ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން 2027 ވަނަ އަހަރުގެ ނިޔަލަށް ބޭންކް ރޭޓްގައި ޑޮލަރު ލިބޭނެ ކަމަށް އުންމީދު ކުރަށްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މީސްމީޑިއާގައި ޒުވާނުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ޑޮލަރުގެ މައްސަލަ އެއްކޮށް ހައްލުކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.
ނަމަވެސް ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވިއްޖެނަމަ ޑޮލަރުގެ މައްސަލައަށް ހައްލު ލިބޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
“އަޅުގަނޑުމެން މިބަލަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އަސްލު ޑޮލަރު ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް.” އެ ޕްރޮގްރާމްގައި ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ވަނީ ޑޮލަރުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެކުލަވާލި ބޭންކްތަކަށް ޑޮލަރު މާރުކުރާ ގަވާއިދަށް ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން ލިބޭކަން ފާހަގަކުރަށްވާފައެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށެވެ. އަދި 2026ގެ ފުރަތަމަ ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު 1,000 ޑޮލަރަށް އިތުރުކުރެވި، ކްރެޑިޓް ކާޑު ލިމިޓްވެސް ބޮޑުކުރެވޭނެ ކަމަށް ސަރުކާރުން މީގެކުރިން ހާމަކޮށްފައިވެއެވެ.
އެގޮތުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިދިޔަ މާޗް މަހުގެ ނިޔަލަށް 150 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު