ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އާއިލާގެ ފަރާތުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ހުށަހަޅުއްވާފައި ނުވާނޭކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ މެޑަމް ސާޖިދާގެ ފަރާތްޕުޅުން ނެރުއްވި ބަޔާނެއްގައެވެ.
މަންދީއާއި އެމްޑީޕީގެ އެކްޓިވިސްޓް މާޒު ސަލީމްގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށް ފުލުހުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއް ހޯދައި އެ ދެ މީހުންނަށް ނޯޓިސް ފޮނުވައިފައެވެ.
ނަމަވެސް އެ ޗިޓް ފަހުން ވަނީ ބާތިލުކޮށްފައެވެ.
އެކަމާ ގުޅިގެން މެޑަމް ސާޖިދާގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ސާޖިދާގެ ފަރާތްޕުޅުން ޖިނާއީ އެއްްވެސް މައްސަލައެއް ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އަދި އެފަދަ ދައުވާތަކެއް އުފުލުމުގެ ނިޔަތެއް ވެސް ނެތް ކަމަށް މެޑަމްގެ ބަޔާނުގައިވެއެވެ.
ބަޔާނުގައި ބުނީ މެޑަމް ސާޖިދާގެ ފަރާތްޕުޅުން އެ ކަމުގައި އުފުލާފައިވަނީ ހަމައެކަނި މަދަނީ ދައުވާތަކެއް ކަމަށެވެ.
އެ މައްސަލަތައް މިހާރުވަނީ ސިވިލް ކޯޓާއި ފެމިލީ ކޯޓަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު