ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ބައިބައިވެފައިވާ ދުނިޔެއެއްގައި ސުލްހަ ގާއިމް ކުރެވޭނީ އެންމެން އެކުގައި އެކަމަށްޓަކައި މަސައްކަތް ކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "މަލްޓިލޭޓަރަލިޒަމް އެންޑް ޑިޕްލޮމެސީ ފޯ ޕީސް" ދުވަހުގެ މުނާސަބާގައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ދުނިޔޭގެ ހަނގުރާމަތަކާއި، ހަމަހަމަކަން ނެތުމާއި، މޫސުމީ ބަދަލުތަކުގެ ހާލަތުގެ ތެރޭގައި މިދުވަސް ފާހަގަ ކުރަމުންދާއިރު ހަނދާން ކޮށްދޭ ކަމަކީ ސުލްހައަކީ ހަމައެކަނި ހަނގުރާމަ ނެތުން ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ މިކަމުން ހަނދާން ކޮށްދެނީ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށްޓަކައި ރަނގަޅަށް މުއާމަލާތުކޮށް، އިންސާފާއެކު، އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރަން ޖެހޭކަން ކަމަށެވެ.

އަދި ބައިބައިވެފައިވާ ދުނިޔެއެއްގައި ގިނަ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމުން އުންމީދު ލިބޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމާއި އިތުބާރުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލެވި، އިތުރަށް ހަމަހަމަ މުސްތަޤުބަލެއް ބިނާކުރެވިގެން ދާނެކަން ދައްކުވައިދޭ ކަށެވެ.



"މަލްޓިލޭޓަރަލިޒަމް އެންޑް ޑިޕްލޮމެސީ ފޯ ޕީސް" ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރަކު އެޕްރިލް މަހު 24 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަ ކުރަނީ ގައުމުތަކުގެ މެދުގައި އުފެދޭ ހިލާފުތައް ސުލްޙަވެރި ގޮތްތަކުން ހައްލުކުރުމުގެ އުސޫލުތައް އަލުން ހަނދާންކޮށްދީ ކަށަވަރުކުރުމުގެ ގޮތުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން