އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބޮޑުކުރި ޓެރިފްތަކާ ގުޅިގެން ބޭރުގެ އޮންލައިން ވިޔަފާރިތަކުގެ އަގު ބޮޑުކުރަން ނިންމައިފިއެވެ.
ދިވެހިންގެ ތެރޭގައިވެސް މަގުބޫލު ޗައިނާގެ މަޝްހޫރު އީ-ކޮމާސް ވިޔަފާރިތަކެއް ކަމަށްވާ ޝެއިން އަދި ޓެމޫއިންވެސް ވަނީ އެ ކުންފުނިތަކުގެ އަގުތައް މައްޗަށް ޖައްސާނެ ކަމަށް އިއުލާނުކޮށްފިއެވެ. އެގޮތުން އެ ކުންފުނިތަކުން ބުނީ އަންނަ ހަފްތާއިން ފެށިގެން މިކަން ތަންފީޒުކުރާނެ ކަމަށެވެ.
ޗައިނާގެ ކުންފުނިތަކުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ޓްރަމްޕް ޗައިނާއިން އިމްޕޯޓްކުރާ މުދަލަށް ކަނޑައަޅާފައިވާ ޓެރިފްތައް އިތުރުކުރަން ނިންމުމާ ގުޅިގެންނެވެ.
ބޭރުގެ މަޝްހޫރު ޕްރެސް އެއް ކަމަށްވާ، އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓުގައި ބުނާ ގޮތުން، މި ދެ ކުންފުނިން ވަނީ ދުނިޔޭގެ ވިޔަފާރީގެ ގަވާއިދުތަކަށް އައި ބަދަލުތަކާއި ޓެރިފްތަކާ ގުޅިގެން އަގުތައް މައްޗަށް ޖައްސަން ޖެހުނު ކަމަށް ބަޔާންކޮށްފައެވެ. މި ބަދަލުތައް އަންނާނީ އޭޕްރިލް 25 އިން ފެށިގެން ކަމަށް ޕްރެސްގައި ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން ޓެމޫ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން އަންނަނީ އަގުތައް ދަށުގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުން ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު