މިމަހު 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ ނުވަވަނަ ފަންގިފިލާއިން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލި ރިޔާސީ ކޮމިޝަނަށް އިތުރު ތިން މެންބަރުން މިއަދު އައްޔަނުކުރައްވައިފި އެވެ.
ތިން މެމްބަރުން ހިމެނޭހެން ރައީސް މި މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ރިޔާސީ ކޮމިޝަންގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އަދި ޑރ. މުހައްމަދު ހަބީބު އެވެ.
ނަމަވެސް މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ރައުދު އަހްމަދު ޒިލާލްއާއި އާއިލީ ގުޅުން އޮތުމުން ޑރ. މުޙައްމަދު ހަބީބް ވަނީ މިއަދު ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.
ހަބީބުގެ އިސްތިއުފާއަށްފަހު އަނެއްކާވެސް ކޮމިޝަނަށް ބަދަލުތަކެއް ގެނެސް، އިތުރު ތިން މެމްބަރުން ވަނީ އައްޔަނުކުރައްވާފައެވެ. އެއީ ޑރ. މޫސާ މުރާދު ދަފުތަރު ނަންބަރު ރސ 641، ޖަބީން މުހައްމަދު ތ. ވޭމަންޑޫ، އަދި އާމިނަތު އީނާސް ހ. ހަބަރުގެ އެވެ.
ރައީސް އޮފީހުން ބުނީ މި ކޮމިޝަނުން ޔުމްނުގެ މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގާނެ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ ބަލައި ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމުގެ އިތުރުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އެ ކޮމިޝަނުން އަޅާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި، ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުމާއި، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުމާއި، ކޯޓު އަމުރުތަކަށް އެދުމާއި، މީހުން ހާޒިރުކޮށް ސުވާލުކުރުމާއި، ހެކި ހޯދުމުގެ ބާރު ހިމެނެއެވެ.
އެ ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންދެން ދެމިއޮންނާނެ ކޮމިޝަނެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާ އެއްކޮށް އުޅުނު ރައުދު އަަހުމަދު ޒިލާލް 21، ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 05 ދުވަސް ދީފައެވެ. ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފައިވާގޮތުން ހާދިސާ ހިނގި ރޭ ޔުމްނު އާއި ރައުދު އާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ. ހާދިސާ ހިނގިރޭ ޔުމްނު އާއި ރައުދު ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މީގެކުރިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު