ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ސްޕެއިންގެ ފިރިހެން ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ، އޭނާގެ ދެ ފައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި މިޔަރު ހަމަލާދިނުމުގެ ސަބަބުން އެ ފަތުރުވެރިޔާގެ ދެ ފައި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެ، ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
ހާދިސާ ހިނގުމާއެކު އޭނާ ވަނީ ވަގުތުން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފުރަތަމަ ފަރުވާ ދިނުމަށްފަހު، އޭނާގެ ހާލަތު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައެވެ. ނަމަވެސް، އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ މާލޭގެ ކޮން ހޮސްޕިޓަލެއްގައި ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ފަތުރުވެރިޔާގެ ހާލަތު ކަމާބެހޭ ފަރާތްތަކުން ދަނީ ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި މި ހާދިސާގެ މައުލޫމާތު މިހާރު ވަނީ އޭނާގެ އާއިލާއަށްވެސް ހިއްސާކޮށްފައެވެ.
ކޫއްޑޫ ކައިރީގައި އޮންނަ ކަނޑުގެ ސަރަހައްދަކީ ގިނަ އަދަދަކަށް ފަތުރުވެރިން ޑައިވްކުރުމަށާއި، ސްނޯކްލިންގއަށް ގޮސް އުޅޭ މަޝްހޫރު ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު