ރުޅިއައިސް ވާހަކަ ނުދައްކާ ސައިލެންޓް ޓްރީޓްމެންޓު ދިނުން
ރުޅިއައިސް ވާހަކަ ނުދައްކާ ސައިލެންޓް ޓްރީޓްމެންޓު ދިނުން
އިންސާނުންގެ މުއާމަލާތުތަކުގައި އެކަކު އަނެކަކާ މެދު ގެންގުޅޭ އެކި ގޮތްތަކުގެ ތެރެއިން އެންމެ ނޭދެވޭ އަދި ގެއްލުންދެނިވި އެއް ގޮތަކީ ސައިލެންޓު ޓްރީޓްމެންޓެވެ. ސައިލެންޓު ޓްރީޓްމެންޓަކީ މީހަކާ ވާހަކަ ނުދެއްކުމާއި، އެމީހަކު އެއްކިބާކޮށް، އެމީހަކާ މެދު ފަރުވާކުޑަކޮށް އަދި އެމީހަކު ނުފެންނަ މީހެއްގެ ގޮތުގައި ކަންތައް ކުރުމެވެ.

ތިރީގައި މި ހިމަނާލަނީ ސައިލެންޓު ޓްރީޓުމެންޓު ދޭ ބައެއް ސަބަބުތަކެވެ.

ރުޅިއައުން

ގިނަ ފަހަރު މީހުން ސައިލެންޓު ޓްރީޓްމެންޓު ދެނީ އެމީހުންގެ ރުޅި ނުވަތަ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. މިސާލަކަށް، ރަޙްމަތްތެރިއަކު ނުވަތަ އާއިލާގެ މެންބަރަކު ކުރި ކަމަކާ ހިތްހަމަނުޖެހިގެން، އެމީހަކާ ވާހަކަ ނުދައްކައި، އެމީހަކު ނުފެންނަ މީހެއްގެ ގޮތުގައި ހަދައިފާނެއެވެ. މިގޮތަށް ޢަމަލުކުރުމުން އެމީހުންނަށް ހީވަނީ އެމީހުންގެ ރުޅި އަދި ނުރުހުން ފާޅުކުރެވޭ ކަމަށެވެ.

ބަދަލުހިފުން

ބައެއް ފަހަރު މީހުން ސައިލެންޓު ޓްރީޓްމެންޓު ދެނީ އެހެން މީހަކު ކުރި ކަމެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މިސާލަކަށް، މީހަކު ކުރި ނޭދެވޭ އަމަލެއްގެ ސަބަބުން ހިތްހަމަނުޖެހިގެން، އެމީހަކަށް ވެސް ހިތްދަތިކަން ލިބޭނެ ގޮތަކަށް އަމަލުކުރުމުގެ ގޮތުން ސައިލެންޓު ޓްރީޓްމެންޓު ދީފާނެއެވެ. މިއީ ވެސް ވަރަށް ނޭދެވޭ އަދި ނުރަނގަޅު ގޮތެކެވެ. މިކަމުގެ ސަބަބުން ގުޅުންތައް އިތުރަށް ގޯސްވެ، މައްސަލަތައް ބޮޑުވެގެން ހިނގައިދާނެއެވެ.

މުއާމަލާތު ކުރަން ނޭނގުން

ބައެއް މީހުންނަށް އެހެން މީހުންނާ ރަނގަޅަށް މުއާމަލާތު ކުރަން ނޭނގުމުގެ ސަބަބުންވެސް ސައިލެންޓު ޓްރީޓްމެންޓު ދެއެވެ. މިސާލަކަށް، މައްސަލައެއް ދިމާވެއްޖެނަމަ، އެކަމާ ބެހޭގޮތުން ވާހަކަދައްކައި ހައްލު ހޯދުމުގެ ބަދަލުގައި، އެކަމާ ދުރުހެލިވެ، އެކަމާ ގުޅުންހުރި މީހުންނާ ވާހަކަ ނުދައްކައި ތިބެއެވެ. މިއީ ވަރަށް ނުރަނގަޅު އާދައެކެވެ. މިގޮތަށް އަމަލުކުރުމުގެ ސަބަބުން މައްސަލަތައް ހައްލުނުވެ، އިތުރަށް ގޯސްވެގެން ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން