އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އާއި އެމެރިކާގެ އެހެން ބޮޑެތި ޖާސޫސީ ޔުނިޓްތަކުގެ މުވައްޒަފުން ބޮޑުތަނުން މަދުކުރަން ރާވާފައިވާ ކަމަށް ދަ ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.
އެ ނޫހުން ހުކުރު ދުވަހު ބުނީ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ގާތްގަނޑަކަން 1،200 މުވައްޒަފުން ކަނޑާލުމަށް ސީއައިއޭ އިން ރާވާފައިވާ ކަމަށެވެ. އެގޮތުން އެ ނޫހުން ނެރެނު ރިޕޯޓެއްގައި ބުނީ މިކަމާ ގުޅިގެން އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ވެސް މައުލޫމާތު ދީފައިވާކަމަށެވެ.
ޖާސޫސީ އިދާރާތަކުން މީހުން ވަކިކުރުމުގެ މަސައްކަތް ގިނަ އަހަރުތަކެއް ވަންދެން ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ. ޓްރަމްޕުގެ ސަރުކާރުން މިފަދަ ނިންމުމެއް ނިންމި ވަކި ސަބަބެއް އަދި ރަސްމީ އެއްވެސް ފަތާތަކުން ހާމައެއް ނުކުރެއެވެ.
ސީއައިއޭ އަކީ ޖާސޫސީ ކަންކަމުގައި އެމެރިކާއަށް ވަރަށް މުހިންމު އިދާރާއެކެވެ. އަދި އެ އިދާރާއަށް ނަގާފައި ތިބޭ މުވައްޒަފުންނަކީ އެމެރިކާއަށް ވަރަށް ވަފާތެރި ސިއްރުތައް ހިފެހެއްޓޭ ވަރަށް އިތުބާރު ކުރެވޭ ބަޔަކަށް ވާން ޖެހެއެވެ.
އެއް ފަހަރާ ސީއައިއޭއިން ގިނަ ބަޔަކު ވަކިކުރުން އުޅޭތީ މިހާރު ގިނަ ބަޔަކު ދަނީ އެކަމާ ސުވާލުކުރަމުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު