އެޕިސޯޑް 17
...............
[ނަދޫ....ދެންވެސް މާލަސްނުކޮށް ދަރިފުޅު ބައިގެންދިޔަ ވާހަކަ ނަވާލް ގާތު ބުނޭ. އެހެންނޫނީ ވަގުތު ފާއިތުވެދާނެ.] މުނާޒްގެ އަޑުއިވެނީ ހަމައެކަނި ނަދުހާއަށެވެ. އޭރުވެސް ނަވާލް ހުރީ ޒަހީނުގެ ވާހަކައިގައެވެ. ނަދުހާ ވިސްނާލިއެވެ. ކުއްލިއަކަށް އެހެން ބުނެގެން ނަވާލް ޤަބޫލުކުރާނެބާއޭ ހިތަށްއެރިއެވެ. ބުނަންވާގޮތް ރާވާލަދިނީވެސް މުނާޒެވެ. އެހެންކަމުން، އެރޭ ގެއަށް އައިސް މުނާޒް ބުނިގޮތަށް ޢަމަލުކުރުމަށް ނަދުހާ ވިސްނިއެވެ.
[ނަވާލް، ވަރަށް ބޮޑަށް ބަނޑުގައި އެބަ ރިއްސާ. ހީވަނީ މިއަދު މާގަދައަށް ކާރު ދުއްވީމަހެން. ބަނޑުކޮޅަށް ތަދުވަނީވެސް.] ނަދުހާ ބަނޑުކޮޅުގައި އަތް ވިއްދާލިއެވެ.
[އޭނ! ބަނޑުކޮޅަށް ތަދުވަނީއޭ. ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން.] ނަވާލް ހާސްވިއެވެ. އޭރުވެސް ނަދުހާހުރީ ބަނޑަށް ތަދުވެގެން އުޅޭފަދަ އިޙްސާސަކާއެކު ބަނޑުގައި ހިފަހައްޓައިގެންނެވެ.
[ހީވަނީ ނިދާލީމާ ރަނގަޅުވެދާނެހެން. ހޮސްޕިޓަލަށްދާނީ މިރޭ ރަނގަޅު ނުވިއްޔާ....] ނަދުހާ އެނދުގައި އޮށޯވެލިއެވެ. ކުކުރަމުންނެވެ.
[އެކަމަކު ތިވަރަށް ރިއްސަންޏާ ނުގޮސް ކަމުދާނެތަ؟] ނަވާލް އެނދުގެ މަގަތުގައި އިށީނެވެ.
[މިހާރު ކުޑަކޮށް ލުއި އެބަވޭ. މާބާރަށް އެ ޑްރައިވަރު ދުއްވީމާ ވީގޮތެއް ކަމަށްވާނީ. އަޅާނުލާ ރަނގަޅުވެދާނެ.] ނަދުހާ ލޯމަރާލިއެވެ. ނަވާލްވެސް އޮށޯވެލިއެވެ.
[މާބޮޑަށް އުނދަގޫވަންޏާ އަހަންނަށް ނިދިފައި އޮތަސް ގޮވާތި.] ނަވާލް އަތްދިއްކޮށް ނިދާބޮކި ދިއްލިއެވެ. އެކޮޓަރިތެރެއަށް މުނާޒް ފާޅުވީ ނަވާލް ނިދިޖެހުނުތަނާހެންނެވެ. އޭރު ނަދުހާ އޮތީ މުނާޒްގެ އިންތިޒާރުގައެވެ. އޭނާގެ ބޭނުމަކީ މުނާޒްގެ ފުށުން އިތުރު ޚިޔާލު ލިބިގަތުމެވެ. އެހެންކަމުން އޭނާ ފުންމައިގެން ތެދުވެއްޖެއެވެ.
[ނަދޫ ތެދުވެގެން ގޮސް ފާޚާނާއަށް ވަދޭ. މިވަގުތު ނަވާލް ހެއެއްނުލާނެ.] ދޮރުމަތީގައި އެކަނި ނަދުހާއަށް ފެންނަހެންހުރި މުނާޒް ބުންޏެވެ. އެކަނި ނަދުހާއަށް އިވޭވަރަށެވެ. ނަދުހާ ތެދުވެގެންގޮސް ވަދެއްޖެއެވެ.
ނަދުހާއާއި މުނާޒް ފާޚާނާގައިވީ ހިނދުކޮޅެކެވެ. ދެމީހުން އެކުގައި ނުކުތެވެ. ނަދުހާ ނުކުތީ ބާރުބާރަށް ރޮމުންނެވެ. ފާޚާނާއިން ނުކުމެވުމާއެކު، މުނާޒް ގެއްލުނެވެ. ނަދުހާ ރޮމުން ރޮމުން އައިސް ނަވާލްގެ ގައިގަ ކޮށްޓާލިއެވެ. ނަވާލް ފުންމައިގެން ތެދުވިއެވެ.
[ކިހިނެއްވީ؟] ފުންމައިގެން ތެދުވެ ނަދުހާގެ ދެކޮނޑުގައި ހިފަހައްޓާލަމުން އެހިއެވެ. ނަދުހާއަކަށް ޖަވާބެއް ނުދެވުނެވެ. އޭނާއަށް ހަމަ ރޮވެނީއެވެ.
[ނަވާލް.....] ނަދުހާ ގިސްލަމުން އިނގިލި ދިއްކުރީ ފާޚާނާއާ ދިމާލަށެވެ. ނަވާލް ފާޚާނާއާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާ ހީކުރިއެވެ. ނަދުހާއަށް ފާޚާނާތެރެއިން ކުރަތްޕެއް ފެނިގެން އުޅެނީއެވެ. ނަމަވެސް، ވީއެހެންނެއް ނޫނެވެ. ފާޚާނާގެ ދޮރު ހުޅުވުމާއެކު، އޭނާގެ ދެލޯ ބޮޑުވިއެވެ. މުޅިތަނުގައި އޮތީ ހުސްލެއެވެ. އުދުރަކަށް (އިސާހިތަކު) އޭނާއަށް ވީގޮތް ވިސްނިއްޖެއެވެ. އޭރުވެސް ނަދުހާ ރޮނީއެވެ. ނަވާލް އައިގޮތަށްއައިސް ނަދުހާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. މިހާރު އޭނާއަށްވެސް ރޮވެނީއެވެ.
[ދަރިފުޅު ބައިގެންދިޔައީ....އަހަރެންގެ ހުވަފެންތައް ފުނޑުފުނޑުވެއްޖެ....] ނަދުހާ ނަވާލްގެ މޭގެތެރޭގައި ބޮނޑިވެލަމުން ބުންޏެވެ.
[އަހަރެން ވަރަށް ދެރަވެއްޖެ. ކުއްޖަތު އޮތްތަ؟] ކަރުނުން ބަރުވެފައިވާ އަޑަކުން ނަވާލް އެއްސެވެ. [ގަނޑުލޭކޮޅެއް] ނަދުހާ ފިރިމީހާގެ ހަށިގަނޑުގައި ނިކަން ބާރަށް ބައްދައިގަތެވެ.
[އަވަހަށް އަރާމުކުރަން އޮށޯވޭ. އަހަރެން އަންނާނަން ފާޚާނާތެރެ ސާފުކޮށްފައި.] ނަވާލް ނަދުހާގެ ދެކޮނޑުގައި ހިފާ އެނދުމައްޗަށް ތިރިކުރުވިއެވެ. އެއަށްފަހު އޭނާގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އޭއާއެކު އޭނާގެ ދެލޯ ޙައިރާންކަމާއެކު ތަންމިނަށް ހުޅުވި ބިރުވެސްގެންފިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާ ކުރިން ދޮރު ހުޅުވިއިރު ހުރި ލޭގެ އެއްވެސް އަސަރެއް މިހާރު ފާޚާނާތެރެއަކު ނެތެވެ. ހީވަނީ ހިނދުކޮޅެއް ކުރިން މީހަކު ފާޚާނާ ސާފުކޮށްފައި ދިޔައީހެންނެވެ. ނަވާލް ނިކަން އަވަސްއަވަހަށް ފާޚާނާގެ ދޮރު ލެއްޕުމަށްފަހު ނިކަން ބާރަށް އައިސް ނަދުހާގެ ގާތުގައި އިށީނދެ އެވާހަކަ ބުނެފިއެވެ. ނަދުހާވެސް ޙައިރާންވިއެވެ. ނަމަވެސް، އެއީ މުނާޒްގެ ކަމެއްކަން ހަނދާންވުމާއެކު، އޭނާގެ ޙައިރާންކަން ފިލިކަހަލައެވެ. އެެހެންކަމުން، އެކަން ދިފާޢުކޮށް އޭނާ ވާހަކަ ދެއްކިއެވެ.
[މާގަނޑު ދޫވެފައި އޮތީ ކަމަށްވެދާނެ.] ނަދުހާ ބުންޏެވެ. ނަވާލް އަނެއްކާވެސް ގޮސް ފާޚާނާއަށްވަނީ ކަމަށް ވެދާނެއެވެ. ތެދެކެވެ. މާގަނޑު އޮތީ ދޫކޮށްފައެވެ. ނަވާލަށް ހަމަޖެހުން ލިބުނީ ދެނެވެ. މިހާރު ނަދުހާ ހަމައަކަށް އެޅިއްޖެއެވެ. ނަމަވެސް، ނަވާލަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
[ކަންތައް ދިމާވިގޮތުން އަހަރެން ވަރަށް ދެރަވެއްޖެ. މިވީގޮތުން ޒިލާއާ އިތުރަށް އަޅާލަންވާނެ.] ނަވާލް ވާހަކަ ދެއްކީ އަފްޒަލާއެވެ.
[މާ މަސައްކަތް ބުރަވީމާވެސް އެހެން ކަންތައް ދިމާވެދާނެ.] އަފްޒަލް ބުންޏެވެ. އެއީ ނަވާލްގެ މަންމަ މަރީނާވެސް ސިފަކުރިގޮތެވެ.
[އަޞްލު އަހަރެން ކީއްތަކުރާނީ. ހާދަ ވަރަކަށް އެމަންޖެ ގާތު އަހަރެން ބުނަމޭ، ބަދިގެއަށްވެސް ވަދެ ނޫޅޭށޭ....އެކަމަކު އެމަންޖެވެސް ގޮތްދޫކުރަނީކީ ނޫނިއްޔަ.] މަރީނާވެސް އަފްޒަލްމެންގެ ވާހަކައިގައި ބައިވެރިވިއެވެ.
[މާބަނޑު ދުވަސްވަރު އަހަރެމެންވެސް ޝިޒްނާ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވަން. ފުރަތަމަކޮޅު އޭނަވެސް ވަރަށް ބޯހަރުކޮށްލައިގެން، ގޭތެރޭ މަސައްކަތުގައި ޝާމިލްވެ އުޅޭ. އޭނާއަށްވެސް ވިސްނުނީ ޑޮކްޓަރު [ބެޑްރެސްޓް ދިނީމަ]. އެންމެންވެސް ކުށްވެރި ކުރަނީ ނަދުހާއެވެ. މާބުރަކޮށް މަސައްކަތް ކުރީތީއޭ ކިޔާފައެވެ. ނަމަވެސް، އެކަމަކާ ނަދުހާގެ މާބޮޑު ފަރުވާލެއް ނެތްކަހަލައެވެ. މިހާރު އޭނާވަނީ އިންތިހާއަށް އުފާވެފައެވެ.
ދެތިންދުވަސްފަހެވެ. ނަވާލާއި ނަދުހާވެސް ނިދާފައި ތިބި ވަގުތެކެވެ. މެންދަމުގެ ވަގުތުކަމުން މަރީނާގެ ދެމަފިރިންވެސް ވަނީ ގަދަ ނިދީގައެވެ. ގަދަ ނިދީގައި އޮތް ނަދުހާއަށް ހޭލެވުނީ، ބޭރުން މީހަކު އޭނާއަށް ގޮވާ އަޑަށެވެ. އޭނާ ނިދާފައި އޮތް ފިރިމީހާއަށް ބަލައިލުމަށްފަހު އެނދުން ތެދުވިއެވެ. އެއަށްފަހު އޭނާ މަޑުޖެހިލީ، އެ އަޑު ދެވަނަފަހަރަށް އަހާލުމަށެވެ.
[ނަދޫ އަވަހަށް ބޭރަށް އާދޭ....] މުނާޒްގެ އަޑުކަން ޔަޤީންވުމާއެކު، އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ ނިކުތްއިރު މުނާޒް ހިނިއައިސްފައި ހުއްޓެވެ. ފަހަކަށްއައިސް ކޮންމެ ރެއަކުވެސް މުނާޒް ނަދުހާއާ ބައްދަލުކޮށް، އެކަކު އަނެކަކަށް އުފަލާއި ހިތްހަމަޖެހުން ލިބިގަނެއެވެ.
[މުނާޒް....އަޅެ އަދިވެސް އަހަރެން ވިހާކަށް ނޫޅޭތަ؟] މުނާޒްގެ މޭގައި ބޯއަޅާލަމުން ނަދުހާ އެހިއެވެ. މުނާޒް ނަދުހާގެ ބަނޑުގައި އަތްކާއްތާލިއެވެ. އެއަށްފަހު ފަޒާއަށް ކަޅި ހިންގާލިއެވެ.
[މާދަމާރޭ ބާރަޖަހާއިރު ނަދުހާ ވިހާނެ....އެވަގުތަށް ކޮންމެ ގޮތެއް ހަދާފައިވެސް ނަދުވާނެ، އަހަންނާ އެއްތަންވާން. އެހެންނޫނީ ހުރިހާ ކަމެއްވެސް ފަޅާއަރާފާނެ. ބަރާބަރު ބާރަޖަހާއިރު ނަދޫގެ ބަނޑަށް ބަދަލު އަންނަން ފަށާނެ.] މުނާޒް (ޖިންނި) ކިޔައިދިނެވެ.
[މާދަމާރޭ ބާރަޖަހާއިރޭ....؟] ނަދުހާ ވިސްނާލިއެވެ. މުނާޒް ބޯޖަހާލިއެވެ.
[އަހަރެންގެ ފަރާތުން ވިހޭކަމުގެ އެއްވެސް ޢަލާމާތެއް ނަވާލްމެންނަށް ފާހަގަކުރެވޭނެތަ؟] ނަދުހާ އިތުރަށް އޮޅުންފިލުވިއެވެ.
[ކޮންމެވެސްވަރަކަށް މީހާ ފުފިދާނެ. އެކަމަކު ހިއެއްނުވޭ އެވަރަކަށް ފާހަގަވާނެހެނެއް.] މުނާޒް ނަދުހާގެ އަތުގައި ހިފައިގެން ވަލުތެރެއަށް ވަދެގެން ހިނގައިގަތެވެ.
ޖެހިގެން އައި ދުވަހު ނަދުހާގެ ޙަރަކާތްތައް، އެހެން ދުވަސް ދުވަހާ ޚިލާފަށް މާ ހަލުވިވެފައި އަވަހެވެ. އޭނާ ބޭނުންވަނީ ރޭގަނޑާ ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއްވެސްކޮށް ނިންމާލުމަށްފަހު، އުފަންވާން އުޅޭ ދަރިފުޅަށްޓަކައި ވަގުތު ހުސްކުރާށެވެ.
[މިއަދު ނަދޫގެ ޙަރަކާތްތައް ހާދަ ހަލުވިއޭ. އަނެއްކާ ކަމެއް އޮތީތަ؟ މިބުނީ ތަނަކަށް ދާންވެފައި އޮތީހޭ؟] ނަވާލަށް ނަދުހާގެ ޙަރަކާތްތައް ފާހަގަކުރެވުނެވެ.
[އުނހު، މިއަދު ހުރިހާ ކަމެއް ނިންމާލާފައި މިރޭ ތަންކޮޅެއް އަވަހަށް ނިދަން އޮށޯންނާނަމޭހިތާ މިއުޅެނީ. ރޭގައިވެސް ހޫނުގަދަކަމުން ހަމަނިންޖެއް ނުލިބޭވިއްޔަ.] ނަދުހާ ދޮގުހެދިއެވެ. އެއީ ފަހަކަށްއައިސް އޭނާ ޢާންމުކޮށް ކޮށްއުޅޭ ކަމެކެވެ. އަމިއްލަ ދިފާޢަށްޓަކައި ނަވާލާއި އޭނާއާ ދެމެދު އޭނާވަނީ މަކަރާއި ޙީލަތުގެ ވަރުގަދަ ފާރެއްލާފައެވެ. މިހާރުވެސް އޭނާ އެމަސައްކަތްކުރަމުންދަނީ، އެފާރު އިތުރަށް ވަރުގަދަ ކުރުމަށެވެ.
[ތިހެންވީއިރު އަހަރެންވެސް މިރޭ ތަންކޮޅެއް އަވަހަށް ގެއަށް އަންނާނަން. އެކަމަކު ފަހަރެއްގައި މިރޭ އަފޫމެނާއެކު މުށިމަސް ބާނަންވެސް ހިނގައިދާނަން.] ނަވާލް ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ބުންޏެވެ.
[މިރޭ ދާނަންތަ؟] ނަދުހާ ބޭނުންވަނީ ނަވާލް ބާރަޖެހުމުގެ ކުރިން ގެއިން ބޭރުވާނެތޯ ޔަޤީންކޮށްލާށެވެ.
[އާނ، މިރޭ ބާރަޖަހާއިރަށް ތައްޔާރުވެގެން ހުންނާށޭ އަފޫ ބުނީ.] ނަވާލް ބުންޏެވެ. ނަދުހާ މާޔޫސްވިކަހަލައެވެ. ނަމަވެސް، އެކަމެއް އޭނާ ނަވާލަކަށް ނާންގައެވެ.
[ހެޔޮ އެހާ ދަންވަރު ވެއްޖެއްޔާ ދާނެ ކަމެއްނެތް. އަފޫއަށް ގުޅާފަ ބުނޭ މިރޭ ކެންސަލްކޮށްލާށޭ.] ނަދުހާ އަމިއްލަ ރައްކަލަށްޓަކައި ފިޔަވަޅު އެޅިއެވެ. ނަދުހާގެ އެދުމުގެ މަތިން ނަވާލް މަސްދަތުރު ކެންސަލް ކުރިއެވެ.
[ނަދޫ ތިވަރަށް ހުރަސްއަޅަންޏާ ނުދާނަން.] ނަވާލް ކޮޓަރިއަށް ވަންނަމުން ބުންޏެވެ. އެއީ ނަދުހާގެ މަންމައާއި ލީލާ އެގެއަށް އައިސް ވަން ވަގުތެވެ.
[އަނހަ ދަރިފުޅާ، ހާދަ މަސައްކަތް ބުރަކޮށްލައިގެން. ކޮބާ ނަވާލް މަންމަ.] ނަދުހާ ދޮވެފައި ހުރި ތަށިތައް ހަރުގަނޑުގައި އަތުރަމުން، މަންމަ ޒުހުރާއާ ވާހަކަ ދެއްކިއެވެ.
[ނަވާލް މަންމަ ނަމާދުކުރަން ވަދެވީ. ލީލާ....ކިހިނެއް؟] މަންމައަށް ޖަވާބު ދިނުމަށްފަހު، ނަދުހާ ލީލާއާ ވާހަކަ ދެއްކިއެވެ.
[ރަނގަޅު...މާބުރަކޮށްލައިގެން ތިއުޅެނީ މިރޭ މާބޮޑުކަމެއް އޮތީތަ؟] ލީލާ އެހެން ބުނިއިރު ހީވަނީ ކަމެއް އެނގިގެން އުޅޭހެންނެވެ. އެހެންކަމުން، ނަދުހާއަށް ސިހުން ލިބި ތެޅިގަނެވުނެވެ.
[އޭނ! ކީކޭ؟ އެއްޗެކޭ ބުނިންތަ؟ ނަދުހާގެ އަނގައޮޅޭގޮތްވިއެވެ.
[އަހަރެން ބުނީ މިރޭ މާބޮޑުކަމެއް އޮތީހޭ؟] ލީލާ ތަކުރާރުކޮށްލިއެވެ.
[މިރޭ އޮތީ އަރާމްކޮށް ނިދާލުން.] ނަދުހާ ތަށިތަކުން ފެން ހިއްކަމުން ބުންޏެވެ.
[މިރޭ ބާރައިގެ ކުރިންދޯ؟] ލީލާ މަޑުމަޑުން ނަދުހާއަށް އެކަނި އިވޭވަރަށް ބުނެލިއެވެ. ނަދުހާއަށް އިތުރު ސިހުމާއި ޙައިރާންކަން ލިބުނެވެ. އޭރު ޒުހުރާ، މަރީނާގެ ގާތަށް ދިޔުމަށްޓަކައި އެތަނުން ނުކުންނަނީއެވެ.
[އޭނ ކާކުތީ؟] ނަދުހާއަށް ލީލާއާ ދޭތެރޭވެސް ޝައްކުވިއެވެ. ލީލާ ހިނިތުންވެލިއެވެ. ނަދުހާގެ ނުތަނަވަސްކަން އިތުރުވިއެވެ.
[އަހަރެންގެ ޙަޤީޤަތް ބުނެފިއްޔާ ނަދޫ ޤަބޫލުކުރާނަންތަ؟ އެކަމަކު ނަދުހާއަށް ވަރަށް އުނދަގޫވާނެ. ޤަބޫލުކުރަން......] މިފަހަރު ލީލާ ވާހަކަ ދެއްކީ ކުރިއަށްވުރެވެސް މަޑުންނެވެ.
[ކީއްވެ ޤަބޫލު ނުކުރަންވީ ކާކުތީ؟] ނަދުހާގެ ހިތް އަވަސްވެ ނުތަނަވަސްވިއެވެ.
[އަހަންނަކީ ދަލޭކަ. ލީލާގެ ސިފައިގައި އެގޭގައި އުޅެނީވެސް އަހަރެން.] ކުއްލި ލޮޅުމަކާއެކު ލީލާގެ ސިފަ ބަދަލުވިއެވެ. ދަލޭކައަށެވެ. މިހާރު ނަދުހާގެ ކުރިމަތީގައި އެހުރީ ދަލޭކައެވެ.
[ލީލާގެ ސިފައިގައިވެސް އަހަރެންގެ ގޭގައި ތިއުޅެނީ ދަލޭކަ ދައްތަތަ؟] ނަދުހާ ފުން ނޭވާއެއްލިއެވެ. ދަލޭކަ ބޯޖަހާލިއެވެ. އެވަގުތު އަނެއްކާވެސް ނަދުހާގެ މަންމަ އެތަނަށް އައިސް ހުއްޓިއްޖެއެވެ.
[އަނހަ، ދަލޭކަ ކޮންއިރަކު އައީ....ދަރިފުޅާ ލީލާ ކޮބާ؟] ދަލޭކައާ ސަލާމް ކުރަމުން ޒުހުރާ ނަދުހާއާ ވާހަކަ ދެއްކިއެވެ.
[ލީލާ ބޭރަށް ނުކުތީ. ދިޔަ ވަކިތަނެއް ނުބުނޭދޯ ދަލޭކަދައްތާ؟] މަންމައަށް ޖަވާބުދެމުން ނަދުހާ ދަލޭއަށްދޯދިނެވެ.
[ތެދެއް، ދެން އަހަރެން ދަނީ ޒުހުރާ.....] ދަލޭކަ ނުކުންނަން ހިނގައިގަތެވެ. ދަލޭކައަށް ދެވޭނީ ގާތްގަނޑަކަށް އެގޭ ބޮޑުކޮޓަރިއާ ހަމައަށެވެ. ލީލާ އައިސް ބަދިގެއަށް ވަނެވެ. އޭގެފަހުން އެދުވަހު ލީލާ ނަދުހާގެ ހުރިހާ މަސައްކަތެއްގައިވެސް ޝާމިލްވިއެވެ.
އެރެއެވެ. އެގާރަޖަހާ ބޮޑުވީއިރުވެސް ނަވާލެއް ނިދާކަށް ނޫޅެއެވެ. އޭނާ ފޮތް އަލަމާރިތެރޭން ފޮތްތަކެއް ހާވަނީއެވެ. އެކަމާ ނަދުހާ ނިކަން ހާސްވެ ކަންބޮޑުވެއްޖެއެވެ.
[ނަވާލް....އަޅެ އަދިވެސް ނިދާކަށް ނުވޭތަ؟] ނަދުހާ އެނދުގައި އޮވެ ނަވާލަށް ގޮވިއެވެ. ނަވާލް އަތްދިއްކޮށްފައި، މިއަންނަނީއޭ ބުނެފައި، އަނެއްކާވެސް އޭނާގެ މަސައްކަތާއިގެން މަޝްޣޫލުވިއެވެ. ނަދުހާ، އޭނާގެ އަތުކުރީގައި އޮތް ގަޑިއަށްވެސް ދޭތެރެ ދޭތެރެއިން ބަލާލައެވެ. މިހާރު ވަގުތު ކުޑަތަންވަނީއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ބާރަޖެހުމުގެ ކުރިން އޭނާ މުނާޒާ އެއްތަންވާން ޖެހޭނެއެވެ. މާނައަކީ ނަވާލާ އެކަހެރިވުމެވެ.
[ނަވާލް.....] ގަޑިއަށް ބަލާލަމުން އަނެއްކާވެސް ނަދުހާ ނަވާލަށް ގޮވިއެވެ.
[ނަދޫ ނިދާލާ.....އަހަރެން އޮށޯންނާނީ ތަންކޮޅެއްފަހުން.] ނަވާލް ބުންޏެވެ. ނަދުހާއަށް ގޮތްހުސްވިކަހަލައެވެ. އެހެންކަމުން، ރެކޭނެގޮތާ ދޭތެރޭ އޭނާ ވިސްނަން ފެށިއެވެ. މިވިސްނުމުގައި އޭނާ އޮއްވާ، ކުއްލިއަކަށް މުނާޒްގެ މޫނު، ފެންލައިޓުން ފާޅުވިއެވެ.
[ނަދޫ....ބާރަޖެހުމުގެ ކުރިން ތިތަނުން ނުކުންނާތި....ދެން އޮތީ އެންމެ ބައިގަޑިއިރު.] މުނާޒް ހަނދާންކޮށްދިނެވެ. އެއަށްފަހު، އަނެއްކާވެސް މުނާޒް ގެއްލިއްޖެއެވެ. ނަދުހާގެ ހާސްކަމާއި ނުތަނަވަސްކަން އިތުރުވިއެވެ. އޭނާގެ ހުރިހާ ޙަޤީޤަތެއް ފަޅާއަރަން އުޅެނީއޭ ހީވާން ފަށައިފިއެވެ. އެހެންވެއްޖެނަމަ، އޭނާގެ ޙަޤީޤަތުގެ އިތުރުން ދަލޭކަގެ އަޞްލުވެސް ހާމަވެގެންދާނެއެވެ.
ބާރަޖަހަން ދިހަ މިނެޓަށްވީއިރުވެސް ނަވާލް އިނީ ފޮތެއް ކިޔާށެވެ. ނަދުހާ އެނދުން ތެދުވެއްޖެއެވެ. އެހިނދު އޭނާގެ ބަނޑަށްވެސް ބަދަލު އަންނަމުންދާ ކަމުގެ އިޙްސާސް، އޭނާއަށް ކުރެވެން ފަށައިފިއެވެ. ބަނޑުގައިވާ ދަރިފުޅު އާދަޔާ ޚިލާފަށް ތޮޅެނީއެވެ. ބަނޑުވެސް މަޑުމަޑުން އުފުލޭހެން ހީވަނީއެވެ.
[ނިދަން އޮށޯތް މީހާ ތިތެދުވީޔޯ؟] ނަދުހާ ތެދުވިތަނުން ނަވާލަށް ފެނުނެވެ. ނަވާލް ފޮތް ބާއްވާފައި އައިސް އެނދުގައި އޮށޯވެލިއެވެ. އޭރު ނަދުހާ ކޮޓަރިން ނުކުންނަން ހިނގައިގަންނަނީއެވެ.
[ނަދޫ...ކޮންތާކަށް؟] ނަވާލް އޮތްގޮތަށް އޮވެ އެއްސެވެ. ނަމަވެސް، ނަދުހާ މަޑެއް ނުކުރެއެވެ. ނަވާލަށް ޖަވާބުދޭކަށްވެސް އޭނާއަކަށް ވަގުތެއްނެތެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ނަވާލްގެ ލޯމަތިން ދުރަށްދާށެވެ. މިހާރު އޭނާގެ ފުފެމުންދާ ބަނޑު ފެނިއްޖެއްޔާ، ހުރިހާ ކަމެއް ނިމުމުގެ ސިއްކަ ޖެހިދާނެއެވެ. ނަވާލް ތެދުވިއެވެ. ނަދުހާގެ ޙާލަތު ރަނގަޅު ނޫންކަން އޭނާއަށް ޝައްކު ކުރެވިގެންނެވެ. ނަދުހާ ދުއްވައިގަތީއެވެ. ނިކަން ބާރަށެވެ. ނަވާލް އޭނާ ދުއްވަން އުޅެނީ ކަމަށް ހީކޮށްފައެވެ.
[ނަދޫ ދުވޭ. ފަހަތުން އަހަންނެއް ނުދާނަން.] ނަވާލް އެނބުރި އައިސް އޮށޯތެވެ. ނަދުހާ ގޮސް ގެއްލުނީ އެގޭގެ ގޯތިތެރޭގައިވާ ގަސްތަކުގެ ތެރެއަށެވެ. އޭރު ގަސްތަކުގެ ތެރޭގައި އޭނާގެ އިންތިޒާރުގައި މުނާޒް ހުއްޓެވެ.
[ނަދޫ...ކިރިޔާދޯ ސަލާމަތް މިވެވުނީ.] ނަދުހާގެ ފުފިފައިވާ ބަނޑުގައި ނުހަނު ލޯތްބާއެކު އަތް ކާއްތާލަމުން މުނާޒް ވާހަކަ ދެއްކިއެވެ. އޭރު ނަދުހާގެ ބަނޑު ތޮޅެން ފަށައިފިއެވެ. އެއިޙްސާސް ނަދުހާއަށް ކުރެވެން ފަށައިފިއެވެ. މަޑުމަޑުން ބަނޑުކޮޅުގައި އަތް ވިއްދާލުމަށްފަހު އޭނާ ބިންމައްޗަށް ތިރިވެއްޖެއެވެ.
[އައްދިއްޔޯއި....މުނާޒް......] މުނާޒް ނަދުހާ ބިންމަތީގައި ބާއްވާލިއެވެ. އެއަށްފަހު، މުނާޒް ނަދުހާގެ ދެފައިގައި ހިފާ އުފުއްލިއެވެ. އޭރުވެސް ބަނޑުގައި އަޅަމުންދާ ވޭންތަކަށް ކެތް ނުކުރެވިގެން ނަދުހާ ރޮއި ހަޅޭއްލަވަނީއެވެ.
[މަންމާ....މަންމާ.....] އެއާއެކު އެތަނަށް އެފާޅުވީ ދަލޭކައެވެ. ޒުހުރާގެ ސިފައިގައެވެ. ޒުހުރާގެ ސިފައިގަ އައި ދަލޭކަ ހުއްޓުނީ ނަދުހާއާ ދާދި ގާތުގައެވެ. އޭގެފަހުންވީ ހިނދުކޮޅެކެވެ. އެއްވެސް ނުރައްކަލެއްނެތި ނަދުހާގެ ބަނޑުން ލޯބިލޯބި އެހެން ނަމަވެސް، އިންސާނުންގެ ލޯތަކަށް ވަންހަނާވެގެންވާ އަންހެން ކުއްޖަކު އުފަންވެއްޖެއެވެ. ޒުހުރާގެ ސިފައިގައި ހުރި ދަލޭކަގެ އެހީވެސް ފުރިހަމަ ގޮތުގައި ލިބިގެންނެވެ.
[މަންމާ....! މަންމައަށް ކިހިނެއް އެނގުނީ؟] ހަށިގަނޑަށް ލުއި ލިބުމާއެކު، ކުރިމަތީގައި ހުރި މަންމައަށް ނިކަން ޙައިރާންކަމާއެކު ބަލައިލަމުން ނަދުހާ އެއްސެވެ. ނަދުހާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ކުރިމަތީގައި ހުރި މަންމަގެ ސިފަ ބަދަލުވިއެވެ. ދަލޭކައަށެވެ. ލިބުނު ޖަވާބާމެދު ހިތްހަމަޖެހިފައި ނަދުހާ ބޯހޫރާލިއެވެ. އޭރު މުނާޒްހުރީ އޭނާގެ ދަރިފުޅާ ލޯބިކުރާށެވެ. އެއީ ދޮން ޖަންބެއްކަހަލަ ރީތި އަންހެން ކުއްޖެކެވެ. އާދައިގެ ކުދިންނާ ހުރި ތަފާތަކީ ބުރަކަށީގައި އާދަޔާ ޚިލާފަށް އިސްތަށި ފަޅާފައިވެއެވެ. އެކުއްޖާގެ ބޮލެކޭ ބުރަކައްޓެކޭ ތަފާތެއްނެތެވެ.
[ނަދޫ...ދެންދޭ....މިހާރު ނަދޫ ވީތަނެއް ނޭނގިގެން ނަވާލް ހޯދާނެ.] މުނާޒް ނަދުހާގެ އަތުގައި ހިފައި ނެގިއެވެ.
[އަހަރެން ބަނޑުއަޅާ ވިހޭ ދަރިފުޅު ދޫކޮށްފައި އަހަރެން ދާންވީތަ. އަހަންނަށް ކެތްވާނެތަ؟] ދަރިފުޅު ފިސާރި ލޯތްބާއެކު އުރާލަމުން ނަދުހާ އަމިއްލަ ނަފްސާ މުޚާތަބް ކުރިއެވެ.
[އެނޫން ގޮތެއް ނަދުހާއަކަށް ނުހޯދުނެއްނު. އަހަރެން އަބަދުވެސް ނަދޫގެ ގާތަށް ދަރިފުޅު ގެންނާނަން. ނަދޫވާނެ، ކޮންމެ ދުވަހަކު ދެފަހަރު ނޫނީ ތިންފަހަރު މިމަންޖެއަށް ގާތުން ކިރުދޭންވެސް.] މުނާޒް ނަދުހާގެ އަތުން ދަރިފުޅު އަތުލިއެވެ. ނަދުހާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. އެކެއް ޖަހަނީއެވެ. ނަދުހާ ނިކަން މަޑުމަޑުން ހިނގާފައި ގޮސް ގެއަށް ވަނެވެ. ސިއްރު ސިއްރުން ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނާއަށް ހިތްހަމަޖެހުން ލިބުނެވެ. ނަވާލަށް އޮތީ ނިދިފައެވެ. ނަދުހާ އެނދުގައި އޮށޯތުމުގެ ބަދަލުގައި ޓައިލްސްމަތީގައި އޮށޯވެލިއެވެ. ނަވާލަށް ހޭލެވިދާނެތީއެވެ.
ޖެހިގެން އައި ދުވަހު ނަދުހާ ހީކުރީ ހެނދުނު ތެދުވެ ނަވާލް ޝަކުވާ ކުރާނެ ކަމަށެވެ. ނަމަވެސް، އެރޭގެ އެއްވެސް ވާހަކައެއް ނަވާލެއް ނާހައެވެ. އޭނާ އެކަމާ ވިސްނިހެންވެސް ހިއެއްނުވެއެވެ. އެހެންނޫނީ އޭނާ ހަނދާން ނެތުނީކަންނޭނގެއެވެ. އެހެން ނަމަވެސް، އެދުވަހު އޭނާ ނަދުހާގެ ފުށުން ކަންތައްތަކެއް ފާހަގަކުރިއެވެ. އަދި ސުވާލުވެސް ކުރިއެވެ.
[ނަދޫ ވަރަށް ތަފާތުހެން ހީވޭ މިއަދު. މޫނުމަތި ދުޅަވެފައި ހުންނަހެން ހީވަނީ...ނަދޫ ބަލީތަ؟] ނަވާލް އެއްސެވެ. ނަދުހާ ވިސްނާލިއެވެ.
[ރޭގަ ނިދަން އޮވެވުނު ގޮތުން ވީގޮތެއްކަންނޭނގެ....އެއީ އެވަރުގެ ކަމެއް ނޫން. ރަނގަޅުވެދާނެ، ހިނގާ ކާން.] ނަދުހާ ބަދިގެއާ ދިމާއަށް ހިނގައިގެންފިއެވެ.
[ކިތަންމެ ބޮޑު ބައްޔެއްވިޔަސް ނަދޫ ބުނާނެ އެވަރުގެ ކަމެއް ނޫނޭ. ތިގޮތަށް ވަރިހަމަކޮށްލައިގެން އުޅެނިކޮށެއްނު، ދަރިފުޅުވެސް ބައިގެންދިޔައީ.] ނަދުހާގެ ފަހަތުން ހިނގައިގަންނަމުން ނަވާލް ބުންޏެވެ.
[ދެން ދުނިޔެ ޢުމުރަށްވެސް ނަވާލް ތިވާހަކަ އެއް ނުހުއްޓާނެދޯ؟] ނަދުހާ ހިތްހަމަނުޖެހޭގޮތް ދައްކާލިއެވެ.
[ސޮރީ. އެމީހެއްގެ އަމިއްލަ ހަށިގަނޑާ ދޭތެރޭ އެމީހަކު ނުވިސްނާ ވިސްނުމެއް ވިސްނާނީ ކާކުތަ؟ އެކަމަކު މިވަރަށް އަހަންނަށް ނަދޫއަށް އަޅާމިލެވެނީ، ތީ އަހަރެންގެ ހަށިގަނޑުގެ އެއްބައި ކަމުގައި ދެކޭތީ؟] ނަދުހާއާއެކީ ގޮސް ނަވާލް ކާގެއަށް ވަނެވެ. އޭރު ކާގެތެރޭގައި ނަވާލްގެ މަންމައާއި ބައްޕަ މެންދުރުގެ ކެއުމަށް ތައްޔާރުވެގެން ތިއްބެވެ.
[ދަރިފުޅާ ނަދުހާ ކިހިނެއްވެފަ ދަރިފުޅު ތިހުރީ. ނުގުޅޭ އެއްޗެއް ކެވުނީތަ؟ މުޅި މީހާވެސް ފުފިފަ.] ނަދުހާ ފެނުމާއެކު ފާއިޒަށްވެސް ނަދުހާއަށް އައިސްފައިވާ ބަދަލު ފާހަގަކުރެވުނެވެ.
[އެބުނިހެން. ހީވަނީ ކުއްޖަކު ވިހައިގެން ނުކުތްހެން.] މަރީނާ އިތުރުކޮށްލިއެވެ. ނަދުހާއަށް ތެޅިގަނެވުނެވެ.
[އެއްވެސް އެއްޗެއް ނުކަން. އެއީ ރޭގައި ނިދަން އޮތް ގޮތަކުން ވެގެން އުޅޭ ގޮތެއް...މާބޮޑު ކަމެއް ނޫން. ރަނގަޅު ވެދާނެ.] ނަދުހާ ނަވާލަށް ސައިތަށި ހަދަން ފެށިއެވެ.
[މަންމާ....މި ނަދުހާގެ ނަން ބަދަލުކުރަންވީ ވަރިހަމައަށް. ވަރަށް ފަސޭހަ ނަމެއްމީ....ކޮންމެ ކަމެއްވެސް ވަރިހަމަވާނެ.] ތަށިން ބަތްސުވަލެއް ނަގަމުން، ނަވާލް ނަދުހާއާ ދިމާކޮށްލިއެވެ. ނަދުހާ ނަވާލްގެ ބުރަކަށީގައި ވިކައިގަތެވެ. ބައްޕައާއި މަންމައަށް ނޭނގޭގޮތަށް ސިއްރުންނެވެ.
[އެކަމަކު، އެއްވެސް ކުއްޖަކު އަމިއްލަ ޞިއްޙަތާ ދޭތެރޭ ފަރުވާކުޑަކުރާކަށް ނުވާނެއެއްނު. ކުރިއާ ޚިލާފަށް މީ އެންމެންވެސް ހޭލުންތެރިވާންވީ ޒަމާން. މަންމައަށް ފެންނަނީ ކައިގެން ގޮސް ޑޮކްޓަރަށް ދައްކަން....] މަރީނާ ނަދުހާއަށް ވިސްނައިދިނެވެ. ނަދުހާ ހިނިތުންވެލިއެވެ. އެހިނދު އޭނާގެ ދަރިފުޅުގެ އިޙްސާސްވުމާއެކު، އޭނާ ދޮރާ ދިމާއަށް ބަލައިލިއެވެ. ދޮރުމަތީގައި ދަރިފުޅު އުރާލައިގެން ހުރީ މުނާޒެވެ. ނަދުހާ އެބަ އަންނަމޭ ބުނެފައި ކާގެއިން ނުކުތެވެ.
[މި މަންޖެ ބުއްބޯން ރޯތީ. މިއައީ އަވަހަށް ބުއްދޭން އާދޭ.] ނަދުހާ ނުކުތުމާއެކު، މުނާޒް ދަރިފުޅު ނަދުހާގެ އަތަށް ދިނެވެ.
ނަވާލް ކައިނިމުނުއިރުވެސް ނަދުހާ އިނީ ކޮޓަރިތެރޭ ދަރިފުޅަށް ބުއްދޭށެވެ. ޚިޔާލެއް ފިކުރެއްނެތިއެވެ. ނަވާލް އަތުވެދާނެ ކަމުގެ ބިރު ހީވުމެއްނެތިއެވެ. ކޮޓަރިވެސް ހުޅީ ތަޅުނުލައެވެ. ނަވާލް ކައިނިމިގެން އައިސް ތަޅުގައި ހިފާލުމާއެކު ދޮރު ހުޅުވުނީ އެހެންވެގެންނެވެ. ދޮރު ހުޅުވުމާއެކު، ފެނުނު މަންޒަރުން ނަވާލްގެ ފައިގައި ކަސްތޮޅު އެޅުނުކަހަލައެވެ. ޙައިރާންކަމާއެކު ދެލޯތަންމިނަށް ހުޅުވުނުއިރު އަނގަވެސް ހުރީ ހުޅުވިފައެވެ.

ކިޔުންތެރިންގެ ހިޔާލު