ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު
މަތީތަޢުލީމު ޙާސިލުކުރާ ދަަރިވަރުންނަށް މިދިޔަ އަހަރު 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަތީތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް ޖަވާބު ދާރީވުން ލަސްވާތީ ހިތަދޫ މަރަދޫ މެންބަރު އަހުމަދު އަޒާން ކޮށްފައިވާ ސުވާލަށް ލިޔުމުން އެރުވި ޖަވާބުގައެވެ.

އެގޮތުން ވަޒީރު މިއަދު ވިދާޅުވީ މަތީތަޢުލީމު ޙާސިލުކުރާ ދަަރިވަރުންނަށް މިދިޔަ އަހަރު 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާއަކީ ދަރިވަރުންގެ ކޯސް ފީއާއި، ދިރިއުޅުމުގެ ޚަރަދާއި، އެހެނިހެން ކަންކަމަށް ސީދާ ދަރިވަރުންގެ ނަމުގައި ދޫކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

“ދަރިވަރު ފުރާ ދުވަސް މިނިސްޓްރީއަށް އެންގުމަށްފަހު ފުރާނަމަ، އެ ދަރިވަރަކަށް ދެ މަސްދުވަހުގެ ސްޓައިޕެންޑާއި، ކަނޑައެޅިފައިވާ އެހެނިހެން ބައެއް ކަންކަމަށް ދޭ ފައިސާ ޔޫއެސް ޑޮލަރުން އެ ދަރިވަރަކާ ހަވާލުކުރެވޭ.” ވަޒީރު މިއަދު ލިޔުމުން ދެއްވި ޖަވާބުގައިވެއެވެ.

ހަމައެއާއެކު ވަޒީރު މިއަދު ވިދާޅުވީ ދަރިވަރުންނަށް ފައިސާ ދޫކުރުމަކީ މިނިސްޓްރީން އެންމެ އިސްކަންދީގެން ކުރަމުން ގެންދާ މަސައްކަތް ކަމަށެވެ. ނަމަވެސް ލިބޭ ސިޓީއާއި އީމެއިލްތައް ގިނަވުމުގެ ސަބަބުން ގިނަވެގެން 7 ދުވަހުގެ ތެރޭގައި ދަރިވަރުންނަށް ޖަވާބު ދެއްވޭތޯ ބަލަމުން ގެންދަވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

“މި އަހަރާއި މިދިޔަ އަހަރުގެ ކުރިން ރޭވިފައިވާ ވަރަށްވުރެ ގިނަ ދަރިވަރުންނަށް ލޯނު ދޭން ހަމަޖެއްސުމުން، ދަރިވަރުންނާއި ކުރަންޖެހުނު މުޢާމަލާތްތައް ވަރަށް ބޮޑަށް އިތުރުވި.” ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ވަޒީރު ވިދާޅުވީ ދަރިވަރުންނާ ގުޅޭ ކަންކަމުގައި މިނިސްޓްރީއަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ލިބެމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން