ރައީސް ސިފައިންގެ ދުވަހުގެ ހިނގާލުން ޝަރަފްވެރިކޮށްދިނުން، ފޮޓޯ: ރައީސް އޮފީސް
ރައީސް ސިފައިންގެ ދުވަހުގެ ހިނގާލުން ޝަރަފްވެރިކޮށްދިނުން، ފޮޓޯ: ރައީސް އޮފީސް
ގައުމީ ދިފާއީ ބާރަށް 133 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހިނގާލުން ދިވެހި އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފްވެރި ކޮށްދެއްވައިފިއެވެ.

މި ހިނގާލުމުގައި ކަނޑާއި، އެއްގަމާއި އަދި ވައިގެ އެކި ބަހާތަަކަށް ނިސްބަތްވާ ސިފައިންނާއި އަސްކަރީ ސިފައިން ވަނީ ބައިވެރިވެފައެވެ. އަދި ދިވެހި އަސްކަރިއްޔާގައި ގެންގުޅޭ އުޅަނދުތައްވެސް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި އަސްކަރިއްޔާއަށް އަލަށް ގެނެވުނު އާމާރޑް ވެހިކަލްތައް ހިމެނެއެވެ.

މިއަދު ހަވީރު ބޭއްވި ޝަރަފުގެ ހިނގާލުން ފަށާފައިވަނީ ބަންޑާރަކޮށިންނެވެ. މި ހިނގާލުމުގައި ސިފައިންގެ ލަޝްކަރު މާލޭގެ ފަސް ސަރަޙައްދަކަށް މަޑުކޮށް، އެކި ހުށަހެޅުންތައް ހުށަހަޅައި ދީފައިވެއެވެ.

މި ހިނގާލުން ރައީސް އޮފީސް ކުރިމަތިން ފަށާފައިވާއިރު، ނިންމާލާނީ ކަޅުތުއްކަލާކޮށްޓަށެވެ.

ޝަރަފުގެ ހިނގާލުން ބައްލަވާލެއްވުމަށް ރައީސް އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ދިފާއީ ވަޒީރު ޣައްސާން މައުމޫނާއި ސަރުކާރުގެ ވަޒީރުންނާއި، އިއްޒަތްތެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން މި ހިނގާލުން ބަލާލުމަށް ކުޑަކުދިން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު އެ ހިނގާލުން ކުރިއަށްދިޔަ ސަރަޙައްދުތަކަށް ޖަމާވެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ މި ހިނގާލުމުގެ ބޭނުމަކީ ދިވެހި އަސްކަރިއްޔާގެ މުހިންމުކަން ބުނެދިނުން ކަމަށެވެ. އަދި ގައުމުގެ ދިފާއުގައި އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި އޮންނަ އޮތުން ދައްކުވައިދީ، ރައްޔިތުންނާއި ކުޑަކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އަށަގެންނެވުމަކީވެސް މި ހިގާލުމުގެ މުހިންމު މަގްސަދެއް ކަމުގައި އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

1940ގެ އަހަރުތަކުން ފެށިގެން ސިފައިންގެ އަހަރީ ދުވަހާ ދިމާކޮށް ޝަރަފުގެ ހިނގާލުންތައް މާލޭގައި ބާއްވައެވެ. އަދި މި ހަރަކާތްތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް އަބަދުވެސް ލިބެމުން ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން