ހޫސީ ޖަމާއަތުން ނިރުބަވެރި އިސްރާއީލަށް ވަރުގަދަ ހަމަލާއެއް ދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
ހޫސީންގެ ތަރުޖަމާނު ޔަހްޔާ ސާރީ ވަނީ އެ ޖަމާއަތުން އިސްރާއީލުގެ މުހިންމު އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް "އަސްކަރީ އޮޕަރޭޝަނެއް" ހިންގިކަން ކަށަވަރުކޮށްދީފަ އެވެ. ސާރީ ވިދާޅުވީ މި އޮޕަރޭޝަން ހިންގުމުގައި ހައިޕަރސޮނިކް މިސައިލް ބޭނުންކޮށްފައިވާ ކަމަށާއި އެ މިސައިލްތައް ވަރަށް ކާމިޔާބު ކަމެވެ.
މި ހަމަލާއާ ގުޅިގެން އިސްރާއީލުން އަދި ތަފްސީލީ މައުލޫމާތު ހާމަ ނުކުރެއެވެ. ނަމަވެސް އިސްރާއީލުން ވަނީ ހަމަލާތައް އެގައުމަށް އަމާޒުވިކަން ކަޝަވަރުކޮށްދީފައެވެ. މީގެ ކުރިންވެސް އިސްރާއީލުން އެ ގައުމަށް އަމާޒުވާ މިފަދަ ހަމަލާތައް ވަދަށް ސިއްރުކުރާކަން ފާހަގަ ކުރެވެއެވެ.
ޔަމަންގައި ހަރަކާތްތެރިވާ ހޫސީ ޖަމާއަތުން ތަކުރާރުކޮށް ބުނަމުން ދަނީ އިސްރާއީލުގެ އިތުރުން ރަތް ކަނޑާއި ބާބް އަލްމަންދިބް ސްޓްރެއިޓްގައި ތިބި އެމެރިކާ އާއި އިނގިރޭސި ބޯޓުތަކަށް ދޭ ހަމަލާތައް ނުހުއްޓޭނެ ކަމަށެވެ. އަދި އެކަން ހުއްޓެން އޮތްހާވެސް ގޮތަކީ ޣައްޒާގައި ދާއިމީ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވުމުން ކަމަށް ހޫސީން ވަނީ ބުނެފައެވެ.
މިއަހަރުގެ ކުރީކޮޅު ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވުމުން ހޫސީން ވަނީ އެ ޖަމާއަތުން ދޭ ހަމަލާތައްވެސް ހުއްޓާލާފައެވެ. ނަމަވެސް މާރިޗް މަހުގެ ކުރީކޮޅު އިސްރާއީލުން އަނެއްކާވެސް ޣައްޒާގައި ގަތުލުއާންމު ފަށައި ހަނގުރާމަ އަލުން ފެށި އެވެ. އަދި ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން އެއްކޮށް ހުއްޓުވާފައިވާކަންވެސް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު