ސްރީލަންކާ ޕޮލިސްގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގާ ހާއްސަ ތަމްރީނު ޕްރޮގްރާމެއްގައި 13 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ފުލުހުން އަލުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔުމަކީ، ފުލުހުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ، އެސްޓީއެފުން ހިންގާ އަށް ހަފުތާގެ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސްރީލަންކާއަށް ފުރުމަށް ހަމަޖެހިފައިވާ އޮފިސަރުންނާ ބައްދަލުކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަނެވެ. މީގެއިތުރުން، މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން މި ތަމްރީނަށް ހޮވިފައިވާ 36 ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.

ލަންކާގެ ސްވޮޓް ތަމްރީނުގައި ބައިވެރިވާ ފުލުހުންނާ ސީޕީ ބައްދަލުކުރެއްވުން، ފޮޓޯ: ފުލުހުން
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ދިވެހި ފުލުހުންނަށް މި ފަދަ އަގުހުރި ފުރުސަތެއް ފަހިކޮށްދެއްވައި، ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ސްރީލަންކާ ސަރުކާރަށާއި، އެ ގައުމުގެ ޕޮލިސް އަދި އެސްޓީއެފަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ހާއްސަކޮށް، މި ތަމްރީނު ޕްރޮގްރާމް ހަމަޖެއްސުމުގައި ސްރީލަންކާގެ ސަފީރު މުޙައްމަދު ރިޒްވީ ޙަސަން ކޮށްދެއްވި ބުރަ މަސައްކަތްޕުޅާއި ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި އެމަނިކުފާނަށް ސީޕީ ހާއްސަ ޝުކުރެއް ރައްދުކުރެއްވިއެވެ.
ތަމްރީނުގައި ބައިވެރިވާ އޮފިސަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮމިޝަނަރ ވަނީ، މުޅި ތަމްރީނުގެ މުއްދަތުގައި ސާބިތުކަމާއެކު ފުރިހަމަ ޑިސިޕްލިން އަދި ޕްރޮފެޝަނަލިޒަމް ދެއްކުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މުދައްރިބުން ދެއްވާ އެންމެހައި އިރުޝާދުތައް ކަނުލައި އަޑުއަހައިގެން ފުރިހަމަ ގޮތުގައި ކަންކަން އުނގެނުމަށާއި، އެކަކު އަނެކަކަށް އެހީތެރިވެ އެއްބައިވަންތަކަމާއެކު ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ދިވެހި ފުލުހުންގެ އަގު ހިފެހެއްޓޭނެ ފަދަ ސުލޫކީ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ސްރީލަންކާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނަކީ، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމާއި، ހާއްސަކޮށް ދެ ގައުމުގެ ފުލުހުންގެ މެދުގައި އޮތް ގުޅުމާއި ތަމްރީނުގެ ދާއިރާއިން ދެމުންގެންދާ އެއްބާރުލުން އިތުރަށް ބަދަހިވެ، ހަރުދަނާވެގެންދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު