ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު
މުޒާހަރާތަކުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ހާމަނުކުރެވޭނެކަން ކަށަވަރު ކޮށްދިނުމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ފުލުހުންގެ ކިބައިން އެދިއްޖެއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އިޙްތިޖާޖެއްގައި ވާހަކަ ދެއްކި ކަމަށް ތުހުމަތު ކުރެވޭތީ އެކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަމުން ދަނީ އެއޮފީހުން ހުށައަޅައިގެން ކަމަށް ފުލުހުން ބުނިނަމަވެސް އެފަދަ ތަޙުޤީޤަކަށް އެއޮފީހުން ފުލުހުންގެ ކިބައިން އެދިފައި ނުވާނެ ކަމަށެވެ.

އޭގެ ބަދަލުގައި އެ އޮފީހުން ފުލުހުންގެ ކިބައިން އެދިފައިވަނީ އެ ފަދަ ހަރަކާތްތަކުގައި ފުލުހުން އިންތިޒާމްވެ ތިބޭއިރު، ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ހާމަ ނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކޮށްދިނުމަށް ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ނެރެފައިވާ ބަޔާނުގައިވެއެވެ.

“އެއްވެސް ބާވަތެއްގެ ތަހުގީގެއް ކުރުމަށް ފުލުހުންގެ އިދާރާއިގައި އެދިފައި ނުވާތީ މިއަދު އާއްމު ކުރި ނޫސް ބަޔާނުގައި މި އޮފީހާ ގުޅޭގޮތުން ހާމަކޮށްފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫނެވެ.” ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ނޫސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިހެން ބުނެފައިވާއިރު ފުލުހުން އިއްޔެ ބުނީ ފުލުހުންގެ ތަހުގީގަށް އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމްގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރުގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރެއް ހޯދައިފައިވަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އެ މުއައްސަސާއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން