މަރްޔަމް ނަހްދާ ވަޙީދު   20 އޭޕްރީލު 2025 - 17:24
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަސްމީ ވަޓްސްއެޕް ޗެނަލަށް ވަނުމަށް އެމަނިކުފާނު ހުރިހާ ރައްޔިތުންނަށް ދައުވަތު ދެއްވައިފިއެވެ.

ރައީސްގެ ވަޓްސްއެޕް ޗެނަލަށް ވަނުމަށް ދައުވަތި ދެއްވާފައި ވަނީ މިއަދު އެމަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓަކުންނެވެ.

އެ ޕޯސްޓުގައި ރައީސް ވިދާޅުވީ މި ޗެނަލަކީ ސަރުކާރާ ގުޅުންހުރި، ކޮންމެ ދުވަހެއްގެ އަދާހަމަތަކާއި، މުހިންމު މައުލޫމާތުތަކާއި މެސެޖުތައް ހިއްސާ ކުރެވޭ ޗެނަލެއް ކަމަށެވެ.



މި ޗެނަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ ލިންކު ބޭނުން ކޮށްގެން ވަދެވޭނެއެވެ.

https://www.whatsapp.com/channel/0029Vb7dgib6mYPPWd4SRM1N

މި ވަޓްސްއެޕް ޗެނަލް އުފައްދާފައިވަނީ މިއަހަރު ފެބްރުއަރީ މަހުއެވެ. މިހާރުވެސް މި ޗެނަލަށް 1200 އަށްވުރެ ގިނަ މީހުން ވަނީ ގުޅިފައެވެ. މި ޗެނަލްގައި ރައީސް ކުރައްވާފައި ހުންނަ ޕޯސްޓުތަކާއި، ރައީސް އޮފީހުން ހިއްސާ ކުރައްވާ އެންމެ ފަހުގެ ޚަބަރުތަކާއި، މިނިސްޓްރީތަކުން ކޮށްފައިވާ ޕޯސްޓުތަކުގެ މައުލޫމާތުވެސް ހިއްސާ ކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން