އެޕިސޯޑް 18
...............
ނަވާލް ކައިނިމުނުއިރުވެސް ނަދުހާ އިނީ ކޮޓަރިތެރޭ ދަރިފުޅަށް ބުއްދޭށެވެ. ޚިޔާލެއް ފިކުރެއްނެތިއެވެ. ނަވާލް އަތުވެދާނެ ކަމުގެ ބިރު ހީވުމެއްނެތިއެވެ. ކޮޓަރިވެސް ހުޅީ ތަޅުނުލައެވެ. ނަވާލް ކައިނިމިގެން އައިސް ތަޅުގައި ހިފާލުމާއެކު ދޮރު ހުޅުވުނީ އެހެންވެގެންނެވެ. ދޮރު ހުޅުވުމާއެކު، ފެނުނު މަންޒަރުން ނަވާލްގެ ފައިގައި ކަސްތޮޅު އެޅުނުކަހަލައެވެ. ޙައިރާންކަމާއެކު ދެލޯތަންމިނަށް ހުޅުވުނުއިރު އަނގަވެސް ހުރީ ހުޅުވިފައެވެ.
ނަދުހާ އިނީ ތުއްތު ކުއްޖަކަށް ބުއްދޭފަދަ ޙަރަކާތަކާއެކު ހެދުން ހިއްލައިގެންނެވެ. ކުއްޖާ ނަވާލްގެ ލޮލަށް ކަޝްފުވެފައިނުވިޔަސް، ނަވާލަށް ހުއްޓުން އަރާފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ.
[ނަދުހާ ކީއްތިކުރަނީ؟] ނަވާލް ކޮޓަރިތެރެއަށް ވަނެވެ. ނަދުހާ ސިހުނެވެ. އެއާއެކު ހެދުން ތިރިކޮށްލެވުމާއެކު، އޭނާގެ އުނގުގައި ބުއްބޯން އޮތް ދަރިފުޅު ގޮވައިގެން މުނާޒް ހިނގައްޖެއެވެ. ނަވާލް އައިސް ނަދުހާގެ ގާތުގައި އިށީނެވެ.
[ކުއްލިއަކަށް ތަދެއްއެރީ. އެހެންވެ ތަދު ފިލަންދެން ހިފަހައްޓައިގެން އިނދެވުނީ.] ނަދުހާ އިތުރަށް ހެދުން ރަނގަޅުކޮށްލަމުން ބުންޏެވެ. އޭނާގެ ވިސްނުމާއި ކުއްލި ރޭވުންތެރިކަންވެސް އިންތިހާއަށް މޮޅެވެ.
[އަދިވެސް ތަދުވޭތަ؟] ނަވާލް ނަދުހާ ތަދުވެގެން އުޅޭ ހިސާބުގައި އަތް ޖައްސާލިއެވެ. ނަދުހާ އަތްދިއްޔޯއީއޭ ކިޔާފައި ދުރަށް ޖެހިލިއެވެ. ޙަޤީޤަތުގައިވެސް ހީވީ ތަދުވެގެން އުޅެނީހެނެވެ. އެހެންވެ ނަވާލަށް ނިކަން ފަސޭހައިން ނަދުހާގެ ވާހަކަ ޤަބޫލު ކުރެވުނެވެ.
އެދުވަހަށްފަހު ނަދުހާ ބަދަލުވާން ފަށައިފިއެވެ. ހީވާކަހަލައެވެ. އޭނާގެ މަޤްޞަދު ޙާޞިލްވުމުން، އޭނާ ބޭނުންވަނީ ނަވާލާ ވަކިވާށެވެ. ކައިވެންޏަކީ އޭނާ ކުޅޭ ކުޅިވަރަކަށް ހަދާފައެވެ. މިހާރު އޭނާގެ ވާހަކަ ދެއްކުމުގެ ރާގާއި ޢަމަލުވެސް ތަފާތުވާން ފަށައިފިއެވެ. ގިނަރޭރޭ ނަވާލް ގެއަށް އަންނައިރު އޭނާ އޮންނަނީ ނިދާފައެވެ. އެހެންކަމުން، ނަވާލް ގިނަރޭރޭ ނިދަނީ ނުވެސް ކައެވެ. ކާން ހަދާފައި ހުއްޓަސް، ގާތުގައި އަނބިމީހާ ނެތިއްޔާ ދުވަހަކުވެސް އޭނާއެއް ނުކާނެއެވެ. އެއީ އޭނާގެ ޠަބީޢަތެވެ.
[ނަވާލް ކައިގެން ނިދާނަމަ....] ނަވާލް ރޭގަނޑު ނުކާތީ، ޖެހިޖެހިގެން ހަތަރުވަނައަށްވީރޭ ނަދުހާ ބުންޏެވެ.
[ނަދުހާ އަހަންނަށް ކާންދީފައި ނިދާނަމަ.] ނަވާލްވެސް ބުނީ ނަމައެވެ.
[އަހަންނަށް ނިދިފައި އޮތަސް ގޮވާލާނަމަ.] ދެންވެސް ނަމައެކެވެ. ނަވާލް ހިތްހަމަނުޖެހުނެވެ.
[ކޮން ނަމަ ނަމައެއް. މިހާރު ނަދޫ ކޮންމެ ރެއަކު ނުވައެއް ޖަހާއިރު ނިދުމަކީ މަޖުބޫރު ކަމެއްތަ؟ ވަރިހަމަނު ފިރިމީހާ ގެއަށް އަންނަންދެން އިންތިޒާރުކޮށްލިޔަސް. މިހާރު ނަދޫ ތިކަން އާދައަކަށް ހަދައިފި.] ނަވާލް ރުޅި ކޮންޓްރޯލް ކުރުމަށްޓަކައި އެނދުން ތެދުވެ މައްޗަށް ބަލައިލިއެވެ.
[އެއީ މިހާރަކަށްއައިސް މާބޮޑަށް ވަރުބަލިވާތީ ޖައްސާލާއިރަށް ނިދެނީ. ދެން އެހެނެއް ނުވާނެ، އަހަރެން ނަވާލަށް އިންތިޒާރު ކުރާނަން.] ނަދުހާ ނަވާލްގެ އަތުގައި ހިފެހެއްޓިއެވެ.
ނުފެންނަތާ ދެދުވަހެއްވަރު ފަހުން އަފްޒަލް އެގެއަށް އައިސްވަނީ އެވަގުތެވެ.
[ހާދަ ތަދު ބޭހެކޭދޯ؟ ދައްކާވެސް ނުލައޭދޯ ނަވާލް.] ނަވާލަށް ދޯދެމުން ނަދުހާ ނަވާލާ ދުރަށްޖެހިލިއެވެ.
[ޢާއިލާއެއް އުފެދުނީމަކާ، ކުރިން އުޅޭހެނެއް އަބަދަކު ބޭރަކު ނޫޅެވޭނެ.] އޮފީހުން ކިރިޔާވެސް ހުސްވަގުތެއް ލިބޭއިރަށް މިބެލެނީ ޢާއިލާއާއެކު ހޭދަކުރެވޭތޯ.] އަފްޒަލް އެތެރެއަށް ވަންނަމުން ބުންޏެވެ.
[ބަލަ ކުއްޖަކު ލިބުނީމާ، މާނައަކީ ފިރިމީހާގެ އުފާތަކުން މަޙްރޫމްވީއޭތަ؟ ދަރިން ބަލަނީ ގޭގައި ތިބޭ އަންހެނުންނެއްނު.] މިފަހަރު އަފްޒަލާ ދިމާކުރީ ނަވާލެވެ.
[ނަވާލް ތީ ރަނގަޅު ވިސްނުމެއް ނޫން. ދަރިން ތަރުބިއްޔަތު ކުރުމަކީ، އެކަނި މައިމީހާގެ ޒިންމާއެއް ނޫން. މަޔަކަށް އެކަނި އެކަމެއް ރަނގަޅު ގޮތުގައި ނުވެސް ކުރެވޭނެ. މުޖްތަމަޢު ޤަބޫލުކުރާފަދަ ރަނގަޅު ކުއްޖަކަށް ދަރިފުޅު ހެދުމަށްޓަކައި މަންމައެކޭ އެއްވަރަށް ބައްޕަގެ ރޯލްވެސް ބޭނުންވޭ. ދަރިފުޅު ކައިތޯ، ފެންވަރާތޯ، ކިޔަވާތޯ ބަލަންޖެހޭނީ ހަމައެކަނި މަންމައެއް ނޫން. އެއީ ބައްޕަގެވެސް ޒިންމާއެއް.] އަފްޒަލް ބުންޏެވެ.
[އޯހޯ....ހީވަނީ މުޖްތަމަޢު ހޭލުންތެރި ކުރުވާ ޕްރޮގްރާމެއްގެ އިޝްތިހާރެއްހެން...އަހަންނަށް ތިވަރެއް ނުވެވޭނެ. ނޫން، ދަރިފުޅަށް ބޭނުންވާ ހުރިހާ ޚަރަދެއް ކުރާނަން.] ނަވާލް ބުންޏެވެ. އަފްޒަލް ބޯހޫރާލިއެވެ.
[ނަވާލް ތިވިސްނަނީކީ ރަނގަޅަކަށް ނޫން. ކިތަންމެ ފައިސާއެއް ހުއްޓަކަސް މަންމަޔަކަށް ދަރިއަކަށް ބައްޕައެއްގެ ލޯތްބެއް ނުދެވޭނެ. ޒިލާ ވަރިކޮށްފައި ހުއްޓަސް، ނަވާލް ޖެހޭނެ ދަރިފުޅާ ބެހޭގޮތުން މަޝްވަރާ ކުރަން...ދެމީހުން ދެމީހުނާ އިނދެގެން އުޅުނަސް، އެކަމަށް ހުރަސްއެޅިގެން ނުވާނެ.] އަފްޒަލަކީ މުޖްތަމަޢު ޤަބޫލުކުރާ ފެންވަރުގެ ވިސްނުމެއްގެ މީހެކެވެ.
[އަފްޒަލް އެބުނީ ތެދެއް ނަވާލް. ނަވާލް ޒިލާއާ ބައްދަލުވެސް ކުރަންވާނެ. އުފަންވާން އުޅޭ ދަރިފުޅާ ބެހޭގޮތުން މަޝްވަރާކޮށް، ގަންނަންޖެހޭ އެއްޗެއް ގަންނަން ދެމީހުން އެކުގައި ދެވެންވެސްވާނެ. ހަމަގައިމުވެސް އަހަރެން ޝަކުވާއެއް ނުކުރާނަން.] ނަދުހާ އަފްޒަލަށް ތާއީދު ކުރިއެވެ.
[ނަދޫ ޝަކުވާ ނުކުރިޔަސް، އޭނާ ނުވެސްދާނެ އަހަންނާއެކު.] ނަވާލް ބުންޏެވެ. ތެދެކެވެ. މައްސަލައަކީ ނަވާލެއް ނޫނެވެ. ޒިލާއެވެ. ނަވާލާއެކު އެއްވެސް ތަނަކަށްދާކަށް އޭނާ ބޭނުމެއްނުވެއެވެ. އެކަން އެނގެނީ، އަފްޒަލް ޒިލާއާ ވާހަކަ ދެއްކީމައެވެ.
[އަހަރެން ނުދާނަން އޭނަޔާއެކު. އަހަރެންގެ ދަރިފުޅަށް ބޭނުންވާނޭ ތަކެތި އަހަރެން ގަނެފާނަން.] ޒިލާގެ ރުޅި އަދިވެސް މައިތިރިނުވާ ކަހަލައެވެ.
[ޒިލާ، ޒިލާގެ ބަނޑުގައި އޮތީ އެކަނި ޒިލާގެ ދަރިއެއް ނޫނެއްނު. އެއީ ނަވާލްގެވެސް ދަރިއެއްނު. ދެމަފިރިން ވަކިވުމުގެ މާނައަކީ، މައިންބަފައިންގެ ލޯބިން ދަރިން މަޙްރޫމް ކޮށްލުމެއް ނޫން. އެއީ ހަމައެކަނި ނަވާލާއި ޒިލާގެ މައްސަލައެއް. އެމައްސަލަގަނޑުގެ ތެރެއަށް ދަރިފުޅު ވައްދާކަށްނުވެސް ޖެހޭނެ.] އަފްޒަލް ބެލީ ޒިލާއަށް ވިސްނައިދެވޭތޯއެވެ.
[އަހަންނަށް ވެގެންވަންޏާ އަހަރެން ބޭނުމެއް ނޫން، އަހަރެންގެ ދަރިފުޅު އޭނާއަށް ދައްކާކަށްވެސް. އޭނާގެ ލޯތްބާއި އަޅާލުމަށް އެންމެ ބޭނުންވި ވަގުތު، އޭނާ އަހަންނަށް ބޭވަފާތެރިވީ.] ޒިލާއަށް ރޮވުނެވެ.
[އޭނާ ޒިލާއަށް ބޭވަފާތެރިއެއްނުވޭ. ޒިލާއަށް ތިހެން ބުނުމުގެ ފުރްޞަތެއް ނޯންނާނެ. އަހަންނަކީ ނަވާލްގެ ހުރިހާ ޙަޤީޤަތެއް އެނގޭ މީހެއް. ހުރިހާވެސް މައްސަލައަކީ ޒިލާގެ ގޮތްދޫނުކުރާ މިޒާޖް.] ނަވާލްގެ ދިފާޢުގައި އަފްޒަލް ބުންޏެވެ. ޒިލާއަށް އިސްޖެހުނެވެ. އެއަށްފަހު އަފްޒަލް ހުރިހާ ޙަޤީޤަތެއް (ކަންތައްވީ ގޮތް ތަފްޞީލްކޮށް) ޒިލާއަށް ކިޔައިދީ، ނަވާލްގެ ކުށެއް ނެތްކަން ސާބިތުކޮށްދިނެވެ. ޒިލާ ހަތިޔާރު ބަހައްޓާ، އަމިއްލަ ކުށް ޤަބޫލުކުރިއެވެ.
[އަޞްލު ކުށްވެރިއަކީ އަހަރެންދޯ؟ ހަމަގައިމުވެސް ފިރިމީހާއަށް އިތުބާރު ކުރެވުނުނަމަ، އަހަރެންގެ ކައިވެނި އެހާ ފަސޭހައިން ނުރޫޅުނީސް. މިހާރު އަހަންނަށްވެސް ވިސްނިއްޖެ. ބާއްޖަވެރި ކައިވެންޏެއްގެ ގޮތުގައި ގުޅުން ޤާއިމް ކުރެވޭނީ، އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރު ކޮށްގެންކަން.] ކުރާނެ ކަމެއް ނެތެވެ. ޒިލާއަށް ވިސްނުނުއިރު، ވަގުތުވަނީ ފާއިތުވެފައެވެ. މިހާރު ނަވާލަކީ އެހެން މީހެއްގެ ޙައްޤެކެވެ.
[މައްސަލައެއްނެތް. ދަރިފުޅަށް ބޭނުންވާ ސާމާނު ގަންނަން ދާން އަންނާށޭ ނަވާލް ގާތު ބުނޭ.] ޒިލާ ހަތިޔާރު ބެހެއްޓިއެވެ. އަފްޒަލް އެގެއިން ނުކުތީ ނަވާލަށް އެއުފާވެރި ޚަބަރު ދިނުމަށެވެ. ޒިލާ އަމިއްލަ ކުށް ޤަބޫލުކުރި ވާހަކަ އަފްޒަލް ބުނުމުން، ނަވާލް ނިކަން އުފާވެސްވިއެވެ. ބޮޑު ހިތްހަމަޖެހުމެއްވެސް ލިބުނެވެ.
[ދަރިފުޅާ ބެހޭގޮތުން މަޝްވަރާކޮށް، ބޭނުންވާނޭ ސާމާނު ހޯދާ ހަމަކޮށްދޭން ނަވާލް އެގެއަށް ޖައްސާލަންވީނު.] ނަދުހާ ފުރްޞަތުދިނެވެ. އޭނާގެ އަމިއްލަ ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށް ފުރްޞަތު ހޯދަން މަގުފަހިކުރުމުގެ ނިޔަތުގައެވެ.
[ހިތާދެކޮޅަށްދޯ ތިހެން ތިބުނީ....ތީ މިހާރުގެ އަނބިން ވަރަށް ނުކުރާނެ ކަމެއް.] ނަވާލް ނަދުހާގެ މޫނަށް ބަލަން ހުރެފައި ބުންޏެވެ.
[އެއީ އަފްޒަލް ބުނާހެން ނުވިސްނޭ އަންހެނުން. އަހަންނަކީ ނަވާލްގެ މިހާރުގެ އަނބިމީހާ ކަމުގައިވިޔަސް، ނަވާލްގެ ދަރިފުޅު (އަހަރެންގެ ދޮންދަރިފުޅު) ބައްޕަގެ ލޯބިން މަޙްރޫމް ކުރުވުމުގެ އެއްވެސް ޙައްޤެއް އަހަންނަކަށް ނޯންނާނެ.....] އެއީ އަބަދުވެސް ނަދުހާގެ ވިސްނުމެވެ. ކޮންމެހެން އަފްޒަލް ނަޞޭޙަތްތެރިވީމައެއް ނޫނެވެ.
[ޔަޤީން....އަހަރެން ޒިލާއާއެކު ބާޒާރަށް ދިޔަޔަސް ނަދޫގެ ހިތް ބުރައެއްނުވާނެތަ.] ހައްތާވެސް ނަވާލަށް ނަދުހާ ރުޅިއަތުވެދާނެހެން ހީވަނީއެވެ.
[އާނ، އަހަންނަށް އެންމެ ރަނގަޅު. އެދަރިފުޅަށްޓަކައި ނަވާލް ވިސްނުމަކީ، އޭނާގެ އަމިއްލަ އުފަލެވެ. އޭނާ ބޭނުންވަނީ ނަވާލް ޒިލާ ވިހާ ދަރިފުޅާއެކު އުޅޭ ވަގުތު، އޭނާގެ ބަނޑުން އުފަންވެފައިވާ ދަރިފުޅަށް އޭނާގެ ފަރާތުން ލޯބި ހުސްކުރާށެވެ. އެއީ ޖިންނި ކުއްޖަކަށްވިޔަސް، އެކުއްޖާއަށްވެސް މައިވަންތަ ލޯބި ޙައްޤުވާ ކަމުގައި އޭނާ ދެކެއެވެ. އެދަރިފުޅަކީ އޭނާއާއި ލޯބިވެރިޔާ މުނާޒްގެ ލޯބީގެ ނިޝާނެވެ.
އެދުވަހު ނަވާލް ޒިލާއަށް ގުޅާފައި ބާޒާރަށް ދާން ދާނެ ވާހަކަ ބުންޏެވެ. އެކަމާ ބޮޑަށް އުފާވެ ހިނިތުންވީ ނަދުހާއެވެ.
[ހާދަ އުފާވެފައި ކީއްވެ ތިހެނީ؟] ޝިޒްނާ ވާހަކަ ދެއްކީ އަފްޒަލާއެވެ. އޭނާ ހެމުން ހެމުން އައިސް ގެއަށް ވަނީމައެވެ.
[އަހަރެން ގޮސް ވާހަކަ ދައްކާލީމާ ޒިލާ ބަދަލުވެއްޖެ. މިހާރު އޭނާ، އޭނާގެ ކުށް ޤަބޫލު ކުރުމުގެ އިތުރަށް، ނަވާލާއެކު ދަރިފުޅުގެ ތަކެތި ގަންނަންދާންވެސް އެއްބަސްވެއްޖެ.] އަފްޒަލް އަނބިމީހާގެ ގާތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
[އަޞްލުގައިވެސްތަ؟ ފަހަރިއަށް ވިސްނުނީތާ. ނަދުހާ މައްސަލައެއް ނުޖައްސާތަ؟] ޝިޒްނާ އެއްސެވެ. އަފްޒަލް ބޯޖަހާލިއެވެ.
[ރައިހާ ކޮބާ؟.......] އަފްޒަލް އެހިއެވެ.
[ރައިހާ އުރައިގެން މަންމަ ބޭރަށް ނުކުތީ. ބަދިގެފަރާތުގައިކަންނޭނގެ.] ޝިޒްނާ ބުނެލިއެވެ. އެވަގުތު ރައިހާ އުރައިގެން ޝިޒްނާގެ މަންމަ އައިސް އެތަނަށް ވަނެވެ. އަފްޒަލް ނިކަން ލޯބިން ދަރިފުޅު އުރާލިއެވެ. އެއަށްފަހު، ދަރިފުޅާ ލޯބިކުރަމުން މޮޑެމުންގޮސް އޭނާ އެނދުގައި އޮށޯތެވެ.
[ދަރިފުޅާ ތިވަރަށް މޮޑެންޏާ ތިކުއްޖާ ބޮޑެއްވެސް ނުވާނެއެއްނު. ގެއަށް ވަދެއްޖެއްޔާ، އަބަދުވެސް ދަރިފުޅުގެ ކަމަކީ އެމަންޖެ މޮޑުން. ނިދިޔަކަ ދެނީކީވެސް ނޫން. ތިހެން ހެދީމާ ތިދަރިފުޅަށް ލޯބި ދެވެނީކީ ނޫން. ތީ ދަރިފުޅަށް ދެވޭ އަނިޔާއެއް...] މަންމަ އެމަންޒަރު ބަލަން ހުރެފައި ބުންޏެވެ. އެއީ އަބަދުވެސް އެދެމަފިރިންނަށް އޭނާ ބުނާ ވާހަކައެކެވެ. އެކަމަކުވެސް އަފްޒަލް އެދަރިފުޅު ގެންގުޅެނީ ކުޑަކުޑަ ކުޅޭ ބުދެއް ގެންގުޅޭހެނެވެ. ޢުމުރުންވާ ދުވަހާ ބަލާފައި، އެދަރިފުޅު ބޮޑުނުވަނީ އެހެންވެގެން ކަމަށް ޝިޒްނާގެ މަންމަމެން ބުނެއެވެ.
[މަންމާ، ދެމަފިރިންގެ ދޭތެރޭޖެހޭ ބޮޑެތި މައްސަލަތަކާއި އާދައިގެ މައްސަލަތައް ޙައްލު ކުރަން އެނގުނަސް، އަފޫއަކަށް ކުޑަކުދިންނާ ބެހޭގޮތުން އެކައްޗެއްވެސް ނޭނގޭނެ.] ޝިޒްނާ އަފްޒަލާ ދިމާކުރިއެވެ.
[ތިހެނެއް ނުބުނެވޭނެ. ދަރިން ތަރުބިއްޔަތު ކުރަންވެސް އަހަންނަށް އެނގޭނެ. އެއީ އަހަންނަށް ލިބިފައިވާ ވަރަށް ޚާއްޞަ ހުނަރެއް.] ދަރިފުޅާ ލޯބިކޮށްލަމުން އަފްޒަލް ބުންޏެވެ. ޝިޒްނާގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ދިމާކުރާ ފާޑުގައެވެ.
[ބައެއް މީހުން އަމިއްލައަށްވެސް ބޮޑާވެޔޭދޯ؟] ޝިޒްނާ ދަރިފުޅުގެ ބޮލުގައި އަތް ކާއްތާލިއެވެ.
[ތިވާހަކަ ހުއްޓާލަބަލަ. މަގޭ ބަނޑު ދެފުއްޖެހޭހެން އެބަހީވޭ. އެތެރޭން ގޮވަންވެސް އެބަގޮވާ. ކޯއްޗެއްތަ ހުރީ ކާން.] އަފްޒަލް ރައިހާ އެނދުގައި ބާއްވާލިއެވެ. ބާއްވާލާއިރަށް ރައިހާ ރޯންފެށިއެވެ. ހީވީ އޭނާއަށް މަންމައާއި ބައްޕަ ވަކިކުރަން އެނގެނީހެންނެވެ.
[މަންމާ ނަގާ އެމަންޖެ.....] އަފްޒަލާއި ޝިޒްނާ ބަދިގެފަރާތަށް ދިޔައެވެ.
އެރޭ ނަދުހާ ހުރީ ބާޒާރަށް ދިޔުމަށްޓަކައި ނަވާލް ނިކުންނާނެ ވަގުތަކަށް އިންތިޒާރުކޮށްކޮށެވެ. ޒިލާއަށް ގުޅާފައި ޒިލާގާތު ތައްޔާރުވާން ބުނީވެސް ސީދާ ނަދުހާއެވެ. އެކަމާ ނަވާލްހުރީ އިންތިހާއަށް އުފާވެފައެވެ.
ޙަޤީޤަތުގައި އަހަރެން މިހުރީ ވަރަށް އުފާވެފަ. އަހަރެންގެ އަނބިމީހާއަކީ ހެޔޮވިސްނޭ އަންހެނަކަށްވާތީ.....އަހަރެން ދަނީ.....] ގެއިން ނުކުންނަމުން ނަވާލް ނަދުހާގެ ކޮނޑުގައި ހިފާލިއެވެ. ނަދުހާ ހިނިތުންވެލިއެވެ. މާދުރުނޫން ހިސާބެއްގައި އެމަންޒަރު ބަލަންހުރީ މުނާޒެވެ. އޭރު މުނާޒް، އެމީހުންގެ ދަރިފުޅު އުރާލައިގެން ހިނިއައިސްފައި ހުއްޓެވެ. ނަމަވެސް، އޭނާއާއި ދަރިފުޅު ފެންނަނީ ހަމައެކަނި ނަދުހާއަށެވެ. ނަދުހާ ހުރީ ދަރިފުޅު އުރާލާހިތުން ކެތްމަދުވެފައެވެ.
[ނަދޫ އިހަށް އަހަންނަށް ފެންތައްޓެއް ގެނެސްދީބަލަ.] ދާން ހިނގައިގަތުމަށްފަހު ހުއްޓި ނަވާލް އެދުނެވެ. ނަދުހާ ފެންތަށިބަލާ ދިޔައެވެ. ނަވާލް އެވަގުތުކޮޅު އަފްޒަލަށް ގުޅާފައި މިދަނީ އެގެއަށް ދާށޭ ބުނެފައި ފޯނު ކަނޑާލިއެވެ.
އޭރުވެސް މުނާޒް ބޮޑުކޮޓަރީގެ އެއްފަރާތެއްގައި ދަރިފުޅާއެކު ހުއްޓެވެ. އޭނާވެސް އެހުންނަނީ ނަވާލް ނުކުންނާނޭ ވަގުތަކަށް ބަލަބަލައެވެ. އުފަލާއި ހިތްހަމަޖެހުން ލިބިގަތުމަށްޓަކައެވެ. ނަވާލް ނުކުތުމާއެކު، ނަދުހާއާއި މުނާޒް ހީވީ، އެމީހުންގެ ކޮނޑުގައި އަޅުވާފައިވާ ބަރެއް މީހަކު ގެންދިޔައީހެންނެވެ. ލިބުނު އުފަލާއެކު ފުރަތަމަ ނަދުހާއަށް އޮޅުލައިގަނެވުނީ ދަރިއަކާ ނޫނެވެ. މުނާޒާއެވެ. އެހިނދު އެކުއްޖާ ރޮއިގަތެވެ. މައިމީހާގެ ވަސްޖެހުނީމައެވެ. ނަދުހާ ވަގުތުން ދަރިފުޅު އުރާލިއެވެ. އެކުއްޖާގެ ބުރަކަށި ހީވަނީ ރާމާމަކުނެއްހެންނެވެ.
[އަޅެ މުނާޒް....މީނަ ބަދަލެއް ނުވާނެތަ؟] ދަރިފުޅުގެ ބުރަކަށީގައި އަތް ކާއްތަމުން ނަދުހާ އެއްސެވެ. މުނާޒްގެ ތުންފަތުގައި ފުރަތަމަ ކުޅެލީ ލުއި ހިނިތުންވުމެކެވެ.
[ކުރެވިދާނެ، އިންސާނުންނާ އެއްވެސް ތަފާތެއްނުވާ ގޮތަށް ބަދަލުކުރެވިދާނެ...އެކަމަކު އޭރުން ބޮޑުވީމާ އަމިއްލައަށް ސިފަ ބަދަލުވުމުގެ އެއްވެސް ބާރެއް ނޯންނާނެ. އެއީ އަހަރެމެން ނަސްލު ކުއްޖަކަށްދެވޭ ވަރަށްބޮޑު އަނިޔާއެއް ކަމަށް އަހަރެން ދެކެނީ.] މުނާޒް ފަންގިފިލައަށް ބަލަންހުރެ ބުންޏެވެ.
[މީނަ އަމިއްލައަށް ފަހުން ސިފަ ބަދަލުވާނެތަ؟] ނަދުހާ ދަރިފުޅަށް ބުއްޖައްސައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
]އާނ، ޢުމުރުން ހައަހަރުތެރޭ އެބާރު ލިބޭނެ. ނަދުހާ ތިހުންނަނީ ރީތި އިންސާނެއްގެ ސިފައިގައި އަހަރެން ފެންނާތީ ވަރަށް އުފާވެފަދޯ؟ އަހަރެންގެ އަޞްލު ސިފައަށް ބަދަލުވަންތަ؟] މިޖުމްލައާއެކު މުނާޒް ހީވީ އޮޅުނުހެންނެވެ. މުރަނަ އެއްޗެއް މުގުރޭ އަޑުތަކެއްފަދަ އަޑުފައްގަނޑަކަށްފަހު މުނާޒްގެ ސިފަ ބަދަލުވެއްޖެއެވެ. މިހާރު ނަދުހާގެ ކުރިމަތީގައި އެހުރީ ނިކަން ބިރުވެރި، އެހާމެ މުޑުދާރު ސިފައެއްގައިވާ ޖިންނިއެކެވެ. މޫނުމަތިވެސް ގޮރިއްލާއަކާ ވައްތަރެވެ. ނަދުހާ ބިރުގަތެވެ. އޭނާއަށް ދެލޯ ބޮޑުކޮށްގެން ޖިންނިއަށް ބަލަން އިނދެވުނެވެ. [އަހަރެންގެ އަޞްލަކީ މިއީ......] ޖިންނީގެ އަޑާއި ރާގުވެސް ތަފާތުވިއެވެ.
[ޗީޑި، ތި މުޑުދާރު ސިފައިގައި އަހަރެން ކައިރީ ނުހުރެދޭ!] ނަދުހާ މޫނުމަތީގައި އަތްއެޅިއެވެ. ބިރަކުން ނޫނެވެ. ފަކުރުންނެވެ. އެއާއެކީ މުނާޒްގެ ސިފަ އަނެއްކާވެސް ބަދަލުވެއްޖެއެވެ. ނަދުހާ އެންމެ ލޯބިވާ ސޫރައަށެވެ.
[ހަ އަހަރުވަންދެން މިދަރިފުޅު އަހަންނަށް ފެންނާނީ މިހުތުރު ސިފައިގަތަ؟ އަޅެ ކީއްވެތަ، މިދަރިފުޅު އެކަނި މުނާޒްގެ ނަސްލު ޙިއްޞާ ކުރަންވީ؟] ނަދުހާ އެއިންގޮތަށް އިނދެ ބުންޏެވެ.
[ނަދޫއަށް އެކައްޗެއްވެސް ނޭނގޭނެ. ޚުދު ނަދޫގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުންވެސް ނަދޫއަށް ނޭނގޭ ކިތަންމެ ކަމެއް އަހަންނަށް އެނގޭ....] މުނާޒް ނަދުހާއާ ދާދިގާތުގައި އިށީންނަމުން ބުންޏެވެ. [އަހަންނާ ބެހޭގޮތުން އަހަންނަށް ނޭނގޭ ކަމަކަށް މުނާޒަށް އެނގެނީ ކޮންކަމެއް.....] ނަދުހާ އެއްސެވެ.
[ވަރަށްގިނަ ކަންތައް. ބުނެފިއްޔާ ނަދޫއަށް ބޮޑު ޝޮކެއް ލިބޭނެ. ފަހަރެއްގައި އުފާވެސް ވެދާނެ. ދެރަވެސް ވެދާނެ.] މުނާޒް ނަދުހާގެ އުނގުގައި އޮތް ދަރިފުޅާ ލޯބިކޮށްލިއެވެ.
[ކޮންކަމެއް؟ އަވަހަށް ބުނެބަލަ.....] ނަދުހާގެ ހިތް އަވަސްވިއެވެ. މުނާޒް ބުނަން އުޅޭ އެއްޗެއް އަވަހަށް އޭނާ އޮޅުންފިލުވަން ބޭނުންވިއެވެ.
[ބުނަންވީތަ؟] މުނާޒް ނަދުހާގެ މޫނުމައްޗަށް ވަމުންދާ ގޮތަށް ބަލަން ހުރެފައި ބުންޏެވެ. އޭނާ ބޭނުންވަނީވެސް ނަދުހާ ތަޅުވާލުމަށްފަހު، އޭނާ ބުނަން އުޅޭ ވާހަކައެއް ބުނާށެވެ.
[އާނ، ދެން ބުނެބަލަ....އަހަރެން ލައްވާ އާދޭސް ކުރުވަން ހުންނަނީތަ؟] ނަދުހާ ހިތްހަމަނުޖެހުނެވެ.
[ރަނގަޅަށް އަޑުއަހާތި....ދަރިފުޅާ ނަދުހާ....] މުނާޒްގެ ވާހަކައިގެ ތެރެއިން އިވުނީ މަރީނާ ނަދުހާއަށް ގޮވަމުން އެކޮޓަރިއާ ދިމާއަށް އަންނަ އަޑެވެ. ވަގުތުން ދަރިފުޅާއެކު މުނާޒް އެތަނުން ކަޝްފުވިއެވެ. [އޯއި މަންމާއޭ] ގޮވަމުން ނަދުހާ ކޮޓަރިން ނުކުތެވެ.
[ހިނގާބަލަ މަންމައާއެކު ފިހާރައަކަށް ވަދެލާފަ އަންނަން. ވަރަށް ނަލަ ފޮތި ހުރި ފިހާރައެއްގެ ވާހަކަ ރައްޓެއްސަކު ބުނެގެން މިއުޅެނީ....] މަރީނާ ބޮޑު ކޮޓަރީގެ ސޯފާގައި އިށީނެވެ. ނަދުހާ ކޮޓަރިއަށް ވަދެ ކުޑަގޮތަކަށް ނަލަހެދިލައިގެން ނުކުތެވެ. އެންމެ ހިތްހަމަޖެހިފައި ހުރެގެނެއް ނޫނެވެ. ޙަޤީޤަތުގައި އޭނާ އަމިއްލައަށް ވާހަކަ ދައްކައިގެން ނަވާލް، ޒިލާއާއެކު ބާޒާރަށް ފޮނުވީވެސް އޭނާ ދަރިފުޅާއެކު ވަގުތު ހޭދަކުރުމުގެ ބޭނުމުގައެވެ. އެހެން ނޫންނަމަ، އޭނާގެ ފިރިމީހާ، އެހެން އަންހެނަކާއެކު (ޢަމުދުން ކުރީގެ އަންބަކާއެކު) އެކަނި ދިޔުމުގެ ފުރްޞަތު ވަކި އޭނާ ދޭނެހެއްޔެވެ. ކިތަންމެ ހިތްހަމަނުޖެހުނަސް، އެކަން މައިދައިތައަށް ނާންގައި، އޭނާ މައިދައިތައާއެކު ގެއިން ނުކުމެއްޖެއެވެ.
[ދަރިފުޅަށްވެސް ވާނެ ރީތި ދެތިން ފޮތިގަނޑު ގަނެލަން.] ފިހާރަތަކަށް ކަޅިއެއްލަމުން ކުރިއަށްދަމުން މަރީނާ ބުނެލިއެވެ. ނަދުހާ ހިނިތުންވެލިއެވެ. ނަމަވެސް، ނަދުހާގެ މާބޮޑު ޝައުޤެއްނެތެވެ. އޭނާގެ ހިތްއޮތީ މުނާޒާ އެކުގައެވެ. މުނާޒް ކިޔައިދޭން އުޅުނު ވާހަކަ އޮޅުންފިލުވުމަށް އޭނާވަނީ ކެތްމަދުވެފައެވެ. އެހެންކަމުން، އޭނާއަށް މަރީނާ ދައްކާ ވާހަކަތަކަށް ސަމާލުކަން ދެވެނީ ކޮންމެ ފަހަރަކުވެސް މަރީނާ، އޭނާގެ ގައިގައި ޖެހިގަތީމައެވެ.
[ދަރިފުޅާ....ދަރިފުޅުގެ މޫޑު ރަނގަޅެއް ނޫންދޯ؟] މަރީނާ ފިހާރައަކަށް ވަންނަން އުޅެފައި މަޑުޖެހިލިއެވެ.
[ކުޑަކޮށް ބޮލުގައި ރިއްސާ ވައްތަރުވެފައި ހުރީމާ.] ނަދުހާ ހެދީ ދޮގެވެ.
[ތިހެންވީއިރު ގެއަށްދަމާ...ގެއިން ނުކުތުމުގެ ކުރިންވެސް ތިވާހަކަ ދަރިފުޅު ބުނިނަމަ....] މަރީނާ ނަދުހާގެ އަތުގައި ހިފަހައްޓާލިއެވެ.
[ނޫނޭ....މަންމަ ގަންނަން ބޭނުންވާ އެއްޗެއް ގަނެގެންދާނީ. ހިނގާ މިފިހާރައަށް ވަންނަން.] ނަދުހާ އެމީހުން ހުއްޓި ތިބިތާ ކުރިމަތީގައި ހުރި ފިހާރައަށް ވަނެވެ.
ނަދުހާގެ ފަހަތުން މަރީނާވެސް ވަނެވެ. އެފިހާރަ ހުރަސްކުރި ނަވާލާއި ޒިލާ ނަދުހާއަށް ފެނުނީ އެތަނަށް ވަންތަނާއެވެ. ނަދުހާ ވަގުތުން މަންމައަށް އެމަންޒަރު ދައްކާލިއެވެ. މަރީނާ ދެލޯ ބޮޑުވިއެވެ. ޙައިރާންކަންވެރިވިއެވެ.
[މީހުނާ އިނދެގެން އުޅެމުން އެހެން އުޅޭކަށް ނުވާނެއެއްނު. އެއްޗެހި ގަންނަން ކޮންމެހެން ނަވާލް ޖެހޭތަ، އޭނައާއެކު ދާން. އެއީ ވަރަށް ހުތުރު ކަމެއް......] އެމަންޒަރު ފެނުމުން މަރީނާގެ ގާތަށް ފިސާރި ރުޅިއައެވެ.
[މަންމާ...ކުރިން ތަރައްޤީނުވާ ޒަމާނުގައި އެއީ ހުތުރުކަމެއް ކަމުގައި ބެލެވުނަސް، އެއީ ހުތުރު ކަމެއް ނޫން. ޒިލާގެ ބަނޑުގައި އޮތީ ނަވާލްގެ ދަރިއެއް....އެދަރިފުޅަށް ބޭނުންވާ ސާމާނު ގަތުމަށް ބައްޕައާއި މަންމަ ޚިޔާލު ބަދަލުކޮށް، ދެމީހުންގެ ޚިޔާލަށް އެއްޗެހި ހޯދުން އެއީ އަހަރެން ވަރަށް ތާއީދުކުރާ ކަމެއް....] ނަދުހާ ހިނިތުންވެލަމުން މައިދައިތަ ހަމައަކަށް އަޅުވާލިއެވެ.
[ދަރިފުޅަށް އެނގިގެންތަ އޭނާ ދިޔައީ؟] މަރީނާ އެހިއެވެ.
[އާނ، މަންމާ...އެމީހުން ވަކިވެފައި ތިއްބަސް، ޒިލާގެ ބަނޑުގައި އޮތް ދަރިފުޅާ އޮތް ގުޅުން ކެނޑޭކަށް ނުޖެހޭނެއެއްނު. އަހަރެން ދެކޭގޮތުގައި މަންމަވެސް ޒިލާއާ ރަނގަޅު ގުޅުން ބާއްވަންވާނެ.] ނަދުހާ ބުންޏެވެ.
[ދަރިފުޅު ތީ ހާދަ ދުރުވިސްނޭ ކުއްޖެކޭ.....] މަރީނާ ނަދުހާގެ ބޮލުގައި އަތްކާއްތާލިއެވެ.
[މަންމާ ދެން އަވަހަށް ހިނގާބަލަ ފޮތިކޮޅު ގަނެގެން ގެއަށްދާން.] ނަދުހާ ބޭނުންވީ، ނަވާލް ގެއަށް ދިޔުމުގެ ކުރިން ގެއަށްދާށެވެ. މުނާޒާއި ދަރިފުޅާ ބައްދަލުކުރާށެވެ.
[ފޮތި ގަންނަން އެހެން ފަހަރަކުން އަންނާނީ، ހިނގާދާން....] މަރީނާ ފިހާރައިން ނުކުތެވެ.
ގެއަށް އައުމާއެކީ ނަދުހާ ވަނީ ކޮޓަރިއަށެވެ. އޭނާ ކޮޓަރި އެތެރޭން ތަޅުވެސްލިއެވެ. މުނާޒް ދައްކާ ވާހަކަ، މިނިވަންކަމާއެކު އަޑުއެހުމަށްޓަކައެވެ. މުނާޒް ކޮޓަރިތެރެއަށް ފާޅުވީ، އޭނަ ކޮޓަރިތެރޭ އިންތިޒާރުގައި ހުންނަތާ އިރުކޮޅެއްވީ ފަހުންނެވެ. އޭނާ ފާޅުވީ ދަރިޔާނުލާ އެކަންޏެވެ.
[ކުއްޖާ ކޮބާ؟] ނަދުހާ އެއްސެވެ.
[ދަލޭކަ ދައްތަގެ އަތުގައި.] މުނާޒް ނަދުހާއާ ދާދިގާތަށް ހުއްޓެމުން ބުންޏެވެ.
[އޭނައަށް ބުއްދޭން ގެނައިނަމަ.....] ނަދުހާ ބުންޏެވެ.
[ވަރަށް ފުރިފަ ހުރީ...ދަލޭކަ ދައްތައަށް އޭނާ ވަރަށް އޮޅުވާނެ.....] މުނާޒް ބުންޏެވެ.
[ދެން ބުނެބަލަ، އުފާވާންވެސް، ދެރަވާންވެސް ތައްޔާރުވެގެން އަހަރެން މިހުރީ.] ނަދުހާ އެނދުގައި އިށީނދެއްޖެއެވެ. މުނާޒް ފަންގިފިލައާ ދިމާއަށް ބަލަހައްޓައިގެން ހުރެ ވިސްނާލިއެވެ. ހީވާ ކަހަލައެވެ. އެވާހަކަ ކިޔައިދޭން އޭނާ ފަސްޖެހެނީއެވެ. ނަދުހާ ދެރަވެދާނެތީއެވެ.
[ދެންވެސް ހުންނަނީތަ؟ ތިހެން ހުއްޓާ ނަވާލް އަތުވެދާނެ. އޭރުން އަނެއްކާވެސް ފުރްޞަތު ގެއްލިދާނެ. އަވަހަށް ބުނޭ....] ނަދުހާގެ ހިތް އަވަސްވަމުން ދިޔައެވެ. މުނާޒް ބޯޖަހާލިއެވެ.
[ނަދޫ، ނަދޫގެ ބައްޕަ ޝަކީބް ގާތު އަހާބަލަ ތީ ހަމަ އަޞްލުވެސް ނަދޫގެ ބައްޕަހޭ؟] މިޖުމްލައާއެކު މުނާޒް އެތަނުން ގެއްލުނެވެ.

ކިޔުންތެރިންގެ ހިޔާލު