އެމެރިކާގެ ތައުލީމީ މަރުކަޒުތަކަށް ދެ ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ފައިސާ ސަރުކާރުން މަޑުޖައްސާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ނިންމުމުން ހާވާޑް ޔުނިވާސިޓީން ދައުވާކޮށްފި އެވެ.

"ފާއިތުވި ހަފްތާގެ ތެރޭގައި ހާވަޑްގެ ގަވާއިދާ ހިލާފަށް ޑިމާންޑްތަކަށް އަމަލުކުރަން ދެކޮޅު ހެދުމާ ގުޅިގެން ފެޑެރަލް ސަރުކާރުން ވަނީ އެތައް ފިޔަވަޅުތަކެއް އަޅާފައި،" ހާވަޑްގެ ރައީސް އެލަން ގާބަރ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

"މީގެ ކުޑައިރުކޮޅެއް ކުރިން އަޅުގަނޑުމެން ދައުވާކުރީ ފަންޑިން ފްރީޒް ހުއްޓުވަން، އެއީ ގާނޫނާ ހިލާފު އަދި ސަރުކާރުގެ އިހުތިޔާރުން ބޭރު ކަމެއް ކަމަށް ވާތީ،" ގާބަރ ވިދާޅުވި އެވެ.

ހާވާޑްގެ ދައުވާގައި ފާހަގަކޮށްފައިވާ އެމެރިކާ ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި އެޑިއުކޭޝަން ޑިޕާޓްމަންޓާއި ހެލްތު ޑިޕާޓްމަންޓާއި ޖަސްޓިސް ޑިޕާޓްމަންޓާއި އެނާޖީ ޑިޕާޓްމަންޓާއި ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަން ހިމެނެ އެވެ.

މިކަމާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން އަދި ބަހެއް ނުބުނެ އެވެ. އެކަމަކު ޓްރަމްޕާއި އޭނާގެ ވައިޓް ހައުސް ޓީމުން ވަނީ ޔުނިވާސިޓީތަކާ ދެކޮޅަށް ކުރާ ކެމްޕޭންގެ ބޭނުން ހާމަކޮށްފައެވެ. އެގޮތުން ޓްރަމްޕުގެ ޓީމުން ބުނީ މިކަމަކީ ޔުނިވަރސިޓީ ސަރިވަރުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނެފައެވެ.

އެމެރިކާގެ މަޝްހޫރު ޔުނިވަރސިޓީތައް ހިމެނޭ ގޮތަށް ގިނަ ޔުނިވަރސިޓީތަކުގައި ދަރިވަރުން މުޒާހަރާތައް ކުރަމުންދަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅުހެދުމުގެ ގޮތުންނެވެ. މިފަދަ މުޒާހަރާތަކުގައި ބައިވެރިވާ ބޭރު ދަރިވަރުންނަށް އެމެރިކާ ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާއި ޔުނިވަރސިޓީތަކަށްވެސް ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން