އަޔުޝްމާން ޝަރުވަރީއާއެކު 'ޔޭ ޕްރޭމް މޯލް ލިއާ' ގެ މަންޒަރެއްގެތެރެއިން
އަޔުޝްމާން ޝަރުވަރީއާއެކު 'ޔޭ ޕްރޭމް މޯލް ލިއާ' ގެ މަންޒަރެއްގެތެރެއިން
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާޔުޝްމަން ކުރާނާ ވަނީ އޭނާގެ ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން 'މޭނޭ ޕިޔާރު ކިޔާ' ފިލްމާ ގުޅޭ ޝައުގުވެރި ވާހަކަތަކެއް ހިއްސާކޮށްފައެވެ. އޭނާ ބުނި ގޮތުގައި، އޭނާގެ އުމުރުން އެންމެ ތިން ހަތަރު އަހަރުން ފެށިގެން އެ ފިލްމަކީ އޭނާގެ ދިރިއުޅުމުގެ ބައެކެވެ.

އާޔުޝްމަން ކިޔައިދިން ގޮތުގައި، މި ފިލްމު ތަކުރާރުކޮށް ބެލުމުގެ ފުރުސަތު ލިބުނީ އޭނާގެ ބޮޑުބޭބެގެ ކައިވެންޏާ ގުޅިގެންނެވެ. އެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ބޮޑުބޭބެއަށް ޓީވީއަކާއި، ވީސީއާރަކާއި އަދި އެ ފިލްމުގެ ކެސެޓެއް ލިބުނެވެ. އޭރު ގޭގައި މި ފިލްމު ގަވާއިދުން ބަލަމުން ގޮސް، ޖުމްލަ 100 އެއްހާ ފަހަރު އެ ފިލްމު ބެލިފައިވާނެ ކަމަށް އޭނާ ބުންޏެވެ.



މައިނޭ ޕިޔާރު ކިޔާ އަދި ޔޭ ޕްރޭމް މޯލިޔާ ގެ ޕޯސްޓަރު


މީގެ އިތުރުން 1994 ވަނަ އަހަރު ނުކުތް 'ހަމް އާޕްކޭ ހޭން ކޯން' އާ ގުޅޭގޮތުން ވާހަކަދައްކަމުން އާޔުޝްމަން ބުނީ، އެ ފިލްމު ބެލިއިރު އޭނާގެ އުމުރުން ނުވަ އަހަރު ކަމަށްވާތީ، އެ ތަޖުރިބާ މާ ސާފުކޮށް ހަނދާނުގައި ހުރި ކަމަށެވެ.

މި ހަނދާންތައް އާޔުޝްމަން އާކުރީ، އެ ފިލްމުތައް އުފެއްދި ޑައިރެކްޓަރު ސޫރަޖް ބަރްޖާތިއާގެ އާ ފިލްމު 'ޔޭ ޕްރޭމް މޯލް ލިއާ' ގެ މަސައްކަތް އޭނާއާއެކު މިހާރު ކުރަމުންދާތީއެވެ. މި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ސިނަމާތަކަށް ނެރުމަށް މަސައްކަތް ކުރަމުން އަންނަ އެ ފިލްމުގައި އާޔުޝްމަންއާއެކު މައިގަނޑު ރޯލުން ފެނިގެންދާނީ ޝަރުވަރީއެވެ. އެހެންނަމަވެސް، މި ފިލްމުގެ އިތުރު ތަފްސީލެއް އާޔުޝްމަން ހާމަކޮށްފައެއް ނުވެއެވެ.

'ޔޭ ޕްރޭމް މޯލް ލިއާ' ގެ ޓްރޭލާ ތިރީގައި މިވަނީ އެވެ.





ކިޔުންތެރިންގެ ހިޔާލު