ހުޅުމާލެ ކައިރީގައި މާދަމާއިން ފެށިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ މި ތަމްރީނުތައް ކުރިއަށްދާނީ މާދަމާ އިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އަދި މި ތަމްރީނުތައް ކުރިއަށްދާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 5:30 އަށް ކަމަށް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ތަމްރީނުތައް ކުރިއަށް ދާނީ ހުޅުމާލޭގެ އިރުން ހަތް ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ.
މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން ހަތް ނޯޓިކަލް މޭލު ބޭރުން 5،000 މީޓަރުގެ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނީ 300 މީޓަރުގެ އުސްމިނަކަށް ކަމަށް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު