ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރު)
ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރު)
ކުޅުދުއްފުށީ ސިޓީގެ މޫދަށް މަސްހިފަން ފޭބި އެސީޓީގެ މީހަކަށް މިޔަރެއް ހަމަލާދީފިއެވެ.

މިއަދު ހެނދުނު ހިނގި މިހާދިސާގައި ޒަހަމުވެފައިވަނީ 30 އަހަރުގެ ކުޅުދުއްފުށީ މީހެކެވެ. މިޔަރުގެ މި ހަމަލާއާ ގުޅިގެން އެމީހާގެ ކަނާތު ކޮނޑާއި އަތް ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު ކޮނޑުހުޅުންވެސް ވަނީ ނެއްޓިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަހަމުވި ޒުވާނާގެ ހާލު މިހާރު ސްޓޭބަލް އެވެ. އެގޮތުން އޭނާގެ އަތަށް ލިބިފައިވާ ޒަޚަމުގެ ލޭމަނާކޮށް ކޮނޑުހުޅުވެސް ވަނީ އަޅުވާފައެވެ.

ޒަޚަމްވި މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާއިރު އޭނާ މާލެ ފޮނުވާލަނީ ޕްލާސްޓިކް ސާޖަރީއަކަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާދައިގެ މިޔަރެއްކަމަށްވާ "ބްލެކް ޓިޕް" އެމީހާއަށް ޙަމަލާ ދީފައިވަނީ މަސް ހިފަން ފޭބިތަނުންނެވެ. އަދި މިޔަރު އެރިގޮތަށް އަރާ މީހާ ގައިގައި ހިފުމަށްފަހު މަސައްކަތްކުރީ މިހާ ގޮވައިގެން އަޑިއަށް ދިޔުމަށް ކަމަށްވެއެވެ.

ކުޅުދުއްފުށީ ސިޓީ މޫދުގައި މިއަދު މީހަކަށް މިޔަރެއް ހަމަލާދީފައިވާއިރު މިޔަރުގެ އުނގަދޫ ބޮޑުވެ މިޔަރު ހިފުމަށް ހުއްދަދިނުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން