަލު ކުރައްވާފައިކަމަށެވެ.

ހޯމް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ޓިކްޓޮކް ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ޕްލެޓްފޯމްގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް އެކަމަށް ކުރެވެން ހުރި މަސައްކަތްތަކާމެދު މަޝްވަރާކުރުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

ޓިކްޓޮކްގެ ވަފުދުން އިއްޔެ ވަނީ އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި، ދިވެހީންނަށް ޓިކްޓޮކުން އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކުރަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގައި މިހާރުވެސް ގިނަ ބަޔަކު ޓިކްޓޮކް ލައިވްތަކުން ލިބޭ ޕޮއިންޓް އަދި ގިފްޓް ބޭނުންކޮށްގެން ފައިސާ ހޯދައެވެ. ނަމަވެސް، ފައިސާ ރާއްޖެ ގެނައުމުގެ ކަންކަން ކުރަނީ ކޮންމެވެސް ކައިރި ގައުމެއްގެ އެޖެންޓެއް މެދުވެރިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން